ޔަމަން ހަނގުރާމަ: މަރިބްގެ މައިދާނުގައި ހޫތީންގެ އިސްވެރިޔަކު މަރުވެއްޖެ

ޔަމަނުގައި ހަނގުރާމަވެރިޔަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޔަމަނުގައި ހަނގުރާމަވެރިޔަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޔަމަނުގެ މަރިބް ސިޓީ ހިފަން ހޫތީ ހަނގުރާމަވެރިން ކުރަމުންދާ ހަނގުރާމައިގައި އެ މީހުންގެ އިސްވެރިޔަކު މަރުވެއްޖެ އެވެ.

ޔަމަން ސަރުކާރުގެ ފައުޖުން ބުނީ ހޫތީންގެ ވެރިޔާ މަރުވީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ.

މަރިބް ސިޓީ ހިފަން ހޫތީން ހަމަލާދޭތާ ގިނަ މަސްތަކެއް ވެއްޖެ އެވެ. ސަރުކާރުގެ ފައުޖާއި ސައުދީ އަސްކަރީ ކޯލިޝަނުން ވެސް ދަނީ ރައްދުގައި ހަމަލާދެމުންނެވެ.

މަރިބް އަކީ ޔަމަނުގައި ތެލުގެ މުއްސަނދިކަން އޮތް އުތުރު މަރިބް ޕްރޮވިންސް އިން މި ވަގުތު ސަރުކާރުގެ ކޮންޓްރޯލް ހިނގާ އެންމެ މުހިއްމު އަދި ހަމައެކަނި ސިޓީ އެވެ.

މަރިބް ހިފަން ކުރާ ހަނގުރާމައިގައި މިހާރު ވެސް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. ބުދަ ދުވަހު ހޫތީން ބުނީ ޝަބްވާ ޕްރޮވިންސްގެ ވައިސް ގަވަރުނަރު އަހްމަދު އަލް ހަމްޒާ މަރުވެފައިވާ ކަމަށެވެ.

ޔަމަން ސަރުކާރުގެ ފައުޖުން ބުނީ އޭނާ މަރުވީ އަންގާރަ ދުވަހުގެ ރޭ ސައުދީ އަސްކަރީ ކޯލިޝަނުން ހޫތީންގެ ކޮމާންޑަރުންތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވެ ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރު އެވެ. އެ މީހުން ވެރިރަށް ސަނާ ހިފުމުން، ސަރުކާރުގެ އެދުމަށް ސައުދީ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ.

ޔަމަން ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައި ވާއިރު، ހަނގުރާމަ ނިމުމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ. އދ. އިން ލަފާކުރާ ގޮތުގައި އެ ހަނގުރާމައިގައި 377،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox