އިރާނުގައި މިހާރު އުޅެނީ އެންމެ 12 އޭޝިއެޓިކް ޗީޓާ!

އޭޝިއެޓިކް ޗީޓާ އަކީ ދުނިޔެ އިން ނެތިގެން ދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރެއް. -- ފޮޓޯ: ތެހްރާން ޓައިމްސް

އޭޝިއެޓިކް ޗީޓާ އަކީ ދުނިޔެ އިން ނެތިގެން ދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރެއް. -- ފޮޓޯ: ތެހްރާން ޓައިމްސް

ތެހްރާން، އިރާން (ޖެނުއަރީ 10) - މިހާރު އިރާނުގައި ދިރިއުޅެނީ އެންމެ 12 އޭޝިއެޓިކް ޗީޓާ ކަމަށް އެ ގައުމުގެ ޑެޕިއުޓީ އެންވާރަމަންޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ހަސަން އަކްބަރީ، ތަސްނީމް ނިއުސް އެޖެންސީ އަށް ވިދާޅުވީ ދުނިޔެ އިން ނެތިގެން ދިޔުމުގެ ބިރު ހީވެފައިވާ އެ ޖަނަވާރަށް ކުރިމަތިވެފައި ވަނީ "އިންތިހާ އަށް ނުރައްކާތެރި" ހާލަތެއް ކަމަށެވެ.

"މި ޖަނަވާރު ރައްކާތެރި ކުރަން މަގުތަކުގައި ހަރުކުރި ނިޝާންތަކާއި އޭގެ އާބާދީ އިތުރު ކުރަން އެޅި ފިޔަވަޅުތަކާ އެކު އޭތި ސަލާމަތް ކުރެވޭނެ ކަމަށް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.

Advertisement

"މި ވަގުތު އުޅެނީ ނުވަ ފިރިހެން ޗީޓާ އާއި ތިން އަންހެން ޗީޓާ. އެއާ ހިލާފަށް 2010 ވަނަ އަހަރު 100 އެއްހާ ޗީޓާ އުޅުނު. މިހާރު ދިރިތިބި ޗީޓާތަކުގެ ހާލަތު އިންތިހާ އަށް ގޯސް."

އޭޝިއެޓިކް ޗީޓާއެއް.
އޭޝިއެޓިކް ޗީޓާއެއް.

އޭޝިއެޓިކް ޗީޓާއެއް.

އަކްބަރީ ވިދާޅުވީ ޗީޓާތަކުގެ އަދަދު މަދުވެ، ހާލަތު ގޯސްވެފައި ވަނީ ވާރޭ ނުވެހި ގިނަ ދުވަސްވުމާއި، އެ ތަކެތި ހިފާ މީހުންނާއި، ކާރު އެކްސިޑެންޓުތަކާ ހެދި ކަމަށެވެ.

ޗީޓާ އަކީ އެއްގަމުގައި އުޅޭ ޖަނަވާރުތަކުގެ ތެރެއިން އެންމެ ބާރަށް ދުވާ ޖަނަވާރެވެ. އޭގެ ދުވެއްޔަކީ ގަޑިއަކު 120 ކިލޯމީޓަރެވެ. މި ޖަނަވާރަކީ ކުރިން އިންޑިއާ އާއި ސެނެގޯލް އަދި އެހެން ހިސާބުތަކުގައި ވެސް ވަރަށް ގިނަ އެއްޗެކެވެ.

މިހާރު ވެސް ދެކުނު އެފްރިކާގެ ބައެއް ހިސާބުތަކުން ޗީޓާ ފެނެ އެވެ. ނަމަވެސް އުތުރު އެފްރިކާ އާއި އޭޝިއާ އިން މި ޖަނަވާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނެތިގެން ގޮސްފަ އެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ އިން ބުނާ ގޮތުގައި ޗީޓާ އާއިލާގައި ހިމެނޭ އޭޝިއެޓިކް ޗީޓާގެ ބާވަތަކީ ނެތިގެން ދިޔުމުގެ ބިރު އިންތިހާ އަށް އޮތް އެއްޗެކެވެ.

މިއީ ގަޑިއަކު 120 ކިލޯމީޓަރު ބާރަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ ޖަނަވާރެއް.
މިއީ ގަޑިއަކު 120 ކިލޯމީޓަރު ބާރަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ ޖަނަވާރެއް.

މިއީ ގަޑިއަކު 120 ކިލޯމީޓަރު ބާރަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ ޖަނަވާރެއް.

އެފަދަ ޗީޓާ މިހާރު ޖަންގަލިތަކުން ފެންނަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ އިރާނެވެ. އދ. ގެ އެހީއާ އެކު އެ ޖަނަވާރު ހިމާޔަތް ކުރުމުގެ މަޝްރޫއެއް 2001 ވަނަ އަހަރު އިރާނުން ފެށި އެވެ.

އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ބޭނުން ކުރި ޖާޒީގައި ޗީޓާގެ ސޫރަ ހިމަނާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox