ލުކާކޫގެ އިންޓަވިއު މައްސަލައިގައި ޓުޗެލް ރުޅިގަދަވެއްޖެ

Jan 1, 2022, 3:56 AM
ލުކާކޫގެ އިންޓަވިއު މައްސަލައިގައި ޓުޗެލް ރުޅިގަދަވެއްޖެ

ލަންޑަަން (ޖެނުއަރީ 1) - ޗެލްސީގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި މި ސީޒަނުގައި އެ ޓީމަށް ގެނައި ފޯވާޑް ރޮމެލޫ ލުކާކޫ އެ ޓީމުގައި ހުރީ އުފަލުންނެއް ނޫން ކަމަށް ބުނެ، ދިން އިންޓަވިއުއާ މެދު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފި އެވެ.

ލުކާކޫ، 28، ވެސް ބޭނުންވާތީ އިންޓަ އިން އޭނާ ޗެލްސީ އަށް ވިއްކާލީ 135 މިލިއަން ޑޮލަރަށެވެ. މިއީ އެއް ކުޅުންތެރިއަކު ހޯދަން ޗެލްސީން އެ ކްލަބްގެ ތާރީހުގައި ވެސް ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. އެކަމަކު، ޗެލްސީ އަށް ސޮއިކުރިތާ ހަތަރު މަސް ވެސް ނުވަނިސް ލުކާކޫ މި ވަނީ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށާއި އަލުން ކުރިން ކުޅެމުން އައި އިންޓަ އަށް ބަދަލުވާްން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ލުކާކޫގެ އެ އިންޓަވިއުއާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓުޗެލް ބުނީ ތިން ހަފްތާ ކުރިން ލުކާކޫ ދިން އިންޓަވިއުއެއްގެ ވަކިވަކި ތަންކޮޅެއް ނަގައިގެން ހަބަރުތައް ގެނައުން ބަލައިނުގަނެވޭ ކަމަށެވެ. އެކަމަކު، ހަގީގަތަކީ ކޮންމެ ސިފައެއްގައި ކަމުގައި ވިޔަސް އެ އިންޓަވިއުގެ "އަޑު" ތަކަކީ ޗެލްސީ މި ވަގުތު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ އަަހަންނަށް އެކަން ކަމަކުނުދޭ. މިއީ މި ވަގުތު އިވެން އަހަރެމެން ބޭނުންވާ އަޑުތަކެއް ނޫން. އަހަރެމެން ހަމަޖެހިލައިގެން ކުރިމަތީގައި އޮތް މެޗުތަކަށް ފޯކަސް ކުރެވޭ މާހައުލެއް ބޭނުންވެފައި އޮއްވައި މި އަޑުތަކުގެ ސަބަބުން އަންނަން ނުޖެހޭ ޕްރެޝަރެއް މި އަންނަނީ،" ޓުޗެލް ބުންޏެވެ.

އިންޓަވިއުގައި ލުކާކޫ ފާހަގަކުރި އަނެއް ކަމަކީ ޗެލްސީގެ ކޯޗު ޓުޗެލް އެ ޓީމު ލައްވައި ކުޅުވާ ސްޓައިލް ކަމުނުދިއުމުގެ ހިތްހަމަނުޖެހުމުގެ ވާހަކަތަކެވެ. ޓުޗެލް ބުނީ އޭނާ ކުޅުވާ ގޮތާ މެދު ލުކާކޫ ހިތްހަމަނުޖެހޭކަން ނޭނގޭ ކަމަށާއި ލުކާކޫގެ ފަރާތުން އެ ވާހަކަތައް އަޑުއިވުމުން ލިބުނީ ހައިރާންކަން ކަމަށެވެ.

"އަހަރެމެން ވާހަކަ ދައްކާނަން. އޭނަ (ލުކާކޫ)އާ އަހަރެމެން ވާހަަކަ ދައްކާނީ ބަންދު ދޮރުތަކެއްގެ ފުރަގަހުގައި ތިބެގެން. އަަހަރެމެން އެކަކު އަނެކަކަށް އެއްވެސް ކަމެއް ނޯޅޭ ވަރަށް މި ވާހަކަތައް ދައްކަން އެބަޖެހޭ،" ޓުޗެލް ބުންޏެވެ.

ކުރިން ޕީއެސްޖީ އާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުނީ މިހާރު މި އޮތް ޒަމާނަކީ ލުކާކޫ ފަދަ މަޝްހޫރު ކުޅުންތެރިއަކު ދައްކާ ވާހަކައެއް ތަފާތު ގޮތްގޮތަށް އެނބުރޭނެ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން އެ ފަދަ ކުޅުންތެރިއެއްގެ ކަންކަން ވީ އެންމެ އަަވަހަކަށް ހައްލުވެފައި އޮތުން މުހިއްމު ކަމަށް ޓުޗެލް ގަބޫލުކުރެ އެެވެ.

ސްކައި ސްޕޯޓްސް އިންޓަވިއުގައި ލުކާކޫ ވަނީ އިންޓަ އިން އޭނާ ބޭނުންވި ކޮންޓްރެކްޓް ހުށަހެޅިނަމަ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އަލުން އިންޓަ އަށް ބަދަލުވާން ބޭނުންވަނީ ކެރިއަރުގެ ފަހުކޮޅުގައި ނޫން ކަމަށާއި ރަނގަޅު ލެވަލެއްގައި ކުޅެން ކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ.

މެންޗެސްޓާ ސިޓީގެ ހުށަހެޅުމެއް ވެސް ލިބުނުކަން ފާހަގަކޮށް ލުކާކޫ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ބަޔާން މިއުނިކާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑް ފަދަ ޓީމަކަށް ކުޅުމުގެ ހުވަފެން ދެކޭނެ ކަމަށެވެ. އަދި އަލުން އިންޓަ އަށް ކުޅުމުގެ އިތުރުން އެ ތިން ކްލަބްގެ ތެެރެއިން ޓީމަކަށް ވެސް ކުޅެން ބޭނުންވާ ކަމަށް ލުކާކޫ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox