ސައުދީ އަރަބިއްޔާ އަށް ހަމަލާ ދޭން ހޫތީންނަށް އެހީވަނީ އިރާނާއި ހިޒްބުﷲ ކަމަށް ބުނެފި

ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ. -- ފޮޓޯ: އޭއެފްޕީ

ރިޔާދް، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 27) - ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާ ފޮނުވަން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް އެހީވަނީ އިރާނާއި ހިޒްބުﷲ އިން ކަމަށް ސައުދީ އަރަބިއްޔާ އިން ތުހުމަތުކޮށްފި އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށީ 2014 ވަނަ އަހަރު ގާނޫނީ ސަރުކާރާ ދެކޮޅަށް ހޫތީން ތެދުވުމުންނެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވީ 2015 ވަނަ އަހަރު ޔަމަނު ސަރުކާރުގެ އެދުމަށެވެ.

އޭރުން ފެށިގެން ވެސް ސައުދީ އަރަބިއްޔާ އިން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް ހަތިޔާރު ފޯރުކޮށްދީ ހަނގުރާމައިގެ އުކުޅުތަކާއި ތަމްރީންތައް ދަސްކޮށްދެނީ އިރާނާއި ހިޒްބުﷲ އިންނެވެ. އިރާނާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.

ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ނިއުސް ކޮންފެރެންސެއްގައި ވިދާޅުވީ ހޫތީން ވަނީ ސަނާ އެއާޕޯޓު "އަސްކަރީ ކުރުމަށް ފަހު" ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް ޑޤރޯން އާއި ބެލިސްޓިކް މިސައިލް ފޮނުވާ "މައި މަރުކަޒަށް" އެތަން ހަދާފައި ކަމަށެވެ.

އެ ނިއުސް ކޮންފެރެންސްގައި ވީޑިއޯއެއް އާއްމު ކުރުމަށް ފަހު މާލިކީ ވިދާޅުވީ ސަނާ އެއާޕޯޓުގައި އިރާނާޢި ހިޒްބުﷲ ގެ ތަޖުރިބާކާރުން އުޅޭ މަންޒަރު ފެންނަ ކަމަށެވެ. ހިޒްބުﷲ އިން ދަނީ ޑްރޯންތަކުން ބޮޑެތި ގެއްލުން ވާނެ ގޮތަށް ފަރުމާ ކުރާނެ ގޮތް ހޫތީންނަށް ކިޔައިދެމުން ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން ވެސް ވީޑިއޯތަކެއް ދެއްކުމަށް ފަހު މާލިކީ ވިދާޅުވީ ހިޒްބުﷲ ގެ މެމްބަރަކު ޑްރޯންއެއްގައި ގޮވާ ތަކެތި ހަރު ކުރާ މަންޒަރު ފެނިފައިވާ ކަމަށާއި، ހަނގުރާމައިގެ ސަފުތައް ވަރުގަދަ ކުރަން ހިޒްބުﷲ މެމްބަރަކު ހޫތީންނަށް އަންގާ މަންޒަރު ވެސް ފެންނަ ކަމަށެވެ.

އިރާނާއި ހިޒްބުﷲ އާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނާ އިރު، މިދިޔަ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ޖަޒަން ސިޓީ އަށް ހޫތީން ދިން ހަމަލާއެއްގައި ދެ މީހުން މަރުވި އެވެ. އެއީ ތިން އަހަރަށް ފަހު ހޫތީންގެ ހަމަލާއެއްގައި ސައުދީ އަރަބިއްޔާ އިން ބަޔަކު މަރުވި ފަހަރެވެ.

އެއާ އެކު ސައުދީ އަރަބިއްޔާ އިން ހޫތީންނާ ދެކޮޅަށް ދޭ ވައިގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ބުނީ ވައިގެ ހަމަލާތަކުގައި ހަތިޔާރު ގުދަންތައް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox