ކޮވިޑްގެ ތިން ކޭސް ފެނުމުން 1.2 މިލިއަން މީހުން ލޮކްޑައުންކޮށްފި

ޗައިނާގެ ޒިއާން ސިޓީގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭއެފްޕީޗ

ޗައިނާގެ ޒިއާން ސިޓީގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: އޭއެފްޕީޗ

ބެއިޖިން، ޗައިނާ (ޖެނުއަރީ 4) - ޗައިނާގެ މެދުތެރޭގައި އޮންނަ ސިޓީއަކުން ކޮވިޑަށް ޕޮޒިޓިވް ތިން ކޭސް ފެނުމާ އެކު 1.2 މިލިއަން މީހުން ލޮކްޑައުންކޮށްފި އެވެ.

ޗައިނާ އިން ގެންގުޅެނީ "ޒީރޯ ކޮވިޑް" ސިޔާސަތެކެވެ. ބަލިމަޑުކަމުގެ ތެރޭގައި އެ ގައުމުން އަންނަނީ ބޯޑަރުގައި އަޅާ ފިޔަވަޅުތައް ހަރުކަށިކޮށް، ކޭސްތައް ފެންނަ ކޮމިއުނިޓީތައް ލޮކްޑައުން ކުރަމުންނެވެ.

ނަމަވެސް އަނެއްކާވެސް ޗައިނާގައި ކޭސްތައް ފެންނަ މިންވަރު އިތުރުވުމާއި، ބެއިޖިންގައި ވިންޓާ އޮލިމްޕިކްސް ފަށަން ވަގުތު ކުޑަތަންވަމުން ދާތީ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ހިނާން ޕްރޮވިންސްގައި ގާތްގަނޑަކަށް 1.17 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޔޫޒައު ސިޓީ ލޮކްޑައުން ކުރީ އެ ތަނުން ކޮވިޑްގެ ތިން ކޭސް ފެނުމުންނެވެ.

ހޯމަ ދުވަހު ސަރުކާރުން އެންގީ އެ ސިޓީގެ މީހުން ގެތަކުން ނުނިކުތުމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ހަރުކަށި ފިޔަވަޅު ތަންފީޒު ކުރުމަށެވެ.

އެހެންވެ، ބަހާއި ޓެކްސީ ހިދުމަތް މެދުކަނޑާލައި، ހުރިހާ ޝޮޕިން މޯލްތަކާއި މިޔުޒިއަމްތަކާއި ފަތުރުވެރިންގެ މަންޒިލްތައް ބަންދުކުރަން ވަނީ އެ ސިޓީ އިން ނިންމާފަ އެވެ.

ޗައިނާ އިން އަންގާރަ ދުވަހު ކޮވިޑްގެ ޖުމްލަ 175 ކޭސް ރިޕޯޓު ކުރި އެވެ. އޭގެ ތެރެއިން ފަސް ކޭސް ފެނުނީ ހިނާން ޕްރޮވިންސުންނެވެ.

ޗައިނާގައި ފެންނަމުންދާ ކޭސްތަކުގެ އަދަދަކީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަ އަދަދެއް ނަމަވެސް، މިއީ މާޗް 2020 ވަނަ އަހަރަށް ފަހު އަދަދުތައް މިހާ މަތިވި ފުރަތަމަ ފަހަރެވެ.

އަންގާރަ ދުވަހުގެ ކޭސްތަކުގެ ތެރޭގައި ޝާންޒީ ޕްރޮވިންސްގައި އޮންނަ ޒިއާން ސިޓީ އިން ފެނުނު 95 ކޭސް ހިމެނެ އެވެ. ގާތްގަނޑަކަށް 13 މިލިއަން މީހުން ދިރިއުޅޭ އެ ސިޓީ ލޮކްޑައުންގައި އޮންނަތާ މިހާރު ދެ ހަފުތާ ވަނީ އެވެ.

ޑިސެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެން ޒިއާން ސިޓީ އިން ޖުމްލަ 1،600 އަށް ވުރެ ގިނަ ފެނިފައި ވެ އެވެ. ނަމަވެސް މިހާރު އަދަދުތައް ވަނީ ތިރިވާން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox