ސެންޓްރަލް ޒޯން: ފަހު މެޗުގައި ލަންކާ އިން ރާއްޖެ ބަލިކޮށްފި

Dec 27, 2021, 4:53 PM
މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަދަދު

މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މި ފަހަރު ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު ފަހު މެޗުން ސްރީ ލަންކާ އަތުން 3-1 ސެޓުން ބަލިވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތަށް އުނދަގޫ ހާލަތެއްގައި ކުރިމަތިލި ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެ ވަނަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 3-1 ސެޓުންނެވެ. އަދި އިއްޔެ ނޭޕާލުން ވެސް ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މިއަދު ލަންކާއާ ދެކޮޅަށް ރާއްޖޭން ވަނީ ވާދަވެރި ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ސެޓުތައް ދިޔައީ 25-19، 24-26، 25-23 އަދި 25-19 އިންނެވެ. ރާއްޖޭން މި މެޗުގައި ލަންކާ ކައިރިން ސެޓެއް ގެންދިޔައިރު، މި މަހު ކުރީކޮޅުގައި މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ރާއްޖެ ބަލިވީ ސެޓެއް ވެސް ނުލިބި އެވެ.

ބަންގްލަދޭޝްގެ މިރްޕޫރު އިންޑޯ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަަމަ ސެޓުގައި ލަންކާ އިން ރަނގަޅު ކުޅުމެއް ދައްކައި ލީޑު ދެމެހެއްޓި އެވެ. ލަންކާގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ މަހޭލާ ބަންޑާރާ ވަނީ މި މެޗުގައި ވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލައި، ގިނަ ޕޮއިންޓްތަކެއް ހޯދައިފަ އެވެ. ލަންކާ އިން ފުރަތަމަ ސެޓު ގެންދިޔައީ 25-19 އިންނެވެ.

ރާއްޖޭން މިއަދުގެ މެޗުގައި ވަނީ މި ފަހަރު ސްކޮޑުގައި ހިމެނުނު ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. އެ ގޮތުން ވީއޭއެމްގެ މިހާރު އޮތް ލީޑަޝިޕްގެ އެކްސެލެންސް ޕްރޮގްރާމްގެ ތެެރެއިން ސީނިއާ ސްކޮޑުގައި ހިމެނި، މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު ވަނީ ލަންކާއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ އެކި ހިސާބުތަކުގައި ކުޅެން އަރައިފަ އެވެ. އެންމެ ގިނަ ވަގުުތު ކުޅެން ލިބުނީ ނާފިއު އަށެވެ. އޭނާ ވަނީ ލިބުނު ފުރުސަތުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޝާމިލާއި މާއިޝް އަށް ވެސް މި ލިބުނު ތަޖުރިބާގެ ބޭނުން ހިފޭނެ އެވެ.

މިއަދުގެ މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭން ކުޅުން ޖުމްލަކޮށް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެ ގޮތުން ޓީމުގެ އެޓޭކިންގެ މުހިންމު ކުޅުންތެރިން ކަމަށްވާ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) ވަނީ ރަނގަޅު ހަަމަލާތަކެއް ފޮނުވާލައިފަ އެވެ. މި މެޗުގައި ރާއްޖޭގެ ހަސަން ނިލާމް (ޕާޓޭ)ގެ ފަރާތުން ވެސް ރަނގަޅު ޝޮޓްތަކެއް ފެނުނުއިރު، ޓީމުގެ ސެންޓަ އަށް ކުޅޭ އާދަމް ފައިރޫޒް ވެސް ވަނީ ރަނގަޅު ބްލޮކްތަކެއްކޮށް ޓީމަށް ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.

ދެ ވަނަ ސެޓުގެ ފަހު ކޮޅުގައި ރާއްޖެ ޓީމުން ސެޓު ހޯދުމުގައި ކާމިޔާބު ހޯދީ ރަނގަޅު ވަގުތު ލިބުނު ފުރުސަތުތަކުގައި ޕޮއިންޓް ހޯދައިގެންނެެެވެ. ރާއްޖޭން ސެޓު ގެންދިޔައީ 24-26 އިންނެވެ.

ތިން ވަަނަ ސެޓުގައި ވެސް ރާއްޖޭން ވަނީ ލަންކާ އަށް ފައިޓެއް ދީފަ އެވެ. މި ސެޓުގެ ކުރީކޮޅުގައި ރާއްޖޭން ލީޑުނެގި ނަމަވެސް ފަހުން ލަންކާ ޓީމު ހަމަޔަކަށް އެޅި ކޮންޓްރޯލް ނަގައި ރަނގަޅު އެޓޭކްތަކެއް ފޮނުވަން ފެށި އެވެ. ނަތީޖާ އަކަށްވީ މި ސެޓުގެ ފަހު ކޮޅުގައި ވެސް އެ ކުޅުން ދަމަހައްޓައި، 25-23 އިން ސެޓު ގެންދިއުމެވެ.

އެ ފޯމުގައި ހަތަރު ވަނަ ސެޓުގައި ވެސް ލަންކާ އިން ކުޅުނެވެ. އަދި މި ސެޓު 25-19 އިން ގެންގޮސް ލަންކާ ވަނީ މެޗުން ކާމިޔާބުކޮށް، ފައިނަލުގެ ކުރިން ލީގު ބުރުގެ ފަހު މެޗުން ވެސް މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox