ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު މިރޭ ޕީއެންސީއަށް ސޮއިކުރަނީ

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާޝިދު މިރޭ ޕީއެންސީއަށް ސޮއިކުރަނީ

އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާގެ މެންބަރުކަމަށް ހޮވި ވަޑައިގެންނެވި މުހައްމަދު ރާޝިދު މިރޭ ޕީއެންސީއަށް ސޮއި ކުރަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް މިރޭ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމަށް ނިންމާފައިވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކާ ގުޅޭގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ރާޝިދު ވަނީ މިރޭ ޕީއެންސީއަށް ސޮއި ކުރައްވާނެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މިރޭ ޕީއެންސީން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް މިވަގުތާ ހަމައަށް ވެސް ރާޝިދު އެމްޑީޕީން ވަކިވާން އެދި ފޯމު ހުށަހަޅައިފަ އެއް ނުވެ އެވެ. "އަދަދު" އަށް އެނގިފައި ވާގޮތުގައި އެމްޑީޕީން ވަކިވުމަށް އެދި ފޯމު ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލްހަކީމް އެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ރާޝިދު ކާމިޔާބު ކުރެއްވީ ވަރުގަދަ ކެމްޕޭނަކަށްފަހު ފެބްރުއަރީ 5، 2022 ގަ އެވެ. އޭނާގެ ކެމްޕޭނަށް އޭރުގެ ސަރުކާރުގައި އޮތް އެމްޑީޕީން ބުރަ މަސައްކަތްތަކެއް ކުރި އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މިހާރު މަޖިލީހުގައި ރާޝިދު ހުންނެވި ނަމަވެސް އޭނާ އަކީ މީގެ ކުރިން ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރިން ވަރަށް ފަހަކާ ހަމައަށް ވެސް ހުންނެވީ އެމްޑީޕީގެ ފިކުރާ ދުރު މެންބަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox