ހަސީނާގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަންނަވަނީ

ޝެއިހް ހާސީނާ: ފަސްދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު / އިބްރާހިމް ޝާބިން

ޝެއިހް ހާސީނާ: ފަސްދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލުމަށްފަހު، އެނބުރި ގައުމަށް ވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު / އިބްރާހިމް ޝާބިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ދިވެހިރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ގައުމަށް ފުރާވަޑައިގަންނަވާނެ އެވެ.

ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި އެކަމަނާގެ ވަފުދުގެ ބޭފުޅުން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ރަސްމީ އެއާލައިން، ބިމާން އެއާލައިންގެ ބޯޓެއްގައި މިއަދު މެންދުރު 1:00 ޖަހާއިރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި ޝެއިހު ހަސީނާގެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮތީ މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

މި ދަތުރުފުޅުގައި ޝެއިހް ހަސީނާ އާއި އެކަމަނާގެ ކެބިނެޓްގެ ވަޒީރުން ވަނީ ރައީސް ސޯލިހްގެ ކެބިނެޓާ ބައްދަލުކުރައްވައިފަ އެވެ. އަދި ދައުލަތުގެ އިސްވެރިންނާއިވެސް ވަކިވަކިން ބައްދަލުކުރެއްވި އެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ބަންގްލަދޭޝްގެ ސަރުކާރުން ހަދިޔާ ކުރި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހަތަރު އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ.

ބަގްލަދޭޝްއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުންތައް:

  1. މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއެކު، ކުޅިވަރާ ޒުވާނުންގެ ތަރައްގީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރި. އެ އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ތަމްރީނާ އަދި ޒުވާނުން ބާރުވެރިކުރުމާ، ޒުވާނުންގެ ތަރައްގީއަށް އެކިއެކި ކަންކަންރާވާ ހިންގުން ހިމެނޭ.
  2. ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ޓެކްސްއާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއި ކުރި. އޭގެ ތެރެއިން ޑަބަލް ޓެކްސޭޝަން ހުއްޓުވުމާއި ޓެކުހަށް މަކަރުހެދުމާއި ވަގު ވިޔަފާރިތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ.
  3. ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ހޯދުމާއި ތަމްރީން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެގައުމާއެކު އެއްބަސްވުމެއް ގާއިމްކުރި.

ހަސީނާގެ ދަތުރުފުޅުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއާ ބަންގްލަދޭޝްއާ ގުޅާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި އެކަމަނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ރައްޔިތުންގެ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވައިފަ އެވެ. އެކަމަނާގެ ވާހަކަފުޅުގައި އާއިލާގެ 18 މެމްބަރުން އަވަހާރަކޮށްލި ހިތްދަތި ހާދިސާ އާއި ބޮޑުވަޒީރު ކަމަށް ނިކުންނަން މަޖުބޫރުވެލެއްވި ގޮތަށް ކިޔައިދެއްވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ރާއްޖެ ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވީ ބަންގްލަދޭޝްގެ އުފެއްދެވުމުގެ ބާނީ، ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މިދިޔަ މާޗް މަހު ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ރަީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox