އޮޕަރޭޝަން ކުރަންޖެހި، ޗިލްވެލް އަށް ސީޒަން ނިމިއްޖެ

Dec 29, 2021, 7:40 AM
އޮޕަރޭޝަން ކުރަންޖެހި، ޗިލްވެލް އަށް ސީޒަން ނިމިއްޖެ

ލަންޑަން (ޑިސެމްބަރު 29) - ޗެލްސީ ޑިފެންޑަރު ބެން ޗިލްވެލް އަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަން ކުރަންޖެހޭ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އެހެންކަމުން، މި ސީޒަންގައި ދެން ޗިލްވެލް އަށް ކުޅެވޭނެކަމުގެ އުންމީދު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. ނޮވެމްބަރު މަހު ޔުވެންޓަސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ޗެލްސީ 4-0 އިން މޮޅުވި މެޗުގައި ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޗިލްވެލްގެ ކަކުލަށް އަނިޔާވެގެން އޭނާ އަށް ދަނޑުމަތީގައި ފަރުވާ ދީފައި އޭނާ ބަދަލުކުރިއިރު، ދަނޑުން ބޭލުވީ ޗެލްސީގެ މެޑިކަލް ސްޓާފުންގެ އެހީގަ އެވެ.

ލެސްޓާ ސިޓީ އަށް 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ޗެލްސީން ޗިލްވެލް ސޮއިކުރީ މިދިޔަ އަހަރު އެވެ. އެއީ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގަ އެވެ. ޓުޗެލް ހަވާލުވި ފަހުން ވެސް ޗިލްވެލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ އަކީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އައި ކުޅުންތެރިއެކެވެ.

ޗެލްސީން މަސައްކަތްކުރީ ޗިލްވެލްގެ ރިހެބިލިޓޭޝަން ޕްރޮގްރާމް އިން އޮޕަރޭޝަނެއް ނުކޮށް އޭނާ ފިޓުކުރުމަށެވެ. ޗިލްވެލް އަށް ކޮވިޑް ޖެހުމުން، އޭނާގެ ރިހެބިލިޓޭޝަން ފެށުމުގައި ލަސްތަކެއް ކުރިމަތިވި އެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް އިން މާބޮޑު ކުރިއެރުންތަކެއް ނުފެނުމާ އެކު، ޗިލްވެލް އޮޕަރޭޝަން ކުރުމަށް ޗެލްސީން ވަނީ ނިންމައިފަ އެވެ.

"ކުރިއެރުމެއް ނުފެނުމުން، ކްލަބާއި ކުޅުންތެރިޔާ ވެސް ނިންމީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް،" ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި، މި ސީޒަންގައި ޗިލްވެލް އަށް ދެން ކުޅެވޭނެކަމުގެ އުންމީދު ފަނޑުވުމުން، ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދަނީ ޖެނުއަރީގެ ޓްރާންސްފާގައި ލެފްޓް ބެކެއް ހޯދުމަށް ވިސްނަމުންނެވެ. ޗެލްސީން މި ވަގުތު ޗިލްވެލްގެ ތަނަށް ބޭނުންކުރަނީ ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox