އިރާނުގެ "ގޯސް" އުޅުން ބަދަލު ކުރަން ސައުދީ ރަސްގެފާނު ގޮވާލައްވައިފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް. -- ފޮޓޯ: ރޮއިޓާޒް

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް. -- ފޮޓޯ: ރޮއިޓާޒް

ރިޔާދް، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 30) - މެދުއިރުމަތީގައި އިރާނުން ގެންގުޅޭ "ގޯސް އުޅުން" ބަދަލު ކުރަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ގޮވާލައްވައިފި އެވެ.

ނަމަވެސް ހުކުރު ދުވަހު 86 އަހަރު ފުރިވަޑައިގަންނަވާ ރަސްގެފާން މީގެ ކުރިން އިރާނާ މެދު ވިދާޅުވެފައިވާ ފަދަ ހަރުކަށި ބަސްފުޅުތަކެއް މި ފަހަރު ވިދާޅުނުވާ ކަމަށް އެނެލިސްޓުން ބުނެ އެވެ.

ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލާ މުހާތަބު ކުރައްވާ ހަތަރު މިނެޓު ރަސްގެފާނު ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ލިޔެފައިވާ ސްޕީޗަކަށް ބައްލަވައިގެންނެވެ.

އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި ރަސްގެފާނުގެ ވާހަކަފުޅު ޓީވީން ދެއްކީ ޝެޑިއުލް ކުރި ވަގުތަށް ވުރެ ތިން ގަޑިއިރު ލަހުންނެވެ. ސައުދީ ޕްރެސް އެޖެންސީން ވަނީ ރަސްގެފާނުގެ ބަޔާން ނެރިފަ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ މި ސަރަހައްދުގައި އިރާނުން ގެންގުޅޭ ސިޔާސަތާއި ގޯސް އުޅުން ބަދަލުކުރުން. އުއްމީދަކީ އިރާނުން މަޝްވަރާ އިސްކޮށް، ގުޅިގެން ކުރިއަށް ދާން މަސައްކަތް ކުރުން،" ބަޔާނުގައި ވެ އެވެ.

"މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން ލިބޭ ފަދަ ސިޔާސަތެއް އިރާނުން ގެންގުޅޭތީ އެކަންކަން އަޅުގަނޑުމެން މި މޮނީޓާ ކުރަނީ ކަންބޮޑުވުމާ އެކު،" ރަސްގެފާނުގެ ބަޔާނުގައި ވެ އެވެ.

ސައުދީ އަރަބިއްޔާ އާއި އިރާނަކީ ޒަމާނުއްސުރެ ވެސް ދެ ހަތުރުންނެވެ. މެދުއިރުމަތީގެ ގިނަ ހަމަނުޖެހުންތަކެއްގައި ދެ ގައުމުން އަބަދުވެސް ތިބެނީ ދެކޮޅަށެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އިރާނުން ހަނގުރާމަވެރި ހޫތީންނަށް އެއްބާރުލުން ދޭއިރު، ސައުދީ އަރަބިއްޔާ އިން އެހީވަނީ ޔަމަން ސަރުކާރުގެ ފައުޖަށެވެ.

ނަމަވެސް ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ މަގްސަދުގައި މިދިޔަ އޭޕްރިލް މަހުން ފެށިގެން އެކި ފަހަރު މަތިން އޮފިޝަލުން ބައްދަލުކޮށް މަޝްވަރާކޮށްފައި ވެ އެވެ.

ނަމަވެސް ރަސްގެފާން ސަލްމާންގެ ވާހަކަފުޅުގައި އިރާނަށް ތުހުމަތު ކުރެއްވީ "މެދުއިރުމަތީގައި އުޅޭ ހަނގުރާމަވެރި ގްރޫޕުތަކަށް އެހީވެ، ތަފާތުވުންތަކަށް ހިތްވަރުދޭ" ކަމަށެވެ.

"އިރާނުން ޓެރަރިސްޓް ގްރޫޕު ހޫތީންނަށް އެހީވަމުންދާ ގޮތް ވެސް އަޅުގަނޑުމެން މި ދަނީ ބަލަމުން. އޭގެ ސަބަބުން ޔަމަނުގެ ހަނގުރާމަ ދިގުދެމި، އެ ތަނުގެ އިންސާނީ ހާލަތު ގޯސްވެ، ސައުދީ އަރަބިއްޔާގެ ސަލާމަތަށް ވެސް ވަނީ ނުރައްކާވެފައި."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox