ހަތަރު ވަަނަ ބުރުގައި ޔުނައިޓެޑް ކުޅޭނީ މިޑްލްސްބަރާއާ ދެކޮޅަށް

Jan 11, 2022, 4:41 AM
ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޖެނުއަރީ 11) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ އެސްޓަން ވިލާ އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ހަތަރު ވަނަ ބުރުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތީ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި އެވެ. ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ރޮނާލްޑޯ އަށް "ކުޑަ" އަނިޔާގެ މައްސަލައެއް ދިމާވެފައިވާތީ މެޗުގައި ބޭނުންނުކުރީ ކަމަށެވެ.

ޔުނައިޓެޑަށް ރޭގެ މެޗުގެ ހަމައެކަނި ގޯލު ޖަހައިިދިނީ މެޗުގެ އަށް ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ ފްރެޑް ނަގައިދިން ހުރަހަކުން މެކްޓޮމިނޭ ބޮލުން ޖެހި ގޯލެކެވެ. އެސްޓަން ވިލާ އިން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އޭރިއާބޭރުން އެސްޓަން ވިލާގެ ޖޯން މެކްގިން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއިރު، ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާތެރެއިން އޮލީ ވަޓްކިންސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ދެ ވަނަ ހާފްގައި އެސްޓަން ވިލާގެ ވަޓްކިންސް އާއި ޑެނީ އިންގްސް ގުޅިގެން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އެސްޓަން ވިލާގެ ޖޭކަބް ރަމްސީ އޮފްސައިޑް ކަމަށް ނިންމައި، ގޯލު ބަލައިނުގަންނަން ނިންމި އެވެ.

ޔުނައިޓެޑަށް ދެ ވަނަ ލަނޑެއް ޖަހައިދޭން އެ ޓީމުގެ މޭސަން ގްރީންވުޑް ޖެހި ބޯޅައެއް އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ވެސް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ރަޝްފޯޑަށް ގޯލެއް ނުޖެހި 11 މެޗު ނިމިފައިވާއިރު، މިއީ އޭނާގެ ކެރިއަރުގައި ގޯލެއް ނުޖެހި ހޭދަވާ އެންމެ ދިގު މުއްދަތެވެ. ރަޝްފޯޑް އެންމެ ފަހުން ގޯލެއް ޖެހީ އޮކްޓޫބަރު މަހު 30 ވަނަ ދުވަހު ޓޮޓެންހަމް ކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox