އެސްޖޭގެ ބިޑު އަލުން އިވެލުއޭޓް ކުރުމަށްފަހު ހަނިމާދޫ ހައުސިން ޕްރޮޖެކްޓު އަލުން އެވޯޑު ކުރަން ހުކުމްކޮށްފި

ހަނިމާދޫ ހައުސިން ޕްރޮޖެކްޓް ކުރިން ހަވާލު ކުރި ދޮންބޭޒްއާއެކު ސޮއި ކުރަނީ: ކޯޓުން އެންގީ 20 ދުވަހުގެ ތެރޭގައި އަލުން މަސައްކަތް އެވޯޑް ކުރުމަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހަނިމާދޫ ހައުސިން ޕްރޮޖެކްޓް ކުރިން ހަވާލު ކުރި ދޮންބޭޒްއާއެކު ސޮއި ކުރަނީ: ކޯޓުން އެންގީ 20 ދުވަހުގެ ތެރޭގައި އަލުން މަސައްކަތް އެވޯޑް ކުރުމަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހދ. ހަނިމާދޫ ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް ބަޔަކަށް ހަވާލުކޮށްފައި އޮއްވައި، އެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ބިޑު އިވެލުއޭޓްކޮށް 20 ދުވަހުގެ ތެރޭގައި އަލުން ބިޑު އެވޯޑް ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހަނިމާދޫގައި އަޅަން ފަށާފައިވާ 48 ހައުސިން ޔުނިޓުގެ ނިންމުމަށް އަދި އަލަށް އިމާރާތްކުރާ 52 ހައުސިން ޔުނިޓުގެ ޑިޒައިންގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ޖުލައި 18، 2021 ގައި ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ.

ނަމަވެސް އެ މަސައްކަތް ހަވާލު ކުރިއިރު އެސްޖޭ އާއި އެ ކުންފުނީގެ ސިސްޓާ ކޮމްޕެނީ އެސްޖޭ ޓްރޭޑާސް ހުށަހެޅި ޖޮއިންޓު ބިޑު އިވެލުއޭޓްކޮށްފައެއް ނުވެ އެވެ. އެ ބިޑު އިވެލުއޭޓް ނުކުރީ އެ ކުންފުނީގެ ފައިނޭންޝަލް ރިސޯސާސް ނުވަތަ މާލީ ފުދުންތެރިކަމާއި އެމްޕްލޯޔާސް ރިކުއާމަންޓް ހަމަނުވާތީ ކަމަށް ބުނެ އެވެ.

ނަމަވެސް މިއަދު ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ އެސްޖޭގެ ބިޑު އިވެލުއޭޓް ނުކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ދައުވާ ކުރާ ފަރާތްތަކުގެ ބިޑު ރިއިވެލުއޭޓްކޮށް މިހާރު އިވެލުއޭޓްކޮށް ނިންމާފައިވާ ބިޑުތަކާއި ދައުވާ ކުރާ ފަރާތުގެ ބިޑުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށް ބޮޑު އެވޯޑް ކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އާއި ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަންގައި، މިގޮތުގެ މަތިން ހުކުމްކޮށްފިން،" ގާޒީ ވިދާޅުވެފައިވެ އެވެ.

ހަނިމާދޫ ހައުސިން ޔުނިޓުތައް ނިންމުމަށް ހަވާލު ކުރި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތް ބެލުމަށް އެ ރަށަށް ދިޔަ އެވެ. ނަމަވެސް މައްސަލަ ކޯޓަށް ވެއްދުމުން މަސައްކަތް ފަށާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox