މާފަށް އެދުނަސް ލުކާކޫ އަށް އަދަބު ދޭނެ

Jan 5, 2022, 4:05 AM
މާފަށް އެދުނަސް ލުކާކޫ އަށް އަދަބު ދޭނެ

ލަންޑަން (ޖެނުއަރީ 5) - ސްކައި އިޓަލީ އަށް ދިން އިންޓަވިއު މައްސަލައިގައި ރޮމެލޫ ލުކާކޫ، ޗެލްސީގެ ސަޕޯޓަރުންނާއި ކުޅުންތެރިން ކިބައިން މާފަށް އެދުނު ކަމުގައި ވިޔަސް އޭނާ އަށް އެ ކްލަބުން އަދަބު ދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ތިން ހަފްތާ ކުރިން ސްކައި އިޓަލީ އަށް ލުކާކޫ ދިން އިންޓަވިއު އާންމުކުރީ މިދިޔަ ހަފްތާގަ އެވެ. އެ އިންޓަވިއުގައި ލުކާކޫ ވަނީ ޗެލްސީގައި މި ވަގުތު ހުރީ އުފަލުން ނޫން ކަމަށާއި އަލުން ކުރީގެ ޓީމު އިންޓަ މިލާނަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ކުޅުވާ ސްޓައިލާ މެދު ހިތްހަަމަނުޖެހޭ މޭރުމަކުން ވާހަކަ ދައްކައި، އިންޓަ ދޫކޮށްލަން ޖެހުނީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށް ބުނެ، ޗެލްސީ އަށް އިހުތިރާމް ކުޑަވާ ގޮތަށް ލުކުާކޫ ވާހަކަ ދައްކާފައިވެ އެވެ.

އެ މައްސަލައިގައި ޓުޗެލް ނިންމީ މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ސްކޮޑުން ލުކާކޫ އުނިކުރާށެވެ. މިދިޔަ ހޯމަ ދުވަހު ލުކާކޫ އާއި ޓުޗެލް ވަނީ ބައްދަލުކޮށް، ހުރި މައްސަލަތައް ނިމުމަކަށް ގެނެސްފަ އެވެ. މިރޭ އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގައި ޓޮޓެންހަމާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ސްކޮޑުގައި ލުކާކޫ ވަނީ ހިމަނައިފަ އެވެ.

ލުކާކޫ ރޭ ޗެލްސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ދިމާވި ކަންތައްތަކާ މެދު ދެރަވާ ކަމަށާއި ކްލަބާ ގުޅޭ އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އޭނާ ދެއްކި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށާއި ޗެލްސީ އަށް ކުޑައިމީސްކޮށް ދެކެވިފައި ހުރި ހުރިހާ ވާހަކަތަކަށް މާފަށް އެދޭ ކަމަށް ލުކާކޫ ބުންޏެވެ.

ޓުޗެލް ބުނީ ޗެލްސީގެ ކުޅުންތެރިން ވެސް އެދެނީ ލުކާކޫ މާފަށް އެދިފައިވާތީ އޭނާ އަށް މާފުކޮށްދީ އެކުގައި ކުރިއަށް ދިއުމަށް ކަމަށެވެ.

އެކަމަކު، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ މެނޭޖްމަންޓުން ވަނީ ލުކާކޫ ދިން އިންޓަވިއު މައްސަލައިގައި އޭނާ އަށް އަދަބު ދޭން ނިންމައިފަ އެވެ. އެ ގޮތުން ލުކާކޫ 500،000 ޕައުންޑުން ޖޫރިމަނާކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެކްސްކްލޫސިވް އިންޓަވިއު ދޭއިރު ކްލަބްގެ މީޑިއާ އަށް ރިޕޯޓްކުރަން ލުކާކޫ އަށް އަންގާނެ އެވެ.

ލުކާކޫ، މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވީ އެ ކްލަބްގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. އުމުރުން 28 އަހަރުގެ ލުކާކޫ ގަންނަން ޗެލްސީން ވަނީ 135 މިލިއަން ޑޮލަރު ދީފަ އެވެ. މިއީ ލުކާކޫ ޗެލްސީއާ ގުޅުނު ދެ ވަނަ ފަހަރެވެ. ލުކާކޫ އެންމެ ފުރަތަމަ ޗެލްސީ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް އެ ފަހަރު ޗެލްސީ އަށް ބަދަލުވީ 17 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox