ސިޓީން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޗެލްސީ ފަހު ވަގުތު ބްރައިޓަންއާ އެއްވަރު

Dec 30, 2021, 3:44 AM
ލަނޑު ޖެހުމަށް ފަހު ސިޓީގެ ފޯޑެން (ވ) އާއި ގްރީލިޝް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ފޯޑެން (ވ) އާއި ގްރީލިޝް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޑިސެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ފަހު ވަގުތު ބްރައިޓަންއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 20 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ނަތީޖާއާ އެކު ޗެލްސީ ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 20 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެން ލިވަޕޫލަށް ކުޅެން އޮތީ ޗެލްސީ މެޗެވެ.

ރޭގެ މޮޅަކީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއް ވަނައިގައި ބޮޑު ލީޑެއް ލިބުނު ކަމުގައި ވިޔަސް މި ހިސާބުން ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައިގެން އަތްއުރާލައިގެން ނުތިބެވޭނެ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އަދިވެސް އަހަރެމެން (ސިޓީން) 54 ޕޮއިންޓް ހޯދަން ކުޅެން ޖެހޭ. ތި އެންމެން އަހަރެމެންނަށް ތައުރީފުކޮށް ލީގު ލިބުނު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި ހެދި ކަމުގައި ވިޔަސް އަހަރެން ތި ވާހަކަތަކަށް ސަމާލުކަމެއް ނުދޭނަން. އަހަރެމެންނަށް އަދި އެއްވެސް ކަމެއް ޔަގީނެއް ނުވޭ،" ގާޑިއޯލާ ބުންޏެވެ.

ބްރެންޓްފޯޑް ދަނޑުގައި ރޭ އެ ޓީމުން ސިޓީ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. މެޗުގެ ކުރީކޮޅުގައި ބްރެންޓްފޯޑުން އުފެއްދި އެޓޭކެއްގައި ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް ބޮލުގައި ޖެހިގައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ވަނީ މަތަކޮށްފަ އެވެ.

ސިޓީން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 16 ވަނަ މިނިޓްގައި ފިލް ފޯޑެން އެވެ. ކެވިން ޑިބްރޭނާ ހުރަސްކޮށްލި ބޯޅަ ފޯޑެން ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. ފޯޑެން އޮފްސައިޑްވާނެ ކަމަށް ބެލި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ގޯލެއް ކަމަށެވެ.

ޗެލްސީ ދަނޑުގައި ރޭ އެ ޓީމަށް ލީޑުނަގައިިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މޭސަން މައުންޓް މެޗުގެ 28 ވަނަ މިނިޓްގައި ނަގައިދިން ކޯނަރަކުން ލުކާކޫ މި ގޯލު ޖެހީ ބޮލުންނެވެ. އޭގެ އިތުރުން ފުރަތަމަ ހާފުގައި ގޯލެއް ޖެހޭތޯ ޗެލްސީން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

މި މެޗުގެ ދެ ވަނަ ހާފްގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ގޮތުން ބްރައިޓަންގެ ޔަކޫބް މޯޑާ ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ބޭރުވިއިރު، އެ ޓީމުގެ އެޑަމް ލަލާނާ، ނީލް މޯޕޭ އަށް ހުސްކޮށް ލިބުނު ފުރުސަތުތަކުން ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ބްރައިޓަން އިން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެެނީ ވެލްބެކް އެވެ. ބްރައިޓަންގެ ސްޕެނިޝް ފުލްބެކް މާކް ކުކުރޭލާ ނަގައިިދިން ހުރަހަކުން ވެލްބެކް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި ގޮތަށް ޕޮއިންޓް ގެއްލުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށާއި މިއީ އަމިއްލަ އަށް ހެދޭ ގޯސްތަކުގެ ނަތީޖާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox