މުޒާހަރައިގެ ބައިވެރިން ފުލުހުންނަށް ހަމަލާދިން ނަމަވެސް ހައްޔަރުކުރަނީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެފި

ޕީޕީއެމްގެ މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ބުނީ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނަށް ހަމަލާ ދޭ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޕީޕީއެމްގެ މުޒާހަރާއެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ބުނީ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނަށް ހަމަލާ ދޭ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެރި ރަށް މާލޭގައި މިހާރު ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދާ މުޒާހަރާތަކުގައި ބައެއް ފަހަރު ފުލުހުންނަށް ހަމަލާދިން ނަމަވެސް، މުޒާހަރާ ރޫޅާލުމާއި މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ޕީޕީއެމްގެ ފަރާތުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" މުޒާހަރާގެ ބައެއް ބައިވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރުމުން އެ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ޔަގީންކަންދީފައި ވަނީ "މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް ގާނޫނަކާ ގުޅޭކަމެއް ނަމަ އެ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ.

"މުޒާހަރާތަކާ އެނޫންވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫންވެސް ގާނޫނަކާ ގުޅޭކަމެއް ނަމަ އެ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ މި ހިދުމަތުން އިސްކަންދޭ ކަމެއް،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމުން މާލޭގައި މުޒާހަރާ ކުރަނީ ގާނޫނާ ހިލާފަށްކަން ފާހަގަކޮށް ފުލުހުން އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މުޒާހަރައިގެ ބައެއް ބައިވެރިން ފުލުހުންނަށް ހަމަލާދީ ދައުލަތުގެ ބައެއް އޮފީސްތައް ހިންގުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ހިތާމައާއެކު ފާހަގަ ކުރަން. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސްއެޅުމުގެ މަސައްކަތް ކުރާކަން ވެސް ފާހަގަ ކުރެވިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުން ބުނެފައި ވަނީ، މުޒާހަރާގެ ބައިވެރިން މާލޭގެ ދަތުރުފަތުރަށް ވެސް ހުރަސްއަޅަމުންދާ ކަމަށެވެ.

"މި އެއްވުންތަކުގައި އާންމު ދަތުރުފަތުރަށް ދަތިކޮށް، މާލޭ އާއި ހުޅުމާލޭއާ ތެރޭގައި ދަތުރުކުރާ ބަސް މާލޭ މަގުމަތިން ހުއްޓުވައި އަދި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވަމުންދާކަން ފާހަގަކުރެވި އެފަދަ މީހުންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިޔާ އައުޓް ކެމްޕޭނުގައި މިދިޔަ ހުކުރު ދުވަހު ފުލުހުން 29 މީހަކު ހައްޔަރު ކުރި އެވެ. އަދި ބުރާސްފަތި ދުވަހު ހަތް މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ އެންމެން ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox