ކުޅުދުއްފުށީގެ ފޯރިގަދަ އޮފީސް ފުޓްސަލް މުބާރާތް ފަށަނީ

Jan 8, 2022, 3:52 AM
ފުޓްސަލްގައި ނަން ހިނގާ އަލީ ހާފިޒު, ޒިގްޒެގް މުބާރާތުގައި ކުޅެނީ: އެންމެ ފަހުގެ ޗެމްޕިއަނަކީ ދިރާގު --

ފުޓްސަލްގައި ނަން ހިނގާ އަލީ ހާފިޒު, ޒިގްޒެގް މުބާރާތުގައި ކުޅެނީ: އެންމެ ފަހުގެ ޗެމްޕިއަނަކީ ދިރާގު --

ކުޅުދުއްފުށީ ސިޓީގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ 'ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓް' ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ސިޓީގެ ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މެދުގައި މި މުބާރާތް ބާއްވަނީ ކުޅިވަރު ކުރިއަރުވާ ޖަމިއްޔާއެއް ކަމަށްވާ 'ޒިގްޒެގް ފޯ ޔޫތު ލިންކޭޖް' އިންނެވެ.

ކޮންމެ އަހަރަކު ވަރަށް ފޯރިއާއެކު ކުޅުދުއްފުށގީގައި ބާއްވަމުން އަންނަ, ފުޓްސަލް މުބާރާތް މި އަހަރު މި ބާއްވަނީ ކޮވިޑާ ގުޅިގެން އެއް އަހަރުގެ މެދުކަނޑުމަކަށްފަހު އެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިރާގެވެ.

"މިއީ މި ސިޓީގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް, މި މުބާރާތަށް އޮފީސްތަކުން ވަރަށް ބޮޑު ހޭދައެއްކޮށް ދުރާލާ ތައްޔާރުވޭ," ޒިގްޒެގްގެ އޮފިޝަލަކު ބުންޏެވެ.

ޕޮލިސް ކްލަބްގެ އަލީ ރިޝްވާން ޒިގްގެގް މުބާރާތުގައި ކުޅެނީ: މަޝްހޫރު ކުޅުންތެރިން ބައިވެރިވޭ
ޕޮލިސް ކްލަބްގެ އަލީ ރިޝްވާން ޒިގްގެގް މުބާރާތުގައި ކުޅެނީ: މަޝްހޫރު ކުޅުންތެރިން ބައިވެރިވޭ

ޕޮލިސް ކްލަބްގެ އަލީ ރިޝްވާން ޒިގްގެގް މުބާރާތުގައި ކުޅެނީ: މަޝްހޫރު ކުޅުންތެރިން ބައިވެރިވޭ

އޭނާ ބުނި ގޮތުގައި, މުބާރާތުގެ ގަވައިދު އޮންނަ ގޮތުން އޮފީހުން ބޭރު އެއް ކުޅުންތެރިއެއް ކޮންމެ ޓީމެއްގައި ވެސް ހިމެނެ އެވެ. އެހެންވެ, މި މުބާރާތުން ކުޅުދުއްފުށީގެ މޮޅެތި ކުޅުންތެރިންނާއި ރާއްޖޭގައި ފާހަގަކޮށްލެވޭ ފުޓްސަލް ތަރިން ވެސް ބައިވެރިވާކަން އޮފިޝަލް ފާހަގަކުރި އެވެ.

"އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް ރާއްޖޭގައި ނަން މަޝްހޫރު ބައެއް ކުޅުންތެރިން ބައިވެރިވި," އޭނާ ބުންޏެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ޒިގްޒެގް ޖަމިއްޔާއިން ވަނީ ހުޅުވާލާފަ އެވެ. އެކަމުގެ ތަފްސީލް ޒިގްޒެގް ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ފެންނާނެ އެވެ.

ފޯރިގަދަ މި މުބާރާތް ސްޕޮންސާކުރުމުގެ ފުރުސަތު ވެސް އެ ޖަމިއްޔާއިން އޮތީ ހުޅުވާލާފަ އެވެ.

ޒިގްޒެގް ޖަމިއްޔާއިން ގެންދަނީ ކުޅުދުއްފުށީގައި މި މުބާރާތުގެ އިތުރުން ވެސް ކުޅިވަރުގެ ގިނަ މުބާރާތަކެއް ބާއްވަމުންނެވެ. އެގޮތުން, މި އަހަރަށް ވެސް އިތުރު މުބާރާތްތަކެއް އެ ޖަމިއްޔާއިން ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox