ބީއެމްއެލްގެ ބޭންކިން ހިދުމަތްދޭ 100 ވަނަ އޭޖެންޓު ހޯނޑެއްދޫގައި

ބޭންކް އޮފް މޯލްޑިވްސް: 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭ ރަށްތަކަށް ބޭންކިންގް ހިދުމަތްތައް ދިނުމުގެ މަސައްކަތް ބޭންކުން ފަށައިފި-- ފޮޓޯ: ހުސައިން ޝައްޔާހް/ އަދަދު

ބޭންކް އޮފް މޯލްޑިވްސް: 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭ ރަށްތަކަށް ބޭންކިންގް ހިދުމަތްތައް ދިނުމުގެ މަސައްކަތް ބޭންކުން ފަށައިފި-- ފޮޓޯ: ހުސައިން ޝައްޔާހް/ އަދަދު

ބޭންކް އޮފް މޯލްޑިވްސްއިން ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފްކޮށް އޭޖެންޓުން މެދުވެރިކޮށް ބޭންކިންގެ ހިދުމަތްތައް ލިބޭނެގޮތް ހަމަޖައްސައިފި އެވެ. މިއީ ފައިސާ ނެގުމުގެ އިތުރުން ޑިޕޮސިޓް އަދި ޕޭމެންޓުގެ ހިދުމަތް ފޯރުކޮށްދޭނެ 100 ވަނަ އޭޖެންޓު ކަމަށް އެ ބޭންކުން ބުނެ އެވެ.

ކޭޝް އޭޖެންޓުންނަކީ ކޮބާ؟

އޭޖެންޓް ބޭންކިންގެ ހިދުމަތަކީ ބޭންކުގެ ބްރާންޗެއް އަދި އޭޓީއެމްއެއް ވެސް ނެތް ރަށްރަށުގެ މީހުންނަށް ބޭންކުގެ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން 2015 ވަނަ އަހަރު ފަށާފައިވާ ހިދުމަތެކެވެ. މި އެޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެއްވެސް ފީއަކާ ނުލައި، ފައިސާ ނެގުމާއި ޖަމާކުރުމާއި ކްރެޑިޓް ކާޑަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

އެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކު 2000ރ. އާއި ހަމައަށް ފައިސާ ނެގޭނެ އެވެ. އަދި ދުވާލަކު 10000ރ. ހަމަޔަށް ފައިސަ ޖަމާ ވެސް ކުރެވޭނެ އެވެ.

އެ ހިދުމަތް 2015 ވަނަ އަހަރު ފެށީ ހަމައެކަނި ފައިސާ ނެގުމުގެހިދުމަތެއްގެ ގޮތުގަ އެވެ. މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ 175 އޭޖެންޓުން އުޅެމުންދާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދިނެވެ.

އެގޮތުން ގދ. ހޯނޑެއްދޫގައި ގާއިމްކުރި ކޭޝް އެޖެންޓަކީ ފައިސާ ނެގުމާއި ޖަމާކުރުމާއި ލޯނާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭ އޭޖެންޓުންގެ ތެރެއިން 100 ވަނަ އޭޖެންޓެވެ.

"މިއީ މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިންގް އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގެ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް، މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް،" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، އައިޝަތް ނޫރުއްދީން ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ ބޭންކިންގް ހިދުމަތްތައް އެއް ވިއުގާ އެއްގެ ދަށަށް ގެނައުމާއި އެކު އަތޮޅުގައި 35 ބްރާންޗްާއި 76 ސެލްފް ސާވިސް ބޭންކިންސެންޓަރާއި 134 އޭޓީއެމާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ވަނީ ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox