އާސެނަލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލިވަޕޫލުން ހުށަހަޅައިފި

Jan 5, 2022, 4:21 AM
އާސެނަލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލިވަޕޫލުން ހުށަހަޅައިފި

ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މާދަމާރޭ އާސެނަލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލިވަޕޫލުން ހުށަހަޅައިފި އެވެ.

ލިވަޕޫލުން މި ގޮތަށް ހުށަހެޅީ އެ ކްލަބްގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އިއްޔެ ޓީމުގެ ޓްރެއިނިން ވެސް ކެންސަލްކޮށްލަން ޖެހުމުންނެވެ.

އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅެން އޮތް މެޗުގެ ކުރިން ބުރާސްފަތި ދުވަހު އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ، ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ދެ ދުވަސް ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ.

އިއްޔެ، ލިވަޕޫލްގެ ޓްރެއިނިން ކެންސަލްކުރީ ކްލަބްގެ ސްޓާފުންގެ ބަޔަކާއި ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ އެވެ.

ކޮވިޑާއި އަނިޔާގެ މައްސަލަތައް އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސަބަބުން ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކެއް ތިބީ ކުޅުމާ ދުރުގަ އެވެ. އިއްޔެ ހާލަތު އިތުރަށް ގޯސްވެ، ޓްރެއިނިންތައް ވެސް ހުއްޓާލަން ޖެހިފައިވާތީ ލިވަޕޫލުން ވަނީ ރަސްމީކޮށް އާސެނަލް ދަނޑުގައި މާދަމާރޭ ކުޅެން އޮތް ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގު ފަސްކުރަން ހުށަހަޅައިފަ އެވެ.

ލިވަޕޫލްގެ ރޭ ފޮނުވި ހުށަހެޅުމާ ބެހޭގޮތުން ލަސްވެެގެން މިއަދު އީއެފްއެލް އިން ގޮތެއް ނިންމާނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އީއެފްއެލް އިން މެޗު ކުރިއަށްގެންދާ ގޮތަށް ނިންމުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ އިތުރަށް މެޗުތައް ފަސްކޮށްފިނަމަ މެޗު ކުޅެން ރަނގަޅު ތާރީހެއް ކައިރި މުސްތަގުބަލެއްގައި ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އީއެފްއެލް އިން ބުނީ ރަސްމީކޮށް ލިވަޕޫލްގެ ހުށަހެޅުމާ ބެހޭގޮތުން ގޮތެއް ނިންމާނީ ކްލަބްގެ ހާލަތު ވަރަށް ގާތުން ބެލުމަށް ފަހު، މުބާރާތުގެ ގަވާއިދުގައިވާ ހުރިހާ ކަމަކަށް ވެސް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

އީއެފްއެލް އިން މި ސީޒަން ފެއްޓުމުގެ ކުރިން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކޮވިޑާ ހެދި ޓީމެއްގެ ހާލަތު ގޯސްވެއްޖެނަމަ މެޗެއް ފަސްކުރާނެ ގޮތްތައް ކިޔައިދީފަ އެވެ. އެ ގޮތުން ކީޕަރަކު ހިމެނޭ ގޮތަށް 14 ކުޅުންތެރިން ފިޓްކޮށް މެޗު ކުޅެވޭ ހާލަތުގައި ތިބެއްޖެނަމަ ޝެޑިއުލާ އެއްގޮތަށް މެޗު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox