ބާސެލޯނާ އިން މޮރާޓާ އަށް ފާރަލަނީ

Jan 1, 2022, 4:16 AM
ބާސެލޯނާ އިން މޮރާޓާ އަށް ފާރަލަނީ

ބާސެލޯނާ (ޖެނުއަރީ 1) - ބާސެލޯނާ އިން ޔުވެންޓަސް އަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ބާސެލޯނާ އިން ވަނީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒްގެ ސޮއި ހޯދައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން މިހާރު ވަނީ މޮރާޓާ ގެންނަން އޭނާއާ އެކު އެއްބަސްވުމަކަށް އަތުވެފަ އެވެ.

އެކަމަކު، މޮރާޓާ ގެންނަން ބާސެލޯނާ އިން ކުރާ މަސައްކަތް ކާމިޔާބުވާން އޮތީ އެހެން ދެ ކްލަބަކުން ވެސް އެއްބަސްވުމަކަށް އައިސްގެންނެވެ.

މޮރާޓާ މި ވަގުތު ޔުވެންޓަަސްގައި ހުރީ އެތުލެޓިކޯ މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޔުވެންޓަސް އިން ބޭނުން ނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ލޯން އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އެއްބަސްވުން ދާއިމީ ނުކޮށް ލޯން އެއްބަސްވުން އާ ކުރާނަމަ ކޮންމެ ސީޒަނަކަށް 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދައްކަން ޖެހޭނެ އެވެ.

ޔުވެންޓަސް އިން މޮރާޓާގެ އެއްބަސްވުން ދާއިމީ ކުރަން ދައްކަން ޖެހޭ ފީ ބާސެލޯނާ އިން ހަމަޖައްސައިފިނަމަ މޮރާޓާ އަށް ބާސެލޯނާ އަށް ބަދަލުވެވޭނެ އެވެ. އެކަމަކު، ޔުވެންޓަސް އިން މޮރާޓާގެ ލޯން އެއްބަސްވުން ކެންސަލްކޮށްފިނަމަ، ބާސެލޯނާ އިން ދެން މޮރާޓާ ހޯދަން މަޝްވަރާކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑާ އެވެ.

މޮރާޓާ ދޫކޮށްލުމަށް ފަހު ޔުވެންޓަސް އިން ގެންނަން ބޭނުންވަނީ ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އެވެ. ބާސެލޯނާ އިން އޮތީ މޮރާޓާ ގެންނަން ކުރާ މަސައްކަތުގައި އެ ޓީމަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ވިއްކާލަން ތައްޔާރަށެވެ.

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު މޮރާޓާ ވަނީ އެތުލެޓިކޯ އާއި ޔުވެންޓަސްގެ އިތުރުން އިންގްލެންޑްގެ ޗެލްސީ އަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox