ލުކާކޫ ޗެލްސީގައި ހުރީ އުފަލުންނެއް ނޫން

Dec 31, 2021, 3:45 AM
ލުކާކޫ ޗެލްސީގައި ހުރީ އުފަލުންނެއް ނޫން

ލަންޑަން (ޑިސެމްބަރު 31) - ޗެލްސީގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި މި ސީޒަނުގައި އެ ޓީމަށް ގެނައި ފޯވާޑް ރޮމެލޫ ލުކާކޫ އެ ޓީމުގައި ހުރީ އުފަލުންނެއް ނޫން ކަމަށް. ބުނެފި އެވެ.

ސީޒަން ފެއްޓުމުގެ ކުރިން ލުކާކޫ ގަންނަން ޗެލްސީން އެންމެ ފުރަތަމަ ކުރި ދެ ބިޑް ވެސް އިންޓަ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، ޗެލްސީން ލުކާކޫ ގަންނަން ތިން ވަނަ ބިޑެއް ތައްޔާރުކުރަން ފެށުމާ އެކު ލުކާކޫ އިންޓަގައި އެދުނީ އޭނާ ޗެލްސީ އަށް ދޫކޮށްލުމަށެވެ. އެހެންވެ، އިންޓަ އިން ބޭއިހުތިޔާރުގައި ވިޔަސް ނިންމީ ލުކާކޫ ވިއްކާލާށެވެ.

ޗެލްސީން އެންމެ ފުރަތަމަ ލުކާކޫ ގަންނަން އިންޓަ އަށް ހުށަހެޅީ 94 މިލިއަން ޑޮލަރުގެ ބިޑެކެވެ. މާ ގިނައިރުތަކެއް ނުވެ އިންޓަ އިން އެ ބިޑް އަނބުރާ ފޮނުވާލި އެވެ. އޭގެ ފަހުން ޗެލްސީން ހުށަހެޅީ 118 މިލިއަން ޑޮލަރާއި ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. އެ ޑީލަށް ވެސް އިންޓަ އިން ވަނީ ނޫނެކޭ ބުނެފަ އެވެ. ލުކާކޫގެ ވެސް އެދުމާ އެކު އިންޓަ އިން އޭނާ ޗެލްސީ އަށް ވިއްކާލީ 135 މިލިއަން ޑޮލަރަށެވެ. އެއީ އެއް ކުޅުންތެރިއަކު ހޯދަން ޗެލްސީން އެ ކްލަބްގެ ތާރީހުގައި ވެސް ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.

ސްކައި އިޓަލީން ކުރި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ލުކާކޫ ބުނީ އަލުން ޗެލްސީ އަށް އައިސް މި ވަގުތު ދިމާވެފައިވާ ހާލަތާ ހުރެ އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މި ވަގުތުގެ ހާލަތަށް ބަލާއިރު، ޗެލްސީގެ ކޯޗު (ޓުޗެލް) ކުޅެނީ ތަފާތު ސިސްޓަމަކަށް. އެ ސަބަބުތަކާ ހުރެ ވެސް އަހަރެމެން މި ހުރީ ހިތްހަމަޖެހިފައެއް ނޫން. އެކަމަކު، އަހަންނަކީ ޕްރޮފެޝަނަލެއް އަހަރެންގެ ފޯކަސް އަކީ ރަނގަޅަށް މަސައްކަތް ކުރުން،" ލުކާކޫ ބުންޏެވެ.

އަލުން ޗެލްސީ އަށް ބަދަލުވުމަށް ފަހު ލުކާކޫ ވަނީ 18 މެޗުން ހަތް ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ޗެލްސީ ކުޅުނު ދެ މެޗު ކަމަށްވާ އެސްޓަން ވިލާ އާއި ބްރައިޓަން މެޗުގައި ޖެހި ގޯލުތައް ހިމެނެ އެވެ.

މިއީ ލުކާކޫ ޗެލްސީއާ ގުޅުނު ދެ ވަނަ ފަހަރެވެ. ލުކާކޫ އެންމެ ފުރަތަމަ ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް ޗެލްސީ އަށް 2011 ވަނަ އަހަރު ބަދަލުވީ 17 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) އަށެވެ. އެކަމަކު، ޒުވާން އުމުރުގައި ޗެލްސީ އަށް ބަދަލުވެ، ލުކާކޫ އަށް އެ ޓީމުގައި މާ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ.

އަލުން އިންޓަ އަށް ދާން ލުކާކޫ ބޭނުން

އިންޓަ އިން 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ ތަރިއަކީ ލުކާކޫ އެވެ. ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް ލުކާކޫ އެވެ.

ޗެމްޕިއަންކަން ހޯދާފައި އެއް ސީޒަން ވެސް މަޑުނުކޮށް، އުމުރުން 28 އަހަރުގެ ލުކާކޫ، އިންޓަ ދޫކޮށްލި ގޮތުން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވި އެެވެ. އިންޓަ މިލާންގެ ޗީފް ބެޕޭ މޮރާޓާ ވިދާޅުވީ ލުކާކޫ ޗެލްސީއާ ގުޅުނީ ފައިސާ އަށް ކަމަށެެވެ.

ލުކާކޫ ބުނީ އޭނާ އިންޓަ ދޫކޮށްލިއިރު ކަންތައް ކުރީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށެވެ. އަދި އޭރު ހާލަތު ދިޔަ ގޮތުން މީޑިއާގައި އެ ވާހަކަތައް ދައްކަން އެއީ ރަނގަޅު ވަގުތު ނޫން ކަމަށާއި އެކަމަކު، މި ވަގުތު އިންޓައާ މެދު އޭނާ ދެކޭ ގޮތް މީޑިއާގައި ހާމަކުރަން މިއީ އެންމެ ރަނގަޅު ހާލަތް ކަމަށް ލުކާކޫ ވަނީ ބުނެފަ އެވެ.

"އަހަރެން އިންޓަގެ ސަޕޯޓަރުން ކިބައިން މާފަށް އެދެން އެއީ އަހަރެން އިންޓަ ދޫކޮށްލާއިރު ކަންތައް ކުރަން ޖެހޭނީ ރަނގަޅަށް. އަހަރެން ހިިތުގެ އެންމެ ފުންމިނުން އެދޭ އެދުމަކީ ކައިރި މުސްތަގުބަލެއްގައި އަލުން އިންޓަ އަށް ދިއުން. އެއީ އަހަރެންގެ ކެރިއަރުގެ ފަހު ކޮޅުގައެއް ނޫން. ރަނގަޅު ލެވަލެއްގައި އަހަރެން ކުޅެމުން ދަނިކޮށް،" ލުކާކޫ ބުންޏެވެ.

ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ލުކާކޫ ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އިންޓަ އަށް ބަދަލުވެ، އެ ޓީމަށް ކުޅުނު 95 މެޗުން 64 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox