އެމެރިކާ ފައުޖާ މެދު ފިޔަވަޅު އަޅަން ޖަޕާނުން އެދެފި

ޖަޕާނުގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ހަޔަޝީ. -- ފޮޓޯ: ކިޔޯޑޯ

ޖަޕާނުގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ހަޔަޝީ. -- ފޮޓޯ: ކިޔޯޑޯ

ޓޯކިޔޯ، ޖަޕާން (ޖެނުއަރީ 6) - ޖަޕާނުގައި ތިބި އެމެރިކާ ސިފައިންގެ ސަބަބުން ކޮވިޑް ފެތުރިފައި ވާތީ އެކަމާ މެދު ފިޔަވަޅު އަޅައި ދިނުމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ހަޔަޝީ އެދިވަޑައިގެންފި އެވެ.

ހަޔަޝީ އެދިވަޑައިގެންނެވީ ޖަޕާނުގައި އެމެރިކާ ސިފައިން އެއް ތަނުން އަނެއް ތަނަށް ދިޔުމުގައި އަމަލު ކުރާ ގޮތް އިތުރަށް ހަރުކަށި ކުރުމަށެވެ. އެކަމަށް އެދުނީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންގެ ކިބައިންނެވެ.

ޖަޕާނުގައި އެންމެ ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ތިބޭ އޮކިނާވާގައި ކޮވިޑް ކޭސްތައް އިތުރުވެފައި ވާއިރު، ބަލި ފެތުރެން ފެށީ އެމެރިކާ ސިފައިންގެ މަރުކަޒުންނެވެ.

ބުދަ ދުވަހު އޮކިނާވާ އިން 623 ކޭސް ފެނުނު އިރު، އެއީ އަންގާރަ ދުވަހާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެޥެ. އެހެންވެ، އޮކިނާވާގައި ފިޔަވަޅުތައް ހަރުކަށި ކުރަން ދަނީ ތައްޔާރުވަމުންނެވެ.

ބްލިންކެން އަށް ފޯނުން ގުޅުއްވާ ހަޔަޝީ އެދިވަޑައިގެންނެވީ އެމެރިކާ ސިފައިން އާއްމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކުރެވޭނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށެވެ.

އޮކިނާވާގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކުން ޖެނުއަރީ ހަތަރު ވަނަ ދުވަހު އެކަނިވެސް 400 އަށް ވުރެ ގިނަ ކޮވިޑް ކޭސް ރިޕޯޓު ކުރި އެވެ.

އޮކިނާވާގެ ގަވަރުނަރު ޑެނީ ޓަމަކީ ވަނީ އެމެރިކާ ފައުޖަށް ފާޑުވިދާޅުވެ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެއް ގޮތަށް އަމަލު ނުކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ބައިޑެން އަށް ފޯނުން ގުޅުއްވާ، ހަޔަޝީ ވެސް ވިދާޅުވީ ގައުމަށް އެތެރެވާ ހުރިހާ އެންމެން ވެސް ވަގުތުން ޓެސްޓުކޮށް، ދެ ހަފުތާގެ ކަރަންޓީނަށް ދާން ޖެހޭނެ ކަމަށް އޮތް އުސޫލަށް އެމެރިކާ ސިފައިން އަމަލު ކުރަމުން ނުދާ ކަމަށެވެ.

އެ ޝަކުވާއާ ގުޅިގެން، އެމެރިކާ ސިފައިން ޖަޕާނަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާ ކަމަށް ޖަޕާން ސަރުކާރުން ބުނެ އެވެ.

ޖުމްލަކޮށް ޖަޕާނުން ފެންނަ ކޭސްތަކުގެ އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް މަދު ނަމަވެސް، އަދަދުތައް މަތިވަމުންދާކަން ފާހަގަކުރެވެ އެވެ.

ބުދަ ދުވަހު މުޅި ޖަޕާނުން 2،600 ކޭސް ފެނުނު އިރު، މިއީ އޮކްޓޯބަރު މަހުގެ ފަހުން 2000 އިން މައްޗަށް އަދަދުތައް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox