ވެރިކަމުގައި ތިބެ ނޭރި ރަށަކަށް ކެމްޕެއިނަށް އައުން ލަދުވެތި: ރާޝިދު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ރާޝިދު: ވިދާޅުވީ އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މިހާރު ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ރާޝިދު: ވިދާޅުވީ އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މިހާރު ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރިކަމުގައި ހުންނެވި ފަސް އަހަރު ށ. ކޮމަންޑޫއަށް ވަޑައިނުގަނެ، އަންނަ މަހު ބައްވާ އެ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގަތުމަކީ ލަދުވެތި އަމަލެއް ކަމަށް އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ މުހައްމަދު ރާޝިދު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އޭނާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ޕީޕީއެމްގެ "ސަޕޯޓަރުން ނިކުމެ ގޮނޑުދޮށުގައި ކުރުނބާ ހަދައިގެން" އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތިގްބާލުގައި އެތައް ދުވަހަކު ތިބި ކަމަށެވެ. ނަމަވެސް މިދިޔަ ދައުރު ނިމިގެން ދިޔައިރު، އެ ދާއިރާގެ އެއްވެސް ރަށަކަށް، ކުރީ ސަރުކާރުގެ އެއްވެސް އިސްބޭފުޅަކު ވަޑައިނުގަންނަވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.

"ސަޕޯޓަރުން ނިކުމެ ކުރުނބާ ހަދައިގެން ގޮނޑުދޮށުގައި ބޭތިއްބީ ކިތައް ދުވަހުތޯއޭ، އެންމެ ދުވަހަކު ވެސް ފަސް އަހަރު ނިމިގެން ދިޔައިރު މި ދާއިރާގެ ތިން ރަށުން ކުރެ ރަށަކަށް، ވެރިމީހާ ކީއްކުރަންތޯ، ވެރިމީހާގެ ދަށުން ތިބި މީހުންނަށް ވެސް އަރާލަން ނުކެރުނު ދާއިރާއެއް މި ނޫނީ ނޯންނާނެ،" ރާޝީދު ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރާޝީދު ވިދާޅުވީ "މިއީ މިއަދު އަޅުގަނޑުމެން ކުރިމަތީގައި ވޯޓު ހޯދަން އައިސް ވޯޓުގެ ވާހަކަ ދައްކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލަދުގަންނަން ޖެހޭ" ކަމަށެވެ.

ކެންސަރު ބަލީގައި އަވަހާރަވި އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދުގެ ތަސައްވުރު ފުރިހަމަކޮށްދެވޭނީ އޭނާއަށް ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ތަރައްގީ ގެނެވޭނީ ސަރުކާރު ކެންޑިޑޭޓަކަށް އެ ގޮނޑި ދީގެން ކަމަށް ރާޝިދު ގަބޫލުކުރެ އެވެ. އެގޮތުން ސަރުކާރާއި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރާޝިދު އެމްޑީޕީގެ އިސްވެރިންނަށާއި އިސް ލީޑަރަށް އެރުވި އެވެ.

"އަޅުގަނޑުމެންގެ އަހް، އަލްމަރުހޫމް ހުސައިން ވަހީދު އަދުގެ ސަރުކާރާއި ގުޅިގެން ފައްޓަވާފައިވާ މަސައްކަތްތައް އެއް ބާރުމިނެއްގައި ރައިސުލްޖުމްހޫރިއްޔާއާއެކު، ދިވެހި ދައުލަތާއެކު އެމްޑީޕީއެކު ކުރިއަށް ގެންދިއުމަށްޓަކައި، އަތުކުރި އޮޅާލާ، ނިކަން ފޫގަޅާލައިގެން ނިކުމެ އަޅުގަނޑު މިއަދު މި މަސައްކަތާ މި ކުރިމަތިލީ" ރާޝިދު ވިދާޅުވި އެވެ.

މި އިންތިހާބު އޭނާއަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށްވެސް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގައި ސަރުކާރުން ހިންގާ 22 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށް ދާއިރު، ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ގިނަ ވައުދުތަކަކާއި އެކު މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް އިންތިހާބުގެ ކުރިން ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ކުޑަ ބިމެއް އޮތް ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ބޮޑު ކޮމަންޑޫގެ ބޯހިޔާވަހި ކަމަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އަންނަ ހަފްތާ ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމަންޑުއަށް ސަރުކާރުން ކޮށްދޭން ރައްޔިތުން އެދޭ އެހެން ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުސަތު ހިމެނޭތީ އެރަށާ ކައިރީގައި ހުރި ފަޅު ރަށްތައް ޓޫރިޒަމަށް ހުޅުވައިލާނެ ކަން ވެސް ރައީސް ސޯލިހު އިއުލާނު ކުރެއްވި އެވެ. އަދި އެ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރާނެ ކަމަށާއި މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ސިޔާސީ ގޮތުން މާ ވަރުގަދައަށް ރައްދު ދެއްވާ ބޭފުޅަކަށް ނުވި ނަމަވެސް، އެމަނިކުފާނު ރޭ އިދިކޮޅު ފަރާތްތަކާއި ބައި އިލެކްޝަނުގައި ވާދަކުރާ އެހެން ޕާޓީތަކަށް ނުސީދާ "ހަމަލާތަކެއް" ދެއްވި އެވެ.

ރައީސް ވިދާޅުވީ މި އިންތިހާބުގައި ވޯޓް ދައްވަންވީ ޑްރަގްގެ ވިޔަފާރި އާއި މަނީ ލޯންޑާ ކުރުމާ ދެކޮޅަށް ކަމަށެވެ. ވޯޓްދޭންވީ ބަޣާވާތާ ދެކޮޅަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ ފެބްރުއަރީ ފަސް ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީ އިން ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރު ވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox