ޔަމަނުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން އިރާނުން ގޮވާލައިފި

އިރާނުގެ ފޮރިން މިނިސްޓަރު ހުސެން އާމިރް. -- ފޮޓޯ: ރޮއިޓާޒް

އިރާނުގެ ފޮރިން މިނިސްޓަރު ހުސެން އާމިރް. -- ފޮޓޯ: ރޮއިޓާޒް

ތެހްރާން، އިރާން (ޑިސެމްބަރު 29) - ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން އިރާނުން ގޮވާލައިފި އެވެ.

ޔަމަނުގައި 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަނީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިން ގާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވުމުންނެވެ. ސަރުކާރުގެ ފައުޖަށް އެހީވަނީ ސައުދީ އަރަބިއްޔާ އިންނެވެ.

"ޔަމަނުގެ ގައުމީ އެއްބައިވަންތަކަމާއި އިސްތިގްލާލް ދަމަހައްޓަން ހުރިހާ ޕާޓީތަކެއްގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ގެނައުން މަޖުބޫރު ކަމަށް އަޅުގަނޑުމެން ދެކެން،" އިރާންގެ ފޮރިން މިނިސްޓަރު ހުސެން އާމިރް ވިދާޅުވި އެވެ.

ދައުލަތުގެ ނިއުސް އެޖެންސީ އައިއާރްއެންއޭ އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ ޔަމަނަށް ދިމާވެފައިވާ އޮތް ކާރިސާއަށް އޮތް ހަމައެކަނި ހައްލަކީ ސިޔާސީ ހައްލެކެވެ.

ފޮރިން މިނިސްޓަރު އިންޓަވިއު ދެއްވީ އިރާނުން ޔަމަނަށް ކަނޑައަޅާފައި ހުންނަ ސަފީރު ހަސަން އެއިރްލޫ ކޮވިޑުގެ އަވަހާރަވުމާ ގުޅިގެން ބޭއްވި ހަރަކާތެއްގައި ދެއްވި އިންޓަވިއު އެކެވެ.

ހޫތީން ކޮންޓްރޯލް ކުރާ ސަނާގައި ހުންނެވި އެއިރްލޫ ކޮވިޑުގެ ފަރުވާ އަށް އިރާގަށް ފުރުވާލީ ސައުދީ އަރަބިއްޔާގެ ހާއްސަ ހުއްދަ ލިބިގެންނެވެ. ސައުދީ އަރަބިއްޔާ އިން ސަނާގެ ވައިގެ ސަރަހައްދަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ.

އެއިރްލޫ އަވަހާރަވުމާ އެކު އިރާނުން ބުނީ އެގޮތަށް ދިމާވީ އެއްބާރުލުން ދިނުމުގައި ބައެއް ގައުމުތަކުން ލަސް ކުރުމުން ކަމަށެވެ. ރައްދުގައި ސައުދީ އަރަބިއްޔާ އިން އެ ވާހަކަ ދޮގުކޮށް ބުނީ އެއީ އަގު ވައްޓާލަން ދައްކާ ވާހަކަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox