ދޫކޮށްލަން އެއްބަސްވުމުން ފަލަސްތީނު ގައިދީގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

ހިޝާމް އަބޫ ހަވާޝްގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލުމުން ފަލަސްތީނު ރައްޔިތުން އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހިޝާމް އަބޫ ހަވާޝްގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލުމުން ފަލަސްތީނު ރައްޔިތުން އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖެނުއަރީ 5) - ޖަލުގައި ބަންދުކޮށްފައި ހުރުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތަކު ކުރަމުން ދިޔަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި އެވެ.

އުމުރުން 40 އަހަރުގެ ހިޝާމް އަބޫ ހަވާޝްގެ ވަކީލް ބުނީ ހަޅުތާލު ނިންމާލީ އޭނާ މިނިވަން ކުރަން އިޒްރޭލުން އެއްބަސްވުމުން ކަމަށެވެ.

އިސްލާމިކް ޖިހާދު ގްރޫޕުގެ މެމްބަރެއް ކަމަށް ބުނެ، އެއްވެސް ދައުވާއެއް ކުރުމެއް ނެތި އިޒްރޭލުން ހިޝާމް ބަންދު ކުރުމުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ އޯގަސްޓު މަހު އެވެ.

ފަސް ކުދިންގެ ބައްޕައެއް ކަމުގައި ހިޝާމް އަކީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ދުރާ އަވަށުގެ މީހެކެވެ.

އޭނާ ބަންދުކުރީ "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން"ގެ ދަށުންނެވެ. އެއީ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމެއް ނެތި އަދި ހެއްކެއް ވެސް ނެތި މުއްދަތެއް ނެތް ގޮތުގައި ބަންދު ކުރަން އިޒްރޭލުން ގެންގުޅޭ އުސޫލެކެވެ. އެ އުސޫލުގެ ދަށުން ޖެހެނީ ކޮންމެ ހަ މަހަކުން ބަންދު މުއްދަތު އިތުރު ކުރާށެވެ.

އިޒްރޭލުން ހިޝާމް އަށް ހުށަހެޅި އެއްބަސްވުމުގައި ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި ނަމަ ފެބްރުއަރީ 26 ވަނަ ދުވަހުގެ ފަހުން އޭނާގެ ބަންދު މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.

އޭނާގެ ވަކީލު ޖަވާދު ބޫލުސް ބުނީ އެ އެއްބަސްވުން ބަލައިގެންފައިވާ ކަމަށެވެ.

ފާއިތުވި ހަފުތާ ބަންދުގައި ހިޝާމްގެ ހާލު ބަލަން ޒިޔާރަތް ކުރި ރެޑް ކްރޮސް ޓީމުން ބުނީ އޭނާ އޮތީ "ސީރިއަސް ހާލަތުގައި" ކަމަށެވެ. އޭރު އޭނާ އެއްވެސް އެއްޗެއް ނުކައި ހުންނަތާ 140 ދުވަސް ވެއްޖެ އެވެ.

އިޒްރޭލުން ބުނީ ހިޝާމް ބަންދުކޮށްފައި ހުރި ހަ މަހުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 26 ގައި ކަމަށާއި ބަންދު މުއްދަތަށް ލުޔެއް ދޭން އެއްބަސްނުވާ ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވުމުން އޭނާ އިތުރަށް ބަންދުގައި ނުބަހައްޓާނެ ކަމަށް ބުންޏެވެ.

ޖަލުގައި ހުއްޓާ ހިޝާމް މަރުވެއްޖެ ނަމަ ބަދަލުހިފާނެ ކަމަށް ބުނެ ފަލަސްތީނުގެ ފަތަހް ޖަމިއްޔާ އާއި ހަމާސް އިން ވެސް އިޒްރޭލަށް އިންޒާރު ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox