ޓޮޓެންހަމްގެ ކޯޗުކަން ކްލިންސްމަން ބޭނުންވި

Jan 1, 2022, 3:58 AM
ޓޮޓެންހަމްގެ ޗެރިޓީ މެޗެއްގެ ތެރެއިން ކްލިންސްމަން.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ޗެރިޓީ މެޗެއްގެ ތެރެއިން ކްލިންސްމަން.-- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖެނުއަރީ 1) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަން ހުސްވިއިރު، އެ މަގާމާ ހަވާލުވާން ބޭނުންވި ކަމަށް އެ ޓީމަށް ކުރިން ކުޅުނު ޖަރުމަނުގެ ފޯވާޑް ޔާގެން ކްލިންސްމަން ބުނެފި އެވެ.

ކްލިންސްމަން ވަނީ ނޫނޯ އެސްޕިރީޓޯ ސަންޓޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށް އެ ޓީމުން އާ ކޯޗެއް ހޯދަން މަސައްކަތްކުރިއިރު، އެ ކްލަބްގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އެ ގޮތުން ކްލިންސްމަން ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލިވީއާ އެކު މަޝްވަރާތަކެއް ކޮށްފަ އެވެ.

"އެ މީހުންގެ ވިސްނުން ހުރީ ތަފާތު ގޮތަކަށް މި ވަގުތަށް. އެހެންވެ، އެ މީހުންނަށް މި ވަގުތު އެންމެ ރަނގަޅު ކޯޗު ޓީމާ ހަވާލުވެ އެ ހުރީ. އަހަރެން ބުނިން އަހަރެން މަޑުކުރާނެ ކަމަށް. އެއީ ޓޮޓެންހަމަކީ އަބަދުވެސް އަަހަންނާ ވަރަށް ގާތް ކްލަބެއް،" ފޯފޯޓޫ އަށް ދިން އިންޓަވިއުއެއްގައި ކްލިންސްމަން ބުންޏެވެ.

"އަހަރެންގެ ދިރިއުޅުމުގެ ވަރަށް ހާއްސަ ހަނދާންތަކެއް މި ކްލަބާ (ޓޮޓެންހަމާ) ގުޅިފައި އޮތީ،"

ކްލިންސްމަން ވަނީ ދެ ފަހަރެއްގެ މަތިން ޓޮޓެންހަމަށް ކުޅެފަ އެވެ. އެއީ އެންމެ ފުރަތަމަ 1994-1995 ގަ އެވެ. ދެ ވަނަ ފަހަރަށް އޭނާ ޓޮޓެންހަމް ޖޯޒީގައި ފެނުނީ 1997-1998 ވަނަ އަހަރުގެ ސީޒަނުގަ އެވެ. ދެ ފަަހަރު މަތިން ޓޮޓެންހަމަށް 68 މެޗުން 38 ގޯލު ޖެހި އެވެ.

ޖަރުމަނު ގައުމީ ޓީމާ 2004 ވަނަ އަހަރު ހަވާލުވެ، ކޯޗިން ކެރިއަރު ފެށި ކްލިންސްމަން އެ ޓީމު ދޫކޮށްލީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު އެވެ. އޭގެ ފަހުން 2008-2009 ވަނަ އަހަރު ބަޔާން މިއުނިކަށް ކޯޗުކޮށްދިން ކްލިންސްމަން 2011 އިން 2016 އަހަރާ ހަމައަށް ހުރީ އެމެރިކާ ޓީމުގެ ކޯޗަކަށެވެ.

އެންމެ ފަހުން ކްލިންސްމަން ހުރީ ހާތާ ބާލިންގަ އެވެ. އެ ޓީމުގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވުމަށް ފަހު 10 ހަފްތާ ތެރޭ އެ ޓީމުގެ ކޯޗުކަން ދޫކޮށްލި ފަހުން ކްލިންސްމަން ހުރީ ޓީމަކާ ހަވާލުނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox