އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޓެރީ އެނބުރި ޗެެލްސީ އަށް

Dec 30, 2021, 6:01 AM
އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޓެރީ އެނބުރި ޗެެލްސީ އަށް

ލަންޑަން (ޑިސެމްބަރު 30) - ޗެލްސީގެ އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އެ ކްލަބާ އަލުން ގުޅިއްޖެ އެވެ.

ޗެލްސީއާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 15 އަހަރުގެ ތެރޭގައި ޓެރީ ،41، ވަނީ 15 ތަށި ހޯދައިފަ އެވެ. ޗެލްސީ ދޫކޮށް ޓެރީ އޭނާގެ ކެރިއަރުގެ ފަހު އަހަރު ކުޅުނީ އެސްޓަން ވިލާއަށެވެ.

ކުޅުން ހުއްޓާލުމަށް ފަހު ޓެރީ ވަނީ ވިލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2018 އިން 2021 އަށް މަސައްކަތްކޮށްފަ އެވެ.

ޗެލްސީގެ އެކެޑަމީގައި އަންނަ މަހުން ފެށިގެން ޓެރީ ޕާޓް ޓައިމްކޮށް ކުޅުންތެރިންނާއި ކޯޗުންނާއެކު މަސައްކަތްކުރާނެ އެވެ.

"ފްލެކްސިބަލްކޮށް މަސައްކަތްކުރެވުމުގެ ފުރުސަތު ލިބުމަކީ އެންމެ މުހިންމުކަން،" ޓެރީ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. "އެކެޑަމީގައި މަސައްކަތްކުރަމުން، އަހަންނަށް އެހެން ކަންތައްްތަކަށް ވެސް ސަމާލުކަން ދޭން ވަގުތު އެބަލިބޭ."

ޗެލްސީގެ ހެޑް އޮފް ޔޫތު ޑިވެލޮޕްމަންޓް ނީލް ބާތު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޓެރީ ހޯދާފައިވާ ތަޖުރިބާގެ ސަބަބުން، އެކެޑަމީގެ ކުޅުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox