އެފްރިކަން ކަޕް: 90 މިނިޓް ހަމަނުވަނީސް ރެފްރީ މެޗު ނިންމާލައިފި، ހާލަތު ގޯހުން ގޯހަށް!

Jan 12, 2022, 7:14 PM
ޓިއުނީިޝިއާގެ ކޯޗު މޮންދާރު (ކ) އާއި ރެފްރީ ސިކާޒްވޭ.--

ޓިއުނީިޝިއާގެ ކޯޗު މޮންދާރު (ކ) އާއި ރެފްރީ ސިކާޒްވޭ.--

ލިމްބޭ، ކެމަރޫން (ޖެނުއަރީ 12) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ މާލީން 1-0 އިން ޓިއުނީޝިއާ ބަލިކުރި މެޗުގެ 90 މިނިޓް ނުނިމެނިސް މެޗުގެ ރެފްރީ ޒެމްބިއާގެ ޖެނީ ސިކާޒްވޭ، މެޗު ނިންމާލި މައްސަލައިގައި ހާލަތު އިތުރަށް ގޯހުން ގޯހަށް ހިނގައްޖެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި މާލީގެ އިބްރާހިމާ ކޯނޭ ޖެހި ޕެނަލްޓީން އެ ޓީމުން ލީޑުނެގި އެވެ. މި ޕެނަލްޓީ އަކީ ޓިއުނީޝިއާގެ އެލްޔެސް ޝްކީރީ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ދިން ޕެނަލްޓީ އެކެވެ.

ޓިއުނީސިއާ އަށް އެއްވަރުކޮށްދޭން ވަހްބީ ކަޒްރީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. މާލީ ލީޑުގައި އޮވެގެން މެޗު ކުރިއަށް ދަނިކޮށް ރެފްރީ ސިކާޒްވޭ ވަނީ މެޗުގެ 85 ވަނަ މިނިޓްގައި މެޗު ނިންމާލަން ކަށިގަނޑު ފުމެފަ އެވެ. އެއީ އޭނާ އަށް "އޮޅިގެން" ކުރެވުނު ކަމެކެވެ. ކުށް އިސްލާހުކޮށް، އަލުން މެޗު ފަށައި، ދެ މިނިޓް ކުޅެވުނުތަނުން ސިކާޒްވޭ ވަނީ މާލީގެ ބިލާލް ޓޫރޭ ކުރި ފައުލަކަށް ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އެ ރަތް ކާޑު ދެއްކި ނިންމުން ދަމަހައްޓަން ސިކާޒްވޭ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވެސް ރަނގަޅަށް ބެލުމެއް ނެތި އެވެ. ވީއޭއާރް އިން އަލުން ބަލަން އެދުމުން ރެފްރީ ސިކާޒްވޭ ވަނީ އެކަން ކުރަން ދެކޮޅު ހަދައިފަ އެވެ.

ރަތް ކާޑުގެ މައްސަަލަ ހިނގިތާ ދެ މިނިޓް ފަހުން މެޗުގެ 90 މިނިޓް ވެސް ނުކުޅެނީސް ސިކާޒްވޭ މެޗު ނިންމާލީ އެވެ. މާލީގެ ކުޅުންތެރިއަކު މަދުވުމުންނާއި މެޗުގައި ވޯޓާ ބްރޭކެއް ވެސް ނަގައި ވީއޭއާރް ބަލަން ވެސް ވަގުތުތަކެއް ދިޔަ މެޗެއްގައި އިތުރު ވަގުތު ނުދޭން ނިންމުމުން ޓިއުނީޝިއާ ބެންޗުން ވަރަށް ބޮޑަށް ހިތްހަަމަނުޖެހުނެވެ.

ޓިއުނީޝިއާގެ ކޯޗު މޮންދާރު ކެބޭއިއާ ރެފްރީ ސިކާޒްވޭއާ ސުވާލުކުރަން ތަކުރާރުކޮށް ދިޔަ ނަމަވެސް އެ ފުރުސަތު ނުދީ ރެފްރީން ދަނޑުން ބޭލީ ސެކިއުރިޓީންގެ އެހީގަ އެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީގެ ކޯޗު މުހައްމަދު މަގައްސޫބާ ވާހަކަ ދައްކަނިކޮށް، އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ސީއޭއެފް)ގެ އޮފިޝަލުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ރޫމަށް ހާޒިރުވެ، އަލުން މެޗުގެ ބާކީ ވަގުުތު ކުޅެން ދާން އެންގި އެވެ. އެއީ އިތުރު ވަގުތުގެ ތިން މިނިޓް ކުޅޭ ގޮތަށެވެ.

މާލީ ކުޅުންތެރިން އެންމެ ފުރަތަމަ ދަނޑަށް އެނބުރި ދާން ދެކޮޅު ހެދި އެވެ. އެކަމަކު، ފަހުން ޓީމުގެ ކޯޗު މަގައްސޫބާ އާއި މާލީ ފުޓްބޯޅަ އިދާރާއިން އެންގުމުން އެއްބަސްވި އެވެ. އެހެން ނަމަވެސް ޓިއުނީޝީއާ ކުޅުންތެރިން އަލުން މެޗު ކުޅެން ނުނިކުތުމުން މެޗު ޖެހުނީ 1-0 އިން ނިންމާލާށެވެ.

"އަހަރެން ފުޓްބޯޅައިގައި މި ހޭދަވީ 30 އަހަރު ތެރޭ ވެސް މި ވަރުގެ ކަމެއް ނުދެކެން. މެޗުގެ 90 މިނިޓް ހަމަނުވަނިސް މެޗު ނިންމާލާފައި. ކުޅުންތެރިން ޗޭންޖިން ރޫމަށް ދާން އަންގާފައި. ކުޅުންތެރިން އައިސް ބާތު ނަގަން ހުއްޓައި އެ ބުނަނީ އަލުން އައިސް މެޗުގެ ބާކީ ބައި ކުޅެން، އެއީ ވާނެ ކަމެއްތަ؟" ޓިއުނީޝިއާ ކުޅުންތެރިން ދަނޑަށް އަލުން ނުދޔަ ސަބަބާ ބެހޭގޮތުން އެ ޓީމުގެ ކޯޗު މޮންދާރު ބުންޏެވެ.

މިރޭގެ މެޗުގެ ރެފްރީ ޒެމްބިއާގެ ސިކާޒްވޭ އަކީ 2018 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗެއްގައި ރެފްރީކަން ކުރި ފަރާތެކެވެ. އޭނާގެ ފަރާތުން މިރޭ މި ފެނުނު ކަންކަމަށް ބަލާއިރު، އަލުން މި ފަހަރުގެ އެފްރިކަން ކަޕްގެ މެޗެއްގައި ރެފްރީ ކުރަން ލިބޭނެ ކަމަށް ނުބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox