ކޮވިޑް ކޭސްތައް އިތުރުވެ 4،400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް!

އެމެރިކާގެ އެއާޕޯޓަކަށް ފުރަން ގޮސް ތިބި މީހުން. -- ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގެ އެއާޕޯޓަކަށް ފުރަން ގޮސް ތިބި މީހުން. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދުނިޔޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ހޮނިހިރު ދުވަހު އެކަނިވެސް އެކި ގައުމުތަކުން 4،400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި އެވެ.

އޭގެ ތެރެއިން 2،500 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވީ އެމެރިކާގައި ކަމަށް އެއާ ޓްރެފިކް ސައިޓް ފްލައިޓްއެވެއާ އިން ބުނެ އެވެ.

އެއް ފަހަރާ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުން އެއާލައިންތަކުގެ މުވައްޒަފުން ކަރަންޓީނު ކުރަން ޖެހުމުންނެވެ.

އޭގެ އިތުރުން އެމެރިކާގެ މެދުތެރޭގެ ހިސާބުތަކަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ވެސް ވަނީ ފްލައިޓްތައް ކެންސަލް ކުރަން ޖެހިފަ އެވެ.

އެމެރިކާގައި ކެންސަލް ކުރި ފްލައިޓްތަކުގެ ތެރެއިން 1،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރީ ޗިކާގޯގެ އޮހެއާ އަދި މިޑްވޭ އެއާޕޯޓުންނެވެ.

މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މޫސުން ގޯސްވެ، ސްނޯ ފައިބާނެ ކަމަށް ބެލެވޭތީ އަދިވެސް ގިނަ ފްލައިޓްތަކެއް ކެންސަލް ވާނެ ކަމަށް ބެލެވެ އެވެ.

ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި 12،000 އަށް ވުރެ ގިނަ ފްލައިޓް މިހާތަނަށް ވަނީ ކެންސަލްކޮށްފަ އެވެ.

އެއާލައިންތަކުން މިހާރު މަސައްކަތް ކުރަނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީގެން ގިނަ ވަގުތު މަސައްކަތުގައި ބޭތިއްބުމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ޔޫނިއަންތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

އެމެރިކާގައި މިހާރު ކޮވިޑް ކޭސްތައް އިތުރުވެގެން އުޅެނީ ހަލުވިކަމާ އެކު އަލަށް ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުންނެވެ.

ވެކްސިން ރޭޓްތައް މަތިކޮށް ހުރި ނަމަވެސް ނިއު ޔޯކް ސިޓީގައި މި ވަގުތު ދަނީ ރިކޯޑް އަދަދަކަށް ކޭސްތައް ފެންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox