ކޮމަންޑޫ ދާއިރާއަށް ސިނާން ވާދަކުރައްވަނީ

Dec 11, 2023, 5:45 PM
ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ސިނާން ----

ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާ މުހައްމަދު ސިނާން ----

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ށ. ކޮމަންޑޫ/ދަ ލާސްޓް މުހައްމަދު ސިނާން ވާދަކުރަން ނިންމައިފި އެވެ.

ކޮމަންޑޫ ދާއިރާގައި ށ.ކޮމަންޑޫ އާއި ށ. ފޯކައިދޫ އަދި ށ. މަރޮށި އެވެ. އެ ދާއިރާ އަށް ސިނާން ވާދަކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ފަރާތުންނެވެ.

ސިނާން ވަނީ ކޮމަންޑޫ ކައުންސިލުގެ ނައިބު ރައީސް ކަމާއި ރައީސްގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވާފަ އެވެ. އަދި މިހާރުވެސް ކޮމަންޑޫ ކަައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި ސިނާން އަކީ އެތައް ރޮނގަކުން ފާހަގަކުރެވޭ ހުނަރުވެރި ބޭފުޅެކެވެ. ވަކިން ހާއްސަކޮށް އޭނާ ފާހަގަވެފައިވަނީ ޒުވާނުންނާ ރައްޓެހި ގާތް އެކުވެރިކަން ބާއްވާ މިތުރެއްގެ ގޮތުގަ އެވެ.

ސިނާން ތައުލީމު ހާސިލުކުރީ ށ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޭރު ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ފާހަގަކުރެވުނު ސިނާނަކީ ބަހުގެ ހުނަރަށް ވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި, ކުޅިވަރުގެ ދާއިރާގައި ކޮމަންޑޫ އިން އެންމެ ހޮވާލެވޭ ހުނަރުވެރިންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ.

ސިނާން އަކީ ފުޓުބޯޅަ، ވޮލީ އަދި ޓޭބަލް ޓެނިސް މޮޅަށް ކުޅުއްވި ބޭފުޅެކެވެ. އަދި މިހާރު ވެސް އޭނާ ދަނީ އެ ދާއިރާތަކުން އެކި ހިދުމަތްތައް ކުރަމުންނެވެ. ށ. އަތޮޅު ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ މަގާމުގައި ފަސް އަހަރު ހިދުމަތްކޮށްފައިވާ ސިނާން އަކީ ސްކޫލް ދަރިވަރުންނަށް ކުޅިވަރު ހުނަރުތައް ދަސްކޮށްދިން މޭސްތިރި އެކެވެ.

ކުޅިވަރުގެ ދާއިރާގައި ސިނާން ފާހަގަވެފައިވަނީ އަހުލާގު ރަނގަޅު އަދި ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް ގޮތުގަ އެވެ. އިންޓަ ސްކޫލް ވޮލީ މުބާރާތް ށ. އަތޮޅު ސްކޫލަށް މިލްކު ކޮށްދިނުމުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ. އަދި އޭނާ އަކީ ރަށުފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ވޮލީ ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކޮމަންޑޫގައި މިއަދު ނިމިފައިވާ ބައެއް މަޝްރޫއުތަކާއި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫއުތައް ފެށި އަދި ނިމިފައިވަނީ ސިނާންގެ ހިދުމަތުގެ އަހަރުތަކުގަ އެވެ. އެގޮތުން ކޮމަންޑޫގެ ބަނދަރު ބޮޑުކުރުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފެށުމާއި ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެވެސް އެންމެ އިސް ލީޑަރަކީ ސިނާން އެވެ.

ކޮމަންޑޫއަށް އިޖުތިމާއީ ރައްކާތެރިކަމާއި ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށް ކައުންސިލުގައި ހުންނަވައިގެން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ. އަދި ށ. އަތޮޅު ތައުލީމީ މަރުކަޒަށް އެކި ގޮތްގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދިން ސިނާނަކީ ރަށުގެ ތައުލީމު ކުރިއެރުވުމަށް ނުހަނު ޝައުގާއެކު މަސައްކަތް ކުރާ ބޭފުޅެކެވެ.

އެންމެންނާ ވެސް ގުޅޭ މިޖާޒެއްގެ ސިނާންގެ އެންމެ ހާއްސަ ސިފައަކީ މަޑުމައިތިރިކަމާއި އެހެންމީހުންނަށް އެހީތެރިވުމެވެ. ސިޔާސީގޮތުގް ސިނާން ހުންނަ ފަޅިއެއް ބޮޑުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ އެއް ސަބަބަކީވެސް ކުރިން ފާހަގަކުރިފަދައިން އޭނާގެ ލީޑާޝިޕްގެ ހަރުދަނާ ކަމުންކަމަށް ގަބޫލުކުރެވެ އެވެ.

"އަދަދު" ނޫހުން އެދެނީ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެމްބަރުން އައްޔަން ކުރުމަށް އަންނަ އަހަރު ބާއްވާ އިންތިހާބުގައި މުހައްމަދު ސިނާނަށް ފުރިހަމަ ކާމީޔާބީއެއް ލިބުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox