ރާއްޖޭން ކޮމަންވެލްތު ގޭމްސް އަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް

Jan 6, 2022, 5:48 AM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން "ބާމިންހަމް 2022 ކުއީންސް ބެޓަން" ހިފައިގެން ހއ. ދިއްދޫގައި.-- ފޮޓޯ: އިމޭޖަސް.އެމްވީ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން "ބާމިންހަމް 2022 ކުއީންސް ބެޓަން" ހިފައިގެން ހއ. ދިއްދޫގައި.-- ފޮޓޯ: އިމޭޖަސް.އެމްވީ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކޮމަންވެލްތު ގޭމްސްގެ "ބާމިންހަމް 2022 ކުއީންސް ބެޓަން" ރާއްޖެ އަށް ގެނެސް ހއ އާއި ހދ ގެ ތިން ރަށެއްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ފަހު މިހާރު ދެން އޮތީ މުބާރާތަށް ތައްޔާރުވުމުގެ އެހެން މަސައްކަތްތައް ކުރުން ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު ބެޓަން ރިލޭގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެވެ. ހުޅުމާލޭގައި އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯގައި ކުއީންސް ބެޓަން ދައްކާލުމަށް ފަހު ދެން ހަރަކާތްތައް ގެންދިޔައީ ތިލަދުންމަތީ ތިން ރަށެއްގަ އެވެ. އެއީ ހދ. ނޮޅިވަރަންފަރާއި ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫގަ އެވެ. އެއީ މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ. ކޮމަންލެވްތު ގޭމްސްގެ ދަންމަރު ރާއްޖޭން ގެންދިޔައީ މިދިޔަ ހޯމަ ދުވަހު ސްރީލަންކާ އަށެވެ. ދުނިޔޭގެ 72 ގައުމަކަށް މި ބެޓަން ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތަމޫ ވިދާޅުވީ ކޮމަންވެލްތު ދަންމަރުގެ ހަރަކާތްތައް ރާއްޖޭގައި ކާމިޔާބުކަމާ އެކު ނިންމާލެވުނީ ގިނަ ފަރާތްތަކެއްގެ އެހީގައި ކަމަށެވެ. ހާއްސަކޮށް ހަރަކާތްތައް ކުރިއަށް ގެންދިޔަ ރަށްރަށުން ދިން ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި، ކުރިއަށް ރޭވިފައި ހުރި ކަންތައްތަކުގައި ވެސް އެކި ފަރާތްތަކުގެ އެހީތެރިކަން ލިބޭނެ ކަމަށް ތަމޫ ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން "ބާމިންހަމް 2022 ކުއީންސް ބެޓަން" ހިފައިގެން ހއ. ދިއްދޫގައި.-- ފޮޓޯ: އިމޭޖަސް.އެމްވީ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"މިހާރު އަޅުގަނޑުމެން މި ދަނީ އިނގިރޭސިވިލާތުގެ މޯލްޑިވިއަން ހައި ކޮމިޝަންއާ ގުޅިގެން އެތުލީޓުން ދިގު މުއްދަތަކަށް ތަމްރީން ކުރުމުގެ ފުރުސަތު ހޯދުމުގެ މަސައްކަތް މި ކުރަނީ،" ތަމޫ ވިދާޅުވި އެވެ.

"ބާމިންހަމް 2022 ކުއީންސް ބެޓަން" ރިލޭގެ ހަރަކާތްތައް ބާއްވަން މަޝްވަރާ ކުރިއިރު، ކުރިން ހއ. އުތީމާއި ހދ. ކުޅުދުއްފުށީގައި ވެސް އިވެންޓްތަކެއް ރޭވި އެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ހާލަތާ ހެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެ ދެ ރަށުގައި ނުބޭއްވުނެވެ.

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔައީ ކުއީންސްބެޓަން ރިލޭ އާއި ހޮޅުއަށިގެ ނަމުގައި ކުރިއަށްދިޔަ ވާހަކަ ކިޔައިދިނުމުގެ އިވެންޓެކެވެ. ނޮޅިވަރަމްގައި ބެޓަން ރިލޭގެ އިވެންޓެއް ބޭއްވި އެވެ. ދިއްދޫގައި ގިނަ ހަރަކާތްތަކެއް ބޭއްވިއިރު، އަތިރިމަތި ސާފުކުރުމާއި ޗޭންޖްމޭކާ އިވެންޓެއް ކުރިއަށް ގެންދިޔަ އެވެ. އަދި ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށް ގެންދިޔައީ ފެތުން، ވޯޓާ ޕޯލޯ، ކައިޓް ބޯޑިން، އެކުއަޓިކް ޒުމްބާ، ބޮއްކުރާ ރޭސް، ބީޗްވޮލީ އަދި ބަށި ހިމެނޭ ގޮތަށެެވެ. ދިއްދޫގައި ގައި ވެސް ކުއީންސް ބެޓަން ރިލޭގެ އިވެންޓް ބޭއްވި އެވެ.

ތަމޫ ވިދާޅުވީ ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަން މޯލްޑިވްސް އިން ބޭނުންވީ މާލެއިން ބޭރަށް މި ދަންމަރު ގެންގޮސްގެން ހަރަކާތްތައް ގެންދިއުމަށް ކަމަށާއި އެއީ ހާއްސަ ބޭނުމެއްގައި ކުރި ކަމެއް ކަމަށެވެ.

"މިއީ މުޅި ރާއްޖެ ރިޕްރެޒެންޓް ކުރާ އެއްޗެއް. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންދިއުމުގެ ގޮތުން އެކި ވީޑިއޯތައް އެބަހުރި އެކި ރަށްރަށުގައި ނަގާފައި. ހަރަކާތްތައް މި ހިނގީ ހއ. ހދ ގައި. ބައެއް އިވެންޓްތަކުގެ ވީޑިއޯތައް އެބަހުރި ފުވައްމުލަކުގައި ވެސް ނެގިފައި އެހެންވީމަ އަޅުގަނޑުމެންގެ ބޭނުމަކަށްވީ މުޅި ރާއްޖެ މީގެ ތެރޭގައި އެކުލަވާލުން،" ތަމޫ ވިދާޅުވި އެވެ.

ނޮޅިވަރަމްގައި ކުރިއަށްދިޔަ "ބާމިންހަމް 2022 ކުއީންސް ބެޓަން" ރިލޭގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"އިވެންޓްތައް ކުރިއަށް ގެންދިޔަ ރަށްރަށުން ވަރަށް ފުރިހަމަ އެއްބާރުލުން ލިބިގެންދިޔަ،"

މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.

ޖަވާ ވިދާޅުވީ ޗެފް ޑި މިޝަން އަށް ހަމަޖެހިގެން ދިއުން މިއީ ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެެވެ. ވަރަށް ގިނަ ދުވަހު ކުޅިވަރުގެ ތެރޭގައި އުޅެ، ވަކި ކުޅިވަރެއްގައި ހާއްސަކޮށް އުޅުނު ކަމުގައި ވިޔަސް އެހެން ކުޅިވަރުތަކަށް ހިދުމަތެއް ކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ޖަވާ ހުރީ ތައްޔާރަށެވެ. ކުއީންސް ބެޓަން ރިލޭގެ އިވެންޓްތަކުގައި ޖަވާ ވެސް ބައިވެރިވި އެވެ.

"މި ފުރުސަތު ލިބުމުން އެންމެ އުފާވި ސަބަބަކީ އަޅުގަނޑަކީ ކުޅިވަރަށް ލޯބިކުރާ މީހެއް. ކުޅިވަރުގައި މި ހުންނަ އެކްސައިޓްމަންޓާއި އެކުވެރިކަމުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރީ މި ޒިންމާ އަދާކުރެވިއްޖިއްޔާ ވަރަށް ބޮޑު ކަމެއް ދިވެހިރާއްޖޭގެ ކުޅިވަރަށް ކޮށްދެވުނީ ކަމަށް،" ޖަވާ ވިދާޅުވި އެވެ.

"ސާފް ގޭމްސް ފަދަ ހަރަކާތްތަކުގައި ފުޓްބޯޅައިގެ އޮފިޝަލެއްގެ ގޮތުގައި ބައިވެރިވިން. ގޭމްސްއެއްގެ އެންމެ އިސް މީހެއް ގޮތުގައި މަސައްކަތް ކުރަން ލިބުނީމަ ވަރަށް ގިނަ ކަންކަން ދަސްކުރަން ވެސް ފުރުސަތު ލިބޭނެ ކަމަށް ދެކެނީ،"

"ބާމިންހަމް 2022 ކުއީންސް ބެޓަން" އަށް މަރުހަބާ ކިޔަން ދިއްދޫގައި ބޭއްވި އިވެންޓެއްގެ ތެެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ޖަވާ ވިދާޅުވީ މީގެ ކުރިން އޮލިމްޕިކް ކޮމިޓީގެ އެކި މަސައްކަތްތަކުގައި ބައިވެރިވެފައިވާތީ އޮލިމްޕިކް މޫވްމަންޓާއި މި ހުރިހާ ކަމެއްގެ މައުލޫމާތު ވެސް އެނގޭ ކަމަށެވެ. އަދި އެހެންކަމުން ޗެފް ޑި މިޝަނަރަކަށް ހުރެ އަދާކުރަން ޖެހޭ ޒިންމާތައް ނެގުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށް ނުދެކޭ ކަމަށް ޖަވާ ވިދާޅުވި އެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.

ކޮމަންވެލްތު ގޭމްސް އޮންނާނީ މި އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox