ފަހު މިނިޓްގައި މާނޭ ސެނެގޯލް މޮޅުކޮށްދީފި

Jan 10, 2022, 7:37 PM
ފަހު މިނިޓްގައި މާނޭ ސެނެގޯލް މޮޅުކޮށްދީފި

ބާފުސާމް، ކެމަރޫން (ޖެނުއަރީ 10) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ ފަހު ވަގުތު ސަޑިއޯ މާނޭ ކާމިޔާބުކުރި ޕެނަލްޓީން 1-0 އިން ސެނެގޯލް އިން ޒިމްބާބްވޭ އަތުން މޮޅުވެއްޖެ އެވެ.

ސެނެގޯލް އިން މިރޭގެ މެޗަށް ތައްޔާރުވިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ޓީމުގެ ކުޅުންތެރިންތަކަކަށް ކޮވިޑް ޖެހުމެވެ. އެ ގޮތުން ސެނެގޯލްގެ އެއް ވަނަ ކީޕަރު ޗެލްސީ އަށް ކުޅޭ އެޑޮއާޑް މެންޑީ އާއި ޑިފެންޑަރު ނަޕޯލީގެ ކަލީދޫ ކުލިބާލީ ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، މި މެޗު ގެއްލިފަ އެވެ.

ޒިމްބާބްވޭ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސެނެގޯލް އިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތަކެއް މި މެޗުގައި ކުރި އެވެ. އެންމެ ރަނގަޅު ފުރުސަތެއް ނަގާލީ އިދްރީސާ ގާނާ ގޭއި އެވެ. މާނޭ ހުސްކޮށްލާފައި ގޭއި އަށް ދިން ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވި އޭނާ އަތުން ފުރުސަތު ގެއްލުނީ އެވެ. ސެނެގޯލަށް ގޯލެއް ޖެހޭގޮތްވީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގަ އެވެ.

އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ސެނެގޯލަށް ޕެނަލްޓީ ދޭން ނިންމީ އެ ޓީމުގެ ފޯވާޑް ޕާޕާ ގޭއި ޖެހި ޝޮޓެއް ޒިމްބާބްވޭގެ ކެލްވިން މަގްޒޯންޑްވޭ އަތުން ޖެއްސުމުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ކަށަވަރުކުރުމަށް ފަހު އެވެ. މާނޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް ޕެނަލްޓީ ފޮނުވާލައިފަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ އެފްރިކަން ކަޕްގައި ސެނެގޯލް ބަލިވީ ފައިނަލުގައި އަލްޖީރިއާ އަތުންނެވެ. މި ފަހަރުގެ މުބާރާތުގައި ސެނެގޯލް ގްރޫޕްގައި އޮތް އަނެއް ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ގިނީ ވަނީ 1-0 އިން މަލާވީ ބަލިކޮށްފަ އެވެ.

އެފްރިކަން ކަޕްގައި މިރޭ ވަނީ ގްރޫޕް ސީގެ މެޗެއް ވެސް ކުޅެފަ އެވެ. ވަރުގަދަ ގާނާ އަތުން މޮރޮކޯ ވަނީ 1-0 އިން މޮޅުވެފަ އެވެ. މޮރޮކޯ އިން މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓަ އެވެ. މި ލަނޑު ޖެހީ ސޯފިއަން ބޫފާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox