ބާސެލޯނާ ކުރިއަށްދާނީ އިސް އުފުލައިގެން: ޒަވީ

Jan 13, 2022, 9:35 AM
ބާސެލޯނާ ކުރިއަށްދާނީ އިސް އުފުލައިގެން: ޒަވީ

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 13) - ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ކުޅުނު އެލްކްލަސިކޯ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވި ނަމަވެސް ބާސެލޯނާ އިން ދެން ހުރި މެޗުތަކަށް ނުކުންނާނީ އިސް އުފުލައިގެން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ބާސެލޯނާ ރޭ ރެއާލް އަތުން ބަލިވީ 3-2 އިންނެވެ. މިއީ ރެއާލް އަތުން ބާސެލޯނާ ޖެހިޖެހިގެން ބަލިވި ފަސް ވަނަ މެޗެވެ.

ރޭގެ މެޗަކީ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފަހުން ރެއާލާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. ފުރަތަމަ ކްލަސިކޯގައި ޒަވީ އަށް ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބީއާ އެވެ. އެ މެޗަށް ފަހު ދިން އިންޓަވިއުގައި ޒަވީ ބުނީ ކްލަސިކޯ އިން ބާސެލޯނާ ބަލިވި ނަމަވެސް ފެނުނު ކުޅުމަށް ބަލާއިރު، ޓީމާ މެދު އޮތް އުއްމީދު ބޮޑު ކަމަށެވެ.

"މުޅި މެޗަށް ބަލާއިރު ގިނަ ވަގުތު ތަކުގައި ކޮންޓްރޯލް އޮތީ އަހަރެމެން އަތުގައި. ރެއާލަށް ވުރެ ރަނގަޅަށް ކުޅުނީ އަހަރެމެން. އެކަމަކު، ފުޓްބޯޅަ މެޗެއްގެ ނަތީޖާ ނެރެނީ ގޯލު ޖަހައިގެންކަން ހަނދާނުގައި ބަހައްޓަން ޖެހޭ. މި މެޗުން ބަލިވިޔަސް ފެނުނު ކުޅުމާ އެކީ އަހަރެމެން ކުރިއަށްދާނީ އިސް އުފުލައިގެން،" ޒަވީ ބުންޏެވެ.

"ދެ އިހުސާސެއް މި ކުރެެވެނީ. ބަލިވީމަ ވާ ދެރަ. ދެން، ޒުވާން ކުޅުންތެރިންތަކެއް މި ކުރާ މަސައްކަތުން ލިބޭ ހިތްހަަމަޖެހުން. އަހަރެމެން މި ދަނީ ރަނގަޅު ޓްރެކުގައި، ކެތްތެރިވާންޖެހޭ،"

ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑެއް ނުލިބެ އެވެ. ރެއާލްގެ ވިނީޝިއުސް ޖޫނިއާ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދީފައި ވަނިކޮށް ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ލޫކް ޑި ޔޯން އެވެ. ދެ ވަނަ ހާފުގައި ކަރިމް ބެންޒެމާ ރެއާލަށް ލީޑުނަގައިދިނުމުން އަންސޫ ފާޓީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ރެއާލް މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލުންނެވެ.

ބާސެލޯނާ ބަލިކޮށް، ރެއާލުން ވަނީ އާދިއްތަ ދުވަހު ކުޅޭ ސުޕަ ކަޕް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މެޗު ދިޔައީ ވަރަށް އެއްވަރުކޮށް ކަމަށާއި ރެއާލް މޮޅުވީ ކައުންޓަ އެޓޭކުގައި ދެއްްކި ތަފާތުގެ ސަބަބުން ކަމަށެވެ.

އާދިއްތަ ދުވަހު ކުޅޭ ސުޕަ ކަޕް ފައިނަލުގައި ރެއާލް ކުޅޭނީ މިރޭ ދެ ވަނަ ސެމީގައި އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox