މިސްރުގައި ބަންދުކުރި ފަލަސްތީނު މީހަކު ދެ އަހަރު ފަހުން މިނިވަންކޮށްފި

ފަލަސްތީނުގެ އެކްޓިވިސްޓް ރާމީ ޝާތު. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ އެކްޓިވިސްޓް ރާމީ ޝާތު. -- ފޮޓޯ: އޭއެފްޕީ

ގާހިރާ، މިސްރު (ޖެނުއަރީ 4) - މިސްރުގައި ބަންދުކޮށްފައި ހުރި އެކްޓިވިސްޓު ރާމީ ޝާތު ދެ އަހަރު ފަހުން މިނިވަންކޮށްފި އެވެ.

ރާމީ ޝާތު އަކީ މިސްރާއި ފަލަސްތީނުގެ ރައްޔިތެކެވެ. އޭނާ އަކީ ފަލަސްތީނުގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ނާބިލް ޝާތުގެ ދަރިކަލުންނެވެ.

މިސްރުގެ އޮފިޝަލަކު ބުނީ އޭނާ މިނިވަންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

ރާމީ ޝާތުގެ އަންހެނުން، ފްރާންސްގެ ސެލިން ލެބްރުން އޭއެފްޕީ އަށް ބުނީ މިނިވަން ކުރަން ނިންމިކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ނަމަވެސް ޖަލުން ނުކުތްކަން އަދި ނޭނގޭ ކަމަށެވެ.

ރާމީ ޝާތު މިސްރުގައި ހައްޔަރު ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ލެބްރުން މިސްރުން ޑީޕޯޓުކުރި އެވެ.

މިސްރުގެ ޕާލިމެންޓު މެމްބަރު މުހައްމަދު އަންވަރް ސާދަތު ހޯމަ ދުވަހު ވިދާޅުވީ ރާމީ ޝާތު މިނިވަންކޮށް ޑީޕޯޓު ކުރަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

އުމުރުން 50 އަހަރުގެ ރާމީ ޝާތު އަކީ 2011 ވަނަ އަހަރު މިސްރުގައި ހިންގި އިންގިލާބުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ.

އޭގެ އިތުރުން އިޒްރޭލާ ދެކޮޅަށް މަސައްކަތް ކުރާ "ބޮއިކޮޓް، ޑައިވެސްޓްމަންޓް އަދި ސޭންކްޝަން" ހަރަކާތުގެ މިސްރު ގޮފީގެ ކޯޑިނޭޓަރަކީ ވެސް ރާމީ ޝާތު އެވެ.

ޖުލައި 2019 ވަނަ އަހަރު އޭނާ ހައްޔަރު ކުރުމަށް ފަހު ތުހުމަތު ކުރީ ޓެރަރިސްޓު ޖަމާއަތަކަށް އެހީވި ކަމަށެވެ. އޭޕްރިލް 2020 ވަނަ އަހަރު މިސްރުގެ ޓެރަރިސްޓުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނި އެވެ.

ރާމީ ޝާތު މިނިވަން ކުރަން މިސްރަށް ބާރު އެޅުމަށް މިދިޔަ ޑިސެމްބަރު މަހު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަސް ގްރޫޕަކުން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އަށް ގޮވާލެއްވި އެވެ.

މެކްރޯން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސިސީ އެކުގައި 2020 ވަނަ އަހަރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވެސް މެކްރޯން ވަނީ ރާމީ ޝާތުގެ ވާހަކަ ދައްކަވާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ސިސީ ވެރިކަމަށް ވަޑައިގެންނެވި ފަހު މިސްރުގައި އިދިކޮޅު ފިކުރަށް އޮތް ޖާގަ ވަނީ ގެއްލިފަ އެވެ. ބެލެވޭ ގޮތުގައި 60،000 އަށް ވުރެ ގިނަ ސިޔާސީ ގައިދީން މިސްރުގައި އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox