ކަންދެއްކުމާއި ދެއްކުންތެރިކަން ފެށޭ ގޮތާއި ނަތީޖާ!

ކަންދެއްކުމާއި ދެއްކުންތެރިކަން ފެށޭ ގޮތާއި ނަތީޖާ!

"ކިޔާ ހެޔޮތަކެއްޗާ ކުރާ ހެޔޮ އަމަލުގައި - ރިޔާ ސުމްޢަތާ ދޭތި ބައިވެރިކުރާނޭ" މިއީ ގިޔާމަތްވުމުގެ އަލާމާތްތައް ޅެން ބަހަށް ތިލަކޮށްލަދެއްވި، ދިވެހި އިލްމުވެރިޔާ އަބްދުﷲ ފަހުމީދީދީގެ ގިޔާމަތު ނާމާ ޅެމުން ބައިތެކެވެ. އާދޭހެވެ. ގިޔާމަތްވުމުގެ އެއް އަލާމާތް މިޅެންބައިތުގައި އެ ބަޔާންކުރައްވަނީ އެވެ. ހެޔޮ އެއްޗެއް ކިޔަސް ހެޔޮ ކަމެއް ކުރިޔަސް އޭގެ ބޭނުމަކީ ރިޔާ އާއި ސުމްޢަތުކަމުގައި ހެދުމެވެ. ރިޔާއު އަދި ސުމްޢަތަކީ އަރަބި ދެލަފުޒެވެ. ކަންދެއްކުމާއި ދެއްކުންތެރިކަންކަމެވެ. މިކަންކަން އާންމުވުމަކީ ހަމައެކަނި ގިޔާމަތްވުމުގެ އަލާމާތަކަށް ވަނީ އެކަންޏެއް ނޫނެވެ. އެއީ އެންމެހައި ހެޔޮ އަމަލުތައް ބާތިލުކުރާ ފާފައެކެވެ.

ސޮހީހު މުސްލިމްގައި ރިވާވެފައިވެ އެވެ. ގިޔާމަތް ދުވަހު އެ މީހަކާމެދު ނިޔާވެވޭ އެންމެ ފުރަތަމަ މީހަކީ، ޝަހީދުވީ މީހެކެވެ. އޭނާ ގެނެވި، އޭނާއަށް ދެއްވުނު ނިއުމަތްތައް އޭނާއަށް އެންގެވުމަށްފަހު އޭނާ ކަންކުރި ގޮތަކާމެދު ސުވާލުވެވުމުން އޭނާ ބުނެ އެވެ. އިބަ ﷲ ގެ މަގުގައި ޝަހީދުވެއްޖައުމަށް ދާންދެން އަހަރެން ޖިހާދުކުރީ އެވެ. ބަސްފުޅު އިއްވެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ މީސްތަކުން ކަލެޔަކީ ހިތްވަރުގަދަ ކެރޭ މީހެކޭ ބުނުވުމަށެވެ. އެކަންވަނީ އެމަގަށް ހިނގާފަ އެވެ. އެއަށްފަހު އޭނާ މޫނުވަތަށް ނަރަކައަށް އެއްލާލެވެ އެވެ. އެޔަށްފަހު ދެން ގެނެވެނީ އިލްމު އުނގެނި އުގަންނައިދީ ގުރުއާން ކިޔެވުމުގައި އުޅުނު މީހެކެވެ. އޭނާއަށް ދެއްވުނު ނިއުމަތްތައް އެންގެވި ސުވާލު ކުރެވެ އެވެ. އެކަންކަމާމެދު އަމަލުކުރީ ކިހިނަކުންތޯ އެވެ. އެމީހާ ބުނެ އެވެ. އިލްމު އުނގެނި އެއުގަންނައިދިނީ އެވެ. އަދި އިބަ ﷲ ގެ މަގުގައި ގުރުއާން ކިޔެވީ އެވެ. ބަސްފުޅު އިއްވެ އެވެ. އެހެންނަކުން ނޫނެވެ. ކަލޭ އިލްމު އުގަންނައިދިނީ ތިޔައީ އިލްމުވެރިޔެކޭ މީހުން ލައްވާ ބުނުވުމަށެވެ. އަދި ގުރުއާން ކިޔެވީ ތިޔައީ ގާރީއެކޭ މީހުން ލައްވާ ބުނުވުމަށެވެ. އެކަންވަނީ އެމަގަށް ހިނގާފަ އެވެ. އެއަށްފަހު އޭނާ ވެސް މޫނުވަތަށް ނަރަކަޔަށް އެއްލާލުމަށް އަމުރުކުރެއްވެ އެވެ. ދެން ގެނެވެނީ މުދާވެރިކަމާއި ފައިސާވެރިކަމުން ތަނަވަސްކަން ދެއްވުނު މީހެކެވެ. އޭނާގެ ނިއުމަތްތައް އިއްވެވި އޭނާ އެކަމާބެހޭ ގޮތުން އަމަލުކުރި ގޮތަކާމެދު ސުވާލުވެވެ އެވެ. އޭނާ ދަންނަވަ އެވެ. އިބަ ﷲ ލޯބިވެވޮޑިގަންނަވާ އެއްވެސް މަގެއް ދޫނުކޮށް ތިމަން އިބަ ﷲގެ މަގުގައި ހޭދަކުރީމެވެ. އެންގެވެ އެވެ. ތިޔައީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހޭދަކުރީ މީސްތަކުން ކަލެޔަކީ ދީލަތި މީހެކޭ ބުނޭތޯ އެވެ. އެކަން ވަނީ އެމަގަށް ހިނގާފަ އެވެ. ދެން އޭނާވެސް މޫނުވަތަށް ނަރަކައަށް އެއްލާލެވެ އެވެ.

މުޙައްމަދު ސޫރަތުގެ 33 ވަނަ އާޔަތުގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ އަމަލުތައް ތިޔަބައިމީހުން ބާތިލު ނުކުރާހުށިކަމެވެ!" ކަންދެއްކުމާއި ދެއްކުންތެރިކަމަކީ އަމަލުތައް ބާތިލުވުމުގެ ސަބަބެއްކަމުގައި އިލްމުވެރިން އިއްތިފާގުވެލައްވަ އެވެ. އަދި އިސްވެދިޔަ ހަދީސުން ވެސް އެކަން ސާފުކޮށްދެ އެވެ. ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވުމާއި، ޤުރުއާން އުނގެނި އުގަންނައިދިނުމާއި، ﷲ ގެ މަގުގައި ހޭދަކުރުމަށްވުރެ ހެޔޮ ކަންބޮޑު އަމަލުތަކަކީ ވަކި ކޮބައިތޯ އެވެ؟ އެކަމަކު އެއިން އެއްވެސް ކަމަކީ ފައިދާއެއް ނެތް ގެއްލުންހުރި ކަމެއްގެ ގޮތުގައި ވެގެންދިޔައީ ކަންދެއްކުމާއި ދެއްކުންތެރިކަން އެއީ އެކަމުގެ މަގުސަދުގައި ހެދުނީތީ އެވެ. މުޙައްމަދު ސޫރަތުގެ 33 ވަނަ އާޔަތާއި ދެންނެވުނު ހަދީސް ބަސްފުޅާ ގުޅުވުމުން އިތުރު މުހިންމު ނުކުތާއެއް ފާހަގަކުރެވޭނެ އެވެ. އެހެނީ އާޔަތުގައި މުހާތަބުވެވެނީ އީމާންވީ މީހުންނަށެވެ. އެއަށްފަހު އަންގަވަނީ ﷲ އާއި ރަސޫލާއަށް ކިޔަމަންވުމަށެވެ. އެގޮތަށް އެންގެވުމަށްފަހު އަމަލުތައް ބާތިލުނުކުރުމަށް އެންގެވުމުން ވަރަށް މުހިންމުކަމެއް ދޭހަ ވެއެވެ. އެއީ ދެއްކުންތެރިކަމުގެ ޒަރީއާއިން އަމަލުތައް ބާތިލުވުމުގެ ފުރުސަތަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ އަޅުންގެ ކިބައިން ހިނގުމުގެ މަގު ހުޅުވިފައި އޮތް ކަމެއްކަމުގެ މައްޗަށް ކުރެވޭ ދޭހަ އެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު އެންމެ ބިރުފުޅުގެން ވަޑައިގަންނަވާ ކަމަކީ، ކުޑަ ޝިރުކެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ކުޑަ ޝިރުކަކީ ކޮބައިތޯއެވެ؟ ހަދީސް ކުރެއްވި އެވެ. ކަންދެއްކުމެވެ. ﷲ ތައާލާ އެފަދަ މީހުންނަށް ގިޔާމަތްދުވަހުން އަންގަވާނެ އެވެ. ތިޔަބައިމީހުން ދުނިޔެމަތީގައި އެބަޔަކަށް ކަންދެއްކި މީހުންގެ ގާތަށް ތިޔަބައި މީހުން ގޮސް، އެމީހުންގެ ކިބައިން ލިބެން އޮތް ޖަޒާއެއް އޮތްތޯ ބަލާފާހުށިކަމެވެ.

އިބްނު ގުދާމާ ވިދާޅުވެފައި ވެއެވެ. ދަންނާށެވެ! ކަންދެއްކުމުގެ އަސްލު ފެށިގެން އަންނަނީ ޖާހާއި މަގާމަށް އޮންނަ ލޯބިންނެވެ. އެއަސްލު ތަފުސީލުވެގެން އަންނަނީ ތިންކަމެއްގެ މައްޗަށެވެ. އެއީ މީސްތަކުންގެ ތައުރީފަށް އޮންނަ އެދުންވެރިކަމާއި މީސްތަކުންގެ ބަދު ބަސްތަކުން ރެކިގަތުމާއި، މީސްތަކުންގެ ކިބައިން ލިބެން އޮންނަ އެއްޗަށް ހިނގާ ދަހިވެތިކަމެވެ.

ދެއްކުންތެރިކަމަކީ ފާފަވެރި ސިފައެކެވެ. ކުރާ އެންމެހާ ހެޔޮ އަމަލެއް އެކީ އެކަށް ބަރުބާދުވުމުގެ ސަބަބެކެވެ. ކަންދެއްކުމާއެކު ނަމާދުކުރާ މީހުންނަށް ވެސް ހަލާކުގެ ވަޢީދުގެ ބަސްފުޅު މާތް ﷲ އަންގަވާފައިވަނީ އެހެންވެގެންނެވެ. ﷲ ގެ މަގުގައި ދުނިޔެއުޅެ ނިމިދިއުމުގެ ތެދުވެރި އިހުލާސްތެރި ނިޔަތް އޮތް ހަމަ ކޮންމެ މުސްލިމެއްގެ ވާޖިބަކީ އޭނާގެ ހެޔޮ އަމަލުތައް ހަމައެކަނި ﷲ އަށް ހާލިސްކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

އިލްމުވެރިން ވިދާޅު ވެއެވެ. ﷲ ގެ މަގުގައި އަޅުވެރި އިންސާނަކު މަގުފުރެއްދުމަށް ޝައިތާނާ ބޭނުންކުރާ އުކުޅުތަކެއް ހުރެ އެވެ. ނަމާދުކޮށް ރޯދަ ހިފައި ރޭއަޅުކަންކުރާ ތަގުވާވެރިޔަކު ޒިނޭކުރުމާއި ރާބުއިމާ ދިމާއަށް ގެންދިއުމުގައި ޝައިތާނާއަށް އޮންނަ އުންމީދަށްވުރެ ބޮޑީ، އެމީހެއްގެ ހިތަށް ދެއްކުންތެރިކަމާއި ކަންދެއްކުން ވައްދައިގެން އެމީހެއްގެ ހެޔޮ އަމަލުތައް ބަރުބާދުކުރެވިދާނެ ކަމަށް ކުރެވޭ ހީގެ އުންމީދެވެ.

ޝަރުއީ އިލްމު ދެނެގަނެ ގިނަ ފޮތް ކިޔައި ގިނަ މައުލޫމާތު ލިބިގަތުމަކީ ދެއްކުންތެރިކަމުން ސަލާމަތްވާން އޮތް މަގެކެވެ. ﷲ އަށް ގިނަގިނައިން ދުއާކޮށް، ޝައިތާނާގެ ރޭވުންތަކަށް ފަރުވާތެރިވެ ޝައިތާނާގެ އުކުޅުތަކާމެދު ހޭލާހުރުމަކީ ކަންދެއްކުމުން ސަލާމަތްކޮށްދިނުމުގެ ބާރެކެވެ. ކަންދެއްކުމުގެ ތެރެއަށް މީހާ ވެއްޓިދާނޭ ކޮންމެ ސަބަބަކާމެދު ފަރުވާތެރިވެ ހުރުން އެއީ އެކަމުން ދުރުކޮށްދޭނޭ ވަސީލަތެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox