ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ރާޝީދަށް ތާއިދު ކުރަން ޖޭޕީން ނިންމައިފި

ގާސިމް އިބްރާހިމާއި ރައީސް ސޯލިހް ބައްދަލު ކުރައްވަނީ: އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުކުރަން އަދި ނިންމީ ޖޭޕީއިން އެކަނި – ފޮޓޯ: ރައީސް އޮފީސް

ގާސިމް އިބްރާހިމާއި ރައީސް ސޯލިހް ބައްދަލު ކުރައްވަނީ: އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުކުރަން އަދި ނިންމީ ޖޭޕީއިން އެކަނި – ފޮޓޯ: ރައީސް އޮފީސް

އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ތާއިދު ކުރާނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކަމަށް އެ ޕާޓީން އިއުލާންކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރުމަށް ނިންމީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަރިސް ބޭފުޅެއް ކަމުން، މަރުހޫމްއަށް އިހްތުރާމް ކުރުމުގެ ގޮތުން ކަމަށް، ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރުމަށް ނިންމާފައިވާއިރު ޕާޓީގެ ވިސްނުމަކީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއީދުކުރުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފައިވާއިރު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވަނީ ރާޝިދަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވައިފަ އެވެ.

"ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓަކީ ރާޝިދު. ގައުމުގެ އިގްތިސާދު އާރާސްތުކޮށް ތަރައްގީ ގެނައުމަށް ރާޝިދަށް ވޯޓު ދެއްވާ،" މައުސޫމް ޓުވިޓާގައި ލިޔުއްވާފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ސަރުކާރު ކޯލިޝަނުގެ އެމްއާރްއެމް އަދި އަދާލަތު ޕާޓީން ވެސް ކެންޑިޑޭޓަކު ނުނެރޭނެ އެވެ. ނަމަވެސް އެ ދެ ޕާޓީން އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް މިހާތަނަށް ނުބުނެ އެވެ.

އެމްއާރުއެމްގެ ތަރުޖަމާން އިސްމާއިލް ނާއިލް މި ނޫހާ ވާހަކަދައްކަމުން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލީޑް ކުރައްވާ އެޕާޓީއިން އިންތިހާބުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް މިހާތަނަށް ކައުންސިލުން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ނާއިލް ވިދާޅުވި އެވެ.

ސަރުކާރުގެ ކެބިނެޓުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ ލީޑް ކުރައްވާ އަދާލަތުގެ ތަރުޖަމާން އަލީ ނަޒީރު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެޕާޓީއިން ތާއިދު ކުރާ ކެންޑިޑޭޓަކު ނިންމާނެ ކަމަށެވެ.

ރާޝިދުގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ދާއިރާގެ ތިން ރަށަށް ވަޑައިގެންނެވި އެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހިމާއި ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަޑައިގެންނެވި އެވެ.

މިއަދު ރާޝިދުގެ ކެމްޕެއިނުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް އެ ރަށަށް ވަޑައިގެންނެވި އެވެ. އަދި އެ ދާއިރާގައި ހިމެނޭ ތިން ރަށުގައި ކެމްޕެއިން ޖަގަހަތައް ހުޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދާއިރާށް ވެފައިވާ ވައުދުތައް:

  • ދެ ކޮމަންޑޫ ކޯޒްވޭ ބްރިޖަކުން ގުޅުވާލުން (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަދިނުމަށް) - އަމަލީ މަސައްކަތް ފަށައިފި
  • ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުން ( ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް) - ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ
  • ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް) - މިހަފްތާ ތެރޭ އަމަލީ މަސައްކަތް ފަށާނެ
  • މަރޮށީގެ ބަނދަރުގެ މަސައްކަތް (އުމްރާނީ ތަރައްގީ) - މި މަސް ތެރޭ އަމަލީ މަސައްކަތް ފަށާނެ

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox