ސްރީލަންކާއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ފަސްކޮށްދޭން އެދެފި

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަދި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އަދި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ޖެނުއަރީ 9) - ޑޮލަރަށް ޖެހިފައިވާ ސްރީލަންކާ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި ފަސްކޮށްދޭން އެދިފައިވާ ކަމަށް ލަންކާގެ ރައީސް އޮފީހުން ބުނެފި އެވެ.

އެގޮތަށް އެދުނީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާދީއްތަ ދުވަހު ސްރީލަންކާ އަށް ކުރެއްވި ދަތުރުގައި ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ސްރީލަންކާގެ އިގްތިސާދަށް ކޮވިޑް ބަލިމަޑުކަމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވުމުން ކާބޯތަކެތި ރޭޝަންކޮށް، ޒަރޫރީ ތަކެތި ނުލިބުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

Advertisement

ޗައިނާ އަކީ ސްރީލަންކާ އަށް އެންމެ ގިނަ ލޯނު ފޯރުކޮށްދޭ ގައުމެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ސްރީލަންކާ އަށް ވަޑައިގެންފައި ވާއިރު، ލަންކާގެ ދަރަނިތައް ނުދެއްކޭނެ ކަމުގެ އިންޒާރު ބައިނަލްއަގްވާމީ ރޭޓިން އެޖެންސީތަކުން ދީފައި ވެ އެވެ.

"ބަލިމަޑުކަމަށް ފަހު ދިމާވެފައިވާ އިގްތިސާދީ ކާރިސާ އަށް ރިއާޔަތްކޮށް، ދަރަނި ދެއްކުން ފަސްކުރެވުމަކީ ލިބޭނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި،" ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮލޮމްބޯގައި ހުންނަ ޗައިނާގެ އެމްބަސީ އިން އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ނޮވެމްބަރު މަސް ނިމުނު އިރު ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ އެންމެ 1.5 ބިލިއަން ޑޮލަރެވެ. އެއީ އެއް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.

ސްރީލަންކާގެ ކަރަންޓު ޖެނެރޭޓަރުތަކަށް ބޭނުންވާ ތެޔޮ އިމްޕޯޓް ކުރާނެ ފައިސާ ނެތުމުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަރަންޓުގެ ހިދުމަތް ވެސް ދެނީ ރޭޝަންކޮށްގެންނެވެ.

ލަންކާ ސަރުކާރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އޭޕްރިލް 2021 ގެ ނިޔަކަށް ލަންކާގެ ބޭރުގެ ދަރަނީގެ ގޮތުގައިވާ 35 ބިލިއަން ޑޮލަރުގެ 10 ޕަސެންޓު ހިއްސާ ކުރަނީ ޗައިނާ އަށް ދައްކަން ޖެހޭ ފައިސާ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ދައުލަތުގެ ކުންފުނިތަކާއި މަރުކަޒީ ބޭންކަށް ދައްކަން ޖެހޭ ފައިސާ އަށް ބަލައިފި ނަމަ ޗައިނާ އަށް ދައްކަން ޖެހޭ ދަރަނި އެއަށްވުރެ މާ ބޮޑު ވާނެ އެވެ.

ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ޗައިނާގެ އަތުން ދަރަންޏަށް ފައިސާ ނެގި ނަމަވެސް، އެ މަޝްރޫއުތަކުގެ މާ ބޮޑު ފައިދާއެއް ލަންކާ އަށް ނުލިބެ އެވެ.

ކޮލޮމްބޯގެ ދެކުނުގައި ބަނދަރެއް ބިނާކުރަން ނެގި ލޯނަކަށްވާ 1.4 ބިލިއަން ޑޮލަރު ދެއްކޭނެ ގޮތެއް ނެތުމުން، 2017 ވަނަ އަހަރު ލަންކާ އިން ވަނީ އެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ދޫކޮށްފަ އެވެ.

އެމެރިކާ އާއި އިންޑިއާ އިން ބުނީ ބައިނަލްއަގްވާމީ ޝިޕިން ރޫޓަށް މުހިއްމު ހަމްބަންޓޯޓާ ބަނދަރުގެ ސަބަބުން އިންޑިއާ ކަނޑުގައި ޗައިނާ އިން އަސްކަރީ ބާރު ގަދަކޮށްފާނެ ކަމަށެވެ.

ނަމަވެސް ޗައިނާ އާއި ސްރީލަންކާ އިން ވެސް ބުނީ އެއްވެސް އަސްކަރީ ބޭނުމަކަށް ލަންކާގެ ބަނދަރުތައް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox