ކޮލަމް: މަގޭ ތެދު، ކަލޭގެ ތެދު އަދި ތެދު

ކޮލަމް: މަގޭ ތެދު، ކަލޭގެ ތެދު އަދި ތެދު

ޚިޔާލީ ވާހަކައެއް އަޑުއަހާލަން އަހަންނާއެކު ބަހީ އެވެ. މުޙައްމަދަކީ ސަރުކާރުގެ ޒިންމާދާރު މަޤާމެއްގައި ހުރި މީހެކެވެ. އޭނާ ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން، ސިޔާސީ މަޤާމުތަކެއްގައި ތިބި ބަޔަކު ޚިޔާނާތުގެ ޢަމަލުތަކެއް ހިންގާކަމަށް އޭނާއަށް ޔަޤީން ވުމުން، އޭނާ "ވިސްލް ބްލޯވަރ" ޤާނޫނުގެ އެހީ ހޯދައި، އެކަން ހާމަކުރި އެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ ވަޒީފާއިން ވަކިކޮށްފި އެވެ. އޭނާގެ އޮފީހުގެ އެއް ބަޔަކު ދެކެނީ އޭނާ އެ ކުރީ ރަނގަޅު ކަމެއް ކަމަށެވެ. އޭނާގެ ތުހުމަތުތައް ރައްދުވާ މީހުންނާއި އެމީހުންނަށް ތާއީދުކުރާ މީހުން އޭނާ ކުށްވެރި ކުރީ، ސަރުކާރުގެ ސިއްރު ހާމަކުރީ ކަމަށް ބުނެފަ އެވެ. އަނެއް ބަޔަކު ދެކެނީ އޭނާގެ ޙަޤީޤީ މަޤްޞަދަކީ އޭނާ ނުރުހޭ ޕާޓީއެއްގެ ބައެއްގެ އަގު ވައްޓާލުންކަމަށެވެ. ސޯޝަލް މީޑިއާގައި އެއްބަޔަކު އޭނާ ބަޠަލަކަށް ހަދައިފި އެވެ. އަނެއް ބަޔަކު އޭނާ ކުށްވެރިކޮށްފި އެވެ. ކޯޓުގެ ޙުކުމު އައީ އޭނާއާ ދެކޮޅަށެވެ. ތުހުމަތުތައް ރައްދުވާ މީހުންގެ މައުސޫމިއްޔަތު ސާބިތުވާކަމަށެވެ. އަނެއްކާވެސް ދުރުތިބީންގެ ބަހުޘް ފެށިއްޖެ އެވެ. މި ހުރިހާ އެންމެންގެ ތެރެއިން ތެދުވެރިއަކީ ކޮބާ ހެއްޔެވެ؟ އޭނާ އެ ބުނަނީ އޭނާގެ ތެދެވެ. ތުހުމަތު ރައްދުވާ މީހުން އެ ހާމަކުރަނީ އެމީހުންގެ ނަޒަރުގައި ތެދެވެ. ދުރުތިބީން މި މިންކުރަނީ އެ މީހުން ދެކޭ ގޮތުގައި ތެދެވެ.

މިއީ ތެދު ފަހަނައަޅައި ގޮސްފައިވާ ޒަމާންކަމުގައި ފަލްސަފާވެރިން ސިފަކުރާ މި ޒަމާނުގެ ޙަޤީޤަތެވެ. ތެދަށް ވުރެ ތަދު މަޢުދަނެއް ފެންނާން ނެތް ޒަމާނުގެ ޙަޤީޤަތެވެ.

2016 ވަނަ އަހަރު އޮކްސްފޯޑް ޑިކްޝަނަރީޒްގެ ފަރާތުން، އަހަރުގެ ލަފުޒުކަމުގައި ކަނޑައަޅާފައިވަނީ "ޕޯސްޓް-ޓްރުތު" މި ލަފުޒެވެ. ޕޯސްޓު-ޓްރުތަކީ ކޮބައިތޯ އެވެ؟ މި ލަފުޒު ބޭނުންކުރާ އެކި މީހުންވެސް މި ލަފުޒު މާނަކުރާ ގޮތް ތަފާތެވެ. ކުރިން މި ބުނި އޮކްސްފޯޑް ޑިކްޝަނަރީގައި އެ ލަފުޒު މާނަކޮށްފައި އޮންނަނީ "ޢާއްމު ޚިޔާލު ބައްޓަންކުރުމުގައި ޙަޤީޤީ މަޢުލޫމާތަށްވުރެ، މީހުންގެ ޚިޔާލާއި އެމީހެއްގެ ޤަބޫލުކުރުންތަކުގެ ނުފޫޒު ގަދަވާ ޙާލަތްތައް" ކަމުގައެވެ. ބައެއް މީހުން މި ލަފުޒު މާނަކުރަނީ "ކަންކަމުގެ މާހިރުންނާއި، ސައިންޓިފިކް ހޯދުންތަކާއި، ޢިލްމުވެރިންގެ އަގެއް ނެތުން" ކަމުގައެވެ.

މި ލަފުޒުގެ މާނަ އެންމެ ފަސޭހައިން ފެންނާނީ ސިޔާސީ މައިދާނުންނެވެ. ދިވެހި މިސާލެއް ނަގަމާތޯއެވެ. މައި ދެ ޕާޓީގެ ވާހަކަ ދައްކަމާ ހިނގާށެވެ. ދެ ޕާޓީގެ ބޮޑުން ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ސަޕޯޓަރުންނަށް އެއީ "އެމީހުންގެ ތެދެވެ". ކުޑަ މިސާލެކެވެ. ހިޔާ ފުލެޓުތަކެވެ. އެއްބަޔަކު ސިފަކުރަނީ އެއީ "ކޮތަރުކޮށި" ތަކެއް ކަމުގައެވެ. އަނެއް ބަޔަކު ސިފަކުރަނީ އެއީ މާލޭގެ އެންމެ ކާމިޔާބު ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ގޮތުގަ އެވެ. އަރބަން ޕްލޭނަރުންގެ ޚިޔާލެއް މި ކަމުގައި ހޯދީ ކޮންބައެއް ހެއްޔެވެ؟ ދުރު ރާސްތާގައި މި ފަދަ މަޝްރޫޢެއްގެ ސަބަބުން ނިކުންނާނޭ ނަތީޖާތަކާ މެދު ވިސްނީ ކޮންބައެއް ހެއްޔެވެ؟ އެހެން މިސާލެކެވެ. ޗައިނާ އާއި އިންޑިޔާގެ ވާހަކަ އެވެ. ދުނިޔޭގެ ބޮޑު ދެ ބާރަކަށް ކުޑަ ކުޑަ ރާއްޖެއިން ޖެހިލުންވުމެއް ނެތި، ފާޅުކަން ބޮޑުގޮތުގައި، ލޮލަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފާޑު މިކިޔަނީ ހަމަ ކަންކަމުގެ ޙަޤީޤަތް އެނގިތިބެ ހެއްޔެވެ؟ ދެ ކުލައިގެ ދެ ލަޝްކަރުން ދެ ވާހަކައެއް ދައްކަމުން ދާއިރު، އޭގެ ޙަޤީޤަތް އެނގޭ ކިތައް މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރޭ ހެއްޔެވެ؟ ނުވަތަ ސޯޝަލް މީޑިއާގައި އެ ޤައުމުތަކުގެ ލީޑަރުން ޓެގުކޮށް ވާހަކަތައް ދައްކާއިރު، އެ ދެ ޤައުމާއި ރާއްޖެ އާ ދެމެދު އޮންނަ ޙަޤީޤީ ގުޅުންތަކާއި ވެފައިވާ އެއްބަސްވުންތަކާއި، ޑިޕްލޮމަސީގެ ކަވި އެމުނުންތައް ދަނެގެން އެކަން ކުރަނީ ކިތައް މީހުން ބާވަ އެވެ؟ ގިނަ ވާނީ، ތިމާއަށް މި ވަގުތައް އެންމެ ފައިދާ ބޮޑު، ނުވަތަ ތިމާއަށް އެންމެ ގަޔާވާ ނެރެޓިވެއް ގެންގުޅޭ މީހެއްގެ ފަހަތުގައި ޕަރުވާނާގެ އުސޫލުން އުދުހޭ މީހުންކަމަށް ބެލެވިދާނެ އެވެ.

އެހެންނަމަވެސް، މިއީވެސް، އަހަރެންގެ ޒާތީ ޙަޤީޤަތެވެ. އެއްކަލަ، "ކީބޯޑު" ލަޝްކަރުގައި ތިބޭ، ހިތުން އިޚުލާސްތެރި މީހުންގެ ޙަޤީޤަތެވެ. ޕޯސްޓު-ޓްރުތު ޒަމާނުގެ ގޮތުގައި މި ޒަމާން ސިފަކުރެވޭ އިރު އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މި ކިޔާ ނަމެވެ. ޕޯސްޓު-ޓްރުތޭ ބުނުމުން، ތެދުގެ ޒަމާން ގޮސް، މިއީ ތެދު ފަހަނައަޅާފައިވާ ޒަމާނެއްގެ ގޮތުގައި ސިފަކުރެވޭ ސިފަކުރެވުމެވެ. އެއް ބަޔަކު ޤަބޫލުކުރެވެނީ މީގެ ކުރިން ޕްރީ-ޓްރުތު ޒަމާނެއްވެސް އައި ކަމަށެވެ. އޭރު ތެދަކީ ކޮބައިކަން ބުނެދެނީ ބާރާއި ނުފޫޒު ހުރި ފަރާތްތަކުންނެވެ. ދިވެހިންގެ މިސާލެއް ނަގާނަމަ، ކަރަންޓުގެ އަގަކަސް، ޙައްޤާއި ބާޠިލަކަސް، މިނިވަންކަމުގެ އިމަކަސް، އޭރު ބުނެދެނީ ރައީސް އޮފީހުންނެވެ. އެ ބުނާ އެއްޗެއް އެއީ އެންމެން ތެދުކަމުގައި ބަލައިގަންނަންޖެހޭ އެއްޗެވެ. އެ ޒަމާން މިހާރު މާޒީއާ އެކުވެ ހިނގައްޖެ އެވެ. ތެދުވެރިކަންވެސް މިނިވަން ވެއްޖެ އެވެ. ތެދުވެރިކަން މިންކުރުން އިޢުތިރާފާއި، ހެއްކާއި ޤަރީނާ އަށް ވެސް ދަތިވާ މިންވަރަށެވެ.

މި މިނިވަންކަމުގެ އެންމެ ނާއީޖާބީ އެއް ނަތީޖާއަކީ ބަސްމޮށުމުގައި ފަރުވާކުޑަވުމެވެ. ތެދަކީ ތިމާ އަމިއްލައަށް ކިއްސަރުކުރާ ލަކުޑިގަނޑަކަށް ވުމުގެ ނަތީއަކީ، ތިމާގެ ބަސްމޮށެއުޅުމުގައި ނިކުމެދާނެ ނަތީޖާއަކަށް ފަރުވާލެއް ނެތުމެވެ. ތިމާގެ ބާރާއި ނުފޫޒު އަދި ތިމާގެ "ކަނު" ސަޕޯޓަރުން ތިމާގެ ލަފުޒަކީ ތެދުކަމުގައި ބަލައިގަންނާނޭކަން ދެނެހުރެމެ، އެއިން ނިކުމެދާނެ ނަތީޖާއަކާ މެދު ދެވަނަ ފިކުރަކަށްވެސް ނުދިއުމެވެ. ބާރުވެރިން މިކަން ކުރަނީ އެ މީހުންގެ ޒާތީ ފައިދާއަށެވެ. މަޤްޞަދަކީ ތެދެއް ހާމަކުރުމެއް ނޫނެވެ. ވާވެއްދުމެވެ. ހަމަނުޖެހުމުހެ ހުޅުގަނޑަށް ދަރު އެޅުމެވެ. ޙަޤީޤީ ޑިމޮކްރަޓިކް ބަހުސްތައް ހުއްޓުމަކަށް ގެނައުމެވެ.

ނަތީޖާއެއްގެ ގޮތުން މި އުފަންވަނީ، "ރޯނުއެދުރު" މުޖުތަމަޢެކެވެ. އޭގެ ނާއީޖާބީ ނަތީޖާއާ ޚުދު މި ބުނި ބާރުވެރިންވެސް ކުރިމަތިލާން ޖެހެ އެވެ. ކޮވިޑްގެ ދުވަސްވަރު އެޅި ސަލާމަތީ ފިޔަވަޅުތަކަށް މީހުންގެ އެއްބާރުލުން ލިބުން ދަތިވަނީވެސް މި ސަބަބާ ހުރެ އެވެ. ބާރުވެރިންގެ އަމިއްލަ ބޭނުމަށް "ތެދު" އޮޅުވާލުން ޢާއްމުވެފައި އޮތުމުން، ކޮންމެ މަޢުލޫމާތަކާމެދުވެސް ސުވާލު އުފެއްދޭނޭ މާހައުލެއް މިވަނީ އުފަންވެފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިންނަމަ، ވެކްސިން ޖަހަން ބުނުމުން ސުވާލެއް ނެތި ކިއު ހަދާލާނެ އެވެ. އެހެންނަމަވެސް މިއަދު، ކަމުގެ މާހިރުންގެ ބަސްވެސް ވިކެނީ މަދު މީހެއް ގާތުގަ އެވެ. މަޢުލޫމާތު ޢާއްމުވެފައިވާއިރު ތިމާގެ "ތެދު" ހޯދަނީ ކޮންމެ މީހަކުވެސް އަމިއްލައަށް އެ މަޢުލޫމާތު "ފުރާނައިގެންނެވެ".

މަގޭ ތެދާއި، ކަލޭގެ ތެދާއި، ދުރުތިބީންގެ ތެދާއި، ޙަޤީޤަތުގައިވެސް ތެދުގެ ވާހަކަ މި ދެކެވެނީ އެހެންވެގެންނެވެ. އަހަރެމެން އެންމެންނަކީ ފެކްޓް-ޗެކް ކުރާ ޑޭޓާބޭސްތަކަކަށް ވާން މަޖުބޫރުކުރުވަނީ މި ޘަޤާފަތެވެ. އެހެންނަމަވެސް ކޮންމެ މީހަކު ތެދު ވަޒަންކުރަން ވުމުން، ތެދުވެ އަގުވެސް ވެއްޓެނީ އެވެ. ހަނދާނަށް އަންނަނީ މަޝްހޫރު މިއުޒިކް ބޭންޑު މެޒޯގެ ލަވައެކެވެ.

"އަނހަ ސަހަރޯ! މިއޮށް ދުނިޔެއެކޯ! އަނހަ ތަކުރާ! މިއޮށް ޒަމާނެކޯ!"

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox