އިޒްރޭލުގެ ރެސްޓޯރެންޓެއްގައި "ވެޖީ" ބާގާ ތައްޔާރު ކުރަން ރޮބޮޓު ޝެފެއް

ރެސްޓޯރެންޓުގައި ރޮބޮޓް ޝެފް ތައްޔާރުކޮށްދިން ބާގާގެ ބަޔެއް މީހަކު ނަގަނީ. -- ފޮޓޯ: އޭއެފްޕީ

ރެސްޓޯރެންޓުގައި ރޮބޮޓް ޝެފް ތައްޔާރުކޮށްދިން ބާގާގެ ބަޔެއް މީހަކު ނަގަނީ. -- ފޮޓޯ: އޭއެފްޕީ

ހެރްޒްލިޔާ، އިޒްރޭލް (ޑިސެމްބަރު 29) - ކަސްޓަމަރުން އެދޭ ގޮތަށް "އިންގްރިޑިއެންޓްސް" ތައްޔާރުކޮށް، ކައްކަން ހޭދަވާ ވަގުތު މެނޭޖުކޮށްދޭ ރޮބޮޓެއްގެ އެހީއާ އެކު އިޒްރޭލުގެ ރެސްޓޯރެންޓަކުން ތަރުކާރީ ސްޓޭކް ބާގާ ތައާރަފުކޮށްފި އެވެ.

"ޕާސަނަލައިޒްޑް ހޭމްބާގާއެއް މެޝިނެއްގެ އެހީގައި ހަދައިދޭ މިއީ ފުރަތަމަ ފަހަރު،" ސޭވާއީޓް ކުންފުނީގެ ސީއީއޯ ރަޝެލީ ވިޒްމަން ބުންޏެވެ.

އޭނާ ބުނީ އެޕްލިކޭޝަނެއްގެ އެހީގައި ކަސްޓަމަރުންގެ ބާގާ ސްޓޭކްގައި ހުންނަން ބޭނުންވާ މިންވަރުގެ ޕްރޮޓީން އާއި ފެޓް އަދި އޭގެ ސައިޒާއި ކައްކަންވީ މިންވަރު އިހްތިޔާރު ކުރެވޭނެ ކަމަށެވެ.

Advertisement

ބޮޑު އަވަނެއްގެ ސައިޒުގައިވާ "ރޮބޮޓް ޝެފް" އަށް އެއް ފަހަރާ ތަފާތު ތިން ސްޓޭކް ތައްޔާރު ކުރެވޭނެ އެވެ. ސްޓޭކް ތައްޔާރުކޮށް ނިމުމުން، ބާގާގެ ބައިތައް ރާވައި، ފުރިހަމަ ކުރަން ޖެހެނީ މުވައްޒަފެކެވެ.

ރޮބޮޓް ޝެފްގެ އެހީގައި ތައްޔާރުކޮށްފައިވާ ބާގާއެއް. -- ފޮޓޯ: އޭއެފްޕީ
ރޮބޮޓް ޝެފްގެ އެހީގައި ތައްޔާރުކޮށްފައިވާ ބާގާއެއް. -- ފޮޓޯ: އޭއެފްޕީ

ރޮބޮޓް ޝެފްގެ އެހީގައި ތައްޔާރުކޮށްފައިވާ ބާގާއެއް. -- ފޮޓޯ: އޭއެފްޕީ

ވިޒްމަން ބުނީ ރޮބޮޓް ޝެފުގެ އެހީފައި ބީންސް، އަލުވި އަދި ޗިކްޕީޒް ފަދަ ތަރުކާރީ އެކި މިންވަރަށް މިކްސްކޮށް "ބާގާގެ އަސްލު ނުގެއްލޭ ގޮތަށް" ހަށިގަނޑަށް ފައިދާ ހުރި ކެއުމެއް ލިބޭނެ ކަމަށެވެ.

މީޓް ނުވަތަ އެއްގަމު މަހުގެ ބަދަލުގައި ހުސް ތަރުކާރީ ބޭނުންކޮށްގެން ކާތަކެތި ފޯރުކޮށްދޭ ބީބީބީ ރެސްޓޯރެންޓް ހުޅުވީ 2018 ވަނަ އަހަރު ވިޒްމަން އާޢި ހިބްރޫ ޔުނިވާސިޓީގެ ދެ ޕްރޮފެސަރުން ގުޅިގެންނެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ހަމައެކަނި ތަރުކާރީ ކާ މީހުންނާއި ވަރަށް މަދުން އެއްގަމު މަސް ކާ މީހުންނަށް ގިނަ އޮޕްޝަންތަކެއް ފޯރުކޮށްދޭން،" އެ ރެސްޓޯރެންޓުގެ އަހުވަ ޓާގަމަން ބުންޏެވެ.

ސޭވާއީޓް އިން ބުނާ ގޮތުގައި އިޒްރޭލުގެ ފަސް ޕަސަންޓު މީހުންނަކީ ހަމައެކަނި ތަރުކާރީ ބާވަތްތައް ކާ މީހުންނެވެ. މާކެޓް އިތުރަށް ފުޅާވަމުންދާ ކަމަށް އެ ކުންފުނިން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox