ބޯކޮށް ސްނޯ ފައިބައި ޖަޕާނުގެ 3000 ގެއިން ކަރަންޓު ކެނޑިފައި

ޖަޕާނުގެ ޓޮޔާމާ ސިޓީ. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ ޓޮޔާމާ ސިޓީ. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ޑިސެމްބަރު 27) - ޖަޕާނަށް ބޯކޮށް ސްނޯ ފައިބައި 3،200 އަށް ވުރެ ގިނަ ގެއިން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ޖަޕާނުގެ މެދުތެރޭގެ ހިސާބުތަކުގައި ސްނޯގެ ސަބަބުން ޓްރެފިކް ބާރު ބޮޑުވެ، ފްލައިޓުތައް ކެންސަލުކޮށްފައި ވާއިރު، ރޭލު ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.

ކަންސައި އިލެކްޓްރިކް ޕަވާ ކުންފުނިން ބުނީ މެދުތެރޭގެ ހިސާބުތަކުގެ 3،200 އަށް ވުރެ ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މިރޭ ވެސް އެ ހިސާބަށް ބޯކޮށް ސްނޯ ފައިބާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހިރޮކަޒޫ މަޓްސުނޯ ވިދާޅުވީ ފިނީގެ ސަބަބުން އެއްވެސް މީހަކު މަރުވެ، އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

"ފިނި މޫސުމުގެ ބާރުގަ ޕްރެޝާ ޕެޓާންއަކާ ހެދި ބޯކޮށް ސްނޯ ފައިބަމުން ދަނީ، ވަކިން ހާއްސަކޮށް ޖަޕާން ކަނޑާ ދިމާލުން އުތުރުން ހުޅަނގަށް. ބައެއް ހިސާބުތަކަށް ރިކޯޑް މިންވަރަށް ދަނީ ސްނޯ ފައިބަމުން،" އޭނާ ވިދާޅުވި އެވެ.

"ސްނޯގެ މިންވަރު މާދަމާ އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެހެންކަމުން އާއްމުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބެން އިލްތިމާސް ކުރަން."

ޝީގާ ސަރަހައްދުގެ ބޮޑު މަގެއް ސްނޯގެ ސަބަބުން ބަންދުވެފައި ވާއިރު، ޓީވީތަކުން ދައްކާފައި ވަނީ ކާރުތައް ދިގު ކިޔުއެއްގައި މަޑުކޮށްގެން އޮތް މަންޒަރެވެ.

އެންއެޗްކޭ އިން ހޯމަ ދުވަހުގެ ހެނދުނު ބުނީ ހިކޯނޭ ސިޓީ އަށް 24 ގަޑިއިރުގެ ތެރޭގައި 68 ސެންޓިމީޓަރުގެ ސްނޯ ފޭބި ކަމަށެވެ. އެއީ އާޢްމުކޮށް ސްނޯ ފައިބާ ވަރަށް ވުރެ 30 ގުނަ ފުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox