ޓޮޓެންހަމް ދެ ލެގުން ވެސް ބަލިކޮށް ޗެލްސީ ފައިނަލަށް

Jan 12, 2022, 10:17 PM
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 13) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުން ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޗެލްސީން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ޗެލްސީން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ބަލިކުރީ 2-0 އިންނެވެ. މިރޭ ޓޮޓެންހަމް ދަނޑުގައި ޗެލްސީން ކުރިހޯދީ 1-0 އިންނެވެ. ލީގު ކަޕް ފައިނަލުގައި އަންނަ މަހު 27 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ލިވަޕޫލާއި އާސެނަލް ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ. އެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ މާދަމާރޭ އެވެ.

ޗެލްސީ ވަނި ފަސް ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން ތަށި އުފުލާލީ 2015 ވަނަ އަހަރު އެވެ.

ޓޮޓެންހަމުން މިރޭގެ މެޗަށް ނުކުތީ އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު ފްރާންސްގެ ހޫގޯ ލޮރީސްގެ ބަދަލުގައި ދެ ވަަނަ ކީޕަރަކަށް ހުރި އިޓަލީގެ ޕިއެރްލުއީޖީ ގޮލީނީ ފުރަތަމަ އެގާރަ އަށް ލައިގެންނެވެ. މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ރޮމެލޫ ލުކާކޫ ޖެހި ނުރައްކާތެރި ބޯޅައެއް ގޮލީނީ ވަނީ މަތަކޮށްފަ އެވެ.

އެކަމަކު، މި މެޗުގައި ޓޮޓެންހަމް ކޮޅަށް ގޯލު ވަނީ ގޮލީނީ އަށް ހެދުނު ގޯހަކުންނެެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޗެލްސީން ނެގި ކޯނަރެއް ދިފާއުކުރަން ގޮލީނީ އަރައި، އޭނާ ބޯޅައިގައި ޖައްސަން އެއްލި އަތުގައި ނުޖެހި، ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ގައިގައި ޖެހިފަ އެވެ.

ޓޮޓެންހަމުން މި މެޗުގައި ގޯލެއް ޖަހަން ކުރި މަސައްކަތުގެ އެންމެ ބޮޑު ހުރަހަކަށްވީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއާ އަށް ރޫޑިގާ ކުރި ފައުލަކަށް ރެފްރީ އަންދްރޭ މެރިނާ ނިންމީ ޕެނަލްޓީ ދޭށެވެ. އެކަމަކު، ވީއޭއާރް އިން ބަލައި އެ ނިންމުން ބަދަލުކޮށް ދިނީ ފައުލު ވި ހިސާބުން ޓޮޓެންހަމަށް ހިލޭ ޖެހުމެކެވެ.

ދެ ވަނަ ހާފުގައި ޗެލްސީގެ ގޯލުގައި ހުރި ކީޕަރު ކެޕާ އަރިއްޒަބަލާގާ އޭރިއާތެރެއިން ޓޮޓެންހަމްގެ ލޫކަސް މޯރާ އަށް ފައުލުކުރި ކަމަށް ފުރަތަމަ ދިނީ ޕެނަލްޓީ އެކެވެ. އެކަމަކު، ވީއޭއާރް އިން ބެލިއިިރު، ކެޕާ ޓެކަލް ކުރިއިރު ފައި ޖެއްސީ ބޯޅައިގައިކަން ޔަގީންވުމުން ރެފްރީ ނިންމުން ބަދަލުކުރީ އެވެ. އޭގެ ފަހުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ޖެހި ގޯލެއް ވަނީ ވީއޭއާރް އިން ބެލުމަށް ފަހު ކެންސަލްކޮށްފަ އެވެ. އެއީ ކޭން ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެވެ.

ޓޮޓެންހަމްގެ އެމަސަން ރޯޔާލް އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ކެޕާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ކޮޅުގައި ސަޕޯޓަރުންގެ ތެެރެއިން މީހަކަށް އިމަޖެންސީކޮށް ފަރުވާދޭން ޖެހުމުން މެޗު ވަނީ ވަގުުތު ކޮޅަކަށް މެދުކަނޑާލައިފަ އެވެ.

ލީގު ކަޕް ފައިނަލަކީ ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމު ކުޅޭ ހަތަރު ވަނަ ފައިނަލެވެ. ޓުޗެލް އަކީ ޗެލްސީއާ ހަވާލުވިތާ އަހަރެއްގެ ތެރޭގައި ހަތަރު ފައިނަލުގައި ކުޅޭ ފުރަތަމަ ކޯޗެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުން ލެސްޓާ ސިޓީ އަތުން ޓުޗެލްގެ ޗެލްސީ ބަލިވިއިރު، ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އަދި ޔުއެފާ ސުޕަ ކަޕް ތަށި އުފުލާލީ ވިޔަރެއާލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox