ބޮމުގެ ވައްތަރެއް ކަމަށްވާ ހޭންޑް ގްރެނޭޑެއް ރ. އަތޮޅުގެ ފަޅުރަށަކުން ފެނިއްޖެ އެވެ.
މޯލްޑިވްސް ޕޮޮލިސް ސާވިސަސްގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އެ ގްރެނޭޑް ފެނިފައިވަނީ ށ. އަތޮޅުގެ މާށިގިރި އިން ކަމަށެވެ. ގްރެނޭޑް ފެނުނީ އެ ރަށަށް ދިޔަ ބަޔަކަށް މި މަހުގެ 1 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ ގްރެނޭޑް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ހަވާލުކޮށްފަ އެެވެ.
އެކަމަކު އެކަން ތަހުގީގުކުރާނީ ޕޮލިހުންނެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
އެ ރަށަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށެކެވެ.













