ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒާ އެކު އެންޓިބޮޑީ ފަސް ގުނަ އިތުރުވޭ

ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ރާމަތު ގަން، އިޒްރޭލް (ޖެނުއަރީ 4) - ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖެހުން "ރައްކާތެރި" ކަމަށާއި އޭގެ ސަބަބުން އެންޓިބޮޑީ "ފަސް ގުނަ" އިތުރުވާ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

ތެލް އަވީވް ކައިރީގައި ހުންނަ ޝެބާ ހޮސްޕިޓަލަށް ވަޑައިގެން ބެނެޓް ވިދާޅުވީ ހަތަރު ވަނަ ޑޯޒް" މަސައްކަތް ކުރާ" ކަމަށެވެ. އެ ހޮސްޕިޓަލުގައި މީގެ ހަފުތާއެއް ކުރިން 154 މުވައްޒަފުންނަށް ވަނީ ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދީފަ އެވެ.

"ހަތަރު ވަނަ ޑޯޒް ދިންތާ ހަފުތާއެއް ފަހުން، ވަރަށް ބޮޑު ޔަގީންކަމާ އެކު އެނގިގެން ދަނީ އިތުރު ޑޯޒެއް ޖެހުން ރައްކާތެރިކަން،" ބެނެޓް ވިދާޅުވި އެވެ.

"ހަތަރު ވަނަ ޑޯޒް ޖަހާތާ ހަފުތާއެއް ފަހުން، ވެކްސިން ޖެހި މީހާގެ ހަށިގަނޑުގައި އެންޓިބޮޑީ ފަސް ގުނަ އެބަ އިތުރުވޭ،" ބެނެޓް ފާހަގަކުރެއްވި އެވެ.

"މީގެ މާނައަކީ ބަލިވުމާ ދެކޮޅަށް ބޮޑު ރައްކާތެރިކަމެއް ލިބުން. އަދި އަލާމާތްތައް މަދުވެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުން މަދުވުން."

ޝެބާ ހޮސްޕިޓަލުގެ ތަރުޖަމާނު ސްޓީވް ވޯލްޒް ވިދާޅުވީ އެ ހޮސްޕިޓަލުގައި ހަތަރު ވަނަ ޑޯޒް ޖެހުމުން ކުރާ އަސަރު ދެނެގަންނަން ބޭނުން ކުރީ ފައިޒާ ވެކްސިން ކަމަށެވެ. މޮޑާނާ ވެކްސިން ބޭނުންކޮށްގެން 150 ވޮލަންޓިއަރުންނާ އެކު އިތުރު ދިރާސާއެއް މި ހަފުތާގައި ފަށާނެ އެވެ.

އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހަތަރު ވަނަ ޑޯޒް ދޭން ފަށާފަ އެވެ. ހޯމަ ދުވަހުން ފެށިގެން ސިއްހީ މަސައްކަތްތެރިންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެސް އަންނަނީ ހަތަރު ވަނަ ޑޯޒް ދެމުންނެވެ.

އަންގާރަ ދުވަހު އިޒްރޭލުން ކޮވިޑްގެ 10،000 ކޭސް ފެނުނެވެ. އޭގެ ހަފުތާއެއް ކުރިން އެވްރެޖުކޮށް ފެންނަމުން ދިޔައީ ދުވާލަކު 4000 ކޭސް އެވެ.

އިޒްރޭލުގެ 9.4 މިލިއަން މީހުންގެ ތެރެއިން ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ތިން ޑޯޒް ޖަހާފަ އެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް 1.4 މިލިއަން ކޭސް ރިޕޯޓުކޮށްފައި ވާއިރު، 8،247 މީހުން މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox