މަގުމަތީ ބާޒާރުތައް ބާއްވަނީ އެކަން ނުކުރުމަށް ލަފާދީފައި އޮއްވާ

މާލޭގައި މިދިޔަ ހަފްތާގައި ބޭއްވި މަގުމަތީ ބާޒާރުގައި މީހުން ބައިބޯވެފައި: ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭއިން ލަފާ ދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި މިދިޔަ ހަފްތާގައި ބޭއްވި މަގުމަތީ ބާޒާރުގައި މީހުން ބައިބޯވެފައި: ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭއިން ލަފާ ދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެރި ރަށް މާލޭގައި ނައިޓް މާކެޓު ނުވަތަ އުނގުޅޭ ބާޒާރުތަކެއް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ އެކަން ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާ ދީފައި އޮއްވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ މާލޭގައި، ގިނަ މީހުން އެއް ތަނަކަށް އެއްވެ ބާޒާރު ކުރެވޭ ގޮތަށް އިއްޔެ ވެސް ރަސްފަންނު ސަރަހައްދުގައި ވަނީ މަގުމަތީ ބާޒާރެއް ހުޅުވައިފަ އެވެ. އެ ބާޒާރު 10 ދުވަހަށް ކުރިއަށްގެންދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އޭގެ ކުރިން ދަރުބާރުގޭ ސަރަހައްދުގައި ވެސް އެފަދަ ބާޒާރެއް ވަނީ ހިންގައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން އެޗްޕީއޭގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ އެޗްޕީއޭއިން އެންމެފަހުން އާންމު ކުރި އުސޫލުގެ ދަށުން އެފަދަ ބާޒާރެއް ހިންގުން މަނާ ނުވި ނަމަވެސް އެއީ ނުހިންގުމަށް ލަފާ ދީފައިވާ ފަދަ ހަރަކާތެއް ކަމަށެވެ.

މާލޭގައި މިދިޔަ ހަފްތާގައި ބޭއްވި މަގުމަތީ ބާޒާރުގައި މީހުން ބައިބޯވެފައި: ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭއިން ލަފާ ދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މާލޭގައި މިދިޔަ ހަފްތާގައި ބޭއްވި މަގުމަތީ ބާޒާރުގައި މީހުން ބައިބޯވެފައި: ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭއިން ލަފާ ދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލޭގައި މިދިޔަ ހަފްތާގައި ބޭއްވި މަގުމަތީ ބާޒާރުގައި މީހުން ބައިބޯވެފައި: ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް އެޗްޕީއޭއިން ލަފާ ދޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"މިހާރު އަޅުގަނޑުމެން ނެރެފަ އިންނަ އުސޫލުން ނަމަ މަނައެއް ނުވާނެ. އެކަމަކު ނުކުރުމަށް ރިކޮމެންޑްކޮށްފަ އޮންނާނީ،" އޭނާ ބުންޏެވެ.

މަގުމަތީ ބާޒާރުތައް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ދޫކުރަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެކަމާ ގުޅޭ އުސޫލެއް އާންމު ކުރުމަށްފަހު އެވެ. އޭގައިވާ ގޮތުން އަމިއްލަ ވިޔަފާރިތަކާއި ކްލަބް ޖަމިއްޔާތަކަށް ވެސް މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަ ނެގިދާނެ އެވެ.

މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ޕްރޮސެސިން ފީއެއްގެ ގޮތުން 20،000ރ. ސިޓީ ކައުންސިލަށް ދައްކަން ޖެހެ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000ރ. ބަހައްޓަންޖެހެ އެވެ. އޭގެ އިތުރުން ބާޒާރުގައި ބަހައްޓާ ކޮންމެ ސްޓޯލަކުން ފަސް ޕަސެންޓު ކައުންސިލަށް ނަގާނެ އެވެ.

މިދުވަސްވަރަކީ ކޮވިޑް-19 ގެ އެންމެ ފަހުގެ މިއުޓޭޝަން ކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ރާއްޖެއިން ވެސް މިހާރު ވަނީ އޮމިކްރޯން ފެށިފަ އެވެ.

އޭގެ އިތުރުން، ސްކޫލްތައް ވެސް އަހަރީ ޗުއްޓީއަށް މިދުވަސްވަރު ބަންދުކޮށްފައިވާތީ، ޗުއްޓީ ދިއުމާއި އާންމުން އެއްވާ ތަންތަނުގައި އުޅޭއިރު ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ގޮވާލައިފަ އެވެ. އެގޮތުން ގައި ދުރުކުރުން ބެހެއްޓުމަށާއި މާސް އެޅުމަށާއި ގިނައިން އަތް ދޮވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox