ސެންޓްރަލް ޒޯން: ނޭޕާލުން ތިން ސެޓުން ރާއްޖެ ބަލިކޮށްފި

Dec 26, 2021, 4:39 PM
ސެންޓްރަލް ޒޯން: ނޭޕާލުން ތިން ސެޓުން ރާއްޖެ ބަލިކޮށްފި

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލުން ސީދާ ތިން ސެޓުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބަލިކޮށްފި އެވެ.

މެޗުގެ ސެޓުތައް ދިޔައީ 27-25، 25-19 އަދި 25-23 އިންނެވެ. މި ނަތީޖާއާ އެކު ރާއްޖެ އަށް މުބާރާތުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލުނީ އެެވެ. ރާއްޖޭން. މި ފަހަރުގެ ސެންޓްރަލް ޒޯނުގައި ކުޅޭ ފަހު މެޗުގައި މާދަމާ ސްރީ ލަންކާއާ ބައްދަލުކުރާނެ އެވެ.

ނޭޕާލާއި ރާއްޖޭގެ ކުރިމަތިލުންތައް ސެންޓްރަލް ޒޯނުގައި ފެންނަނީ ވަރަށް ފޯރިގަދަކޮށެވެ. ރާއްޖޭން 2016 ވަަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ރިހި މެޑަލް ހޯދީ ނޭޕާލް 3-1 ސެޓުން ބަލިކޮށްފަ އެވެ. އޭގެ ޖެހިގެން އައި އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލުން ވަނީ 3-1 ސެޓުން ރާއްޖޭގެ މައްޗަށް ކުރިހޯދައިފަ އެވެ. އެކަމަކު، އެންމެ ފަހުން 2019 ވަނަ އަހަރު ނޭޕާލުގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން ވަނީ ސީދާ ތިން ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ.

ރާއްޖޭގެ މައްޗަށް ނޭޕާލުން މިއަދު ކުރިހޯދިއިރު، އެ ޓީމުގެ ތަރި އަކީ މެޗުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނު މަން ބަހާދަރު ޝްރެސްތާ އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ޕްރެޝަރު ވަގުތުގައި އޭނާ ވަނީ ނޭޕާލް ކޮޅަށް ސެޓުތައް ނިންމުމުގައި ތަފާތު ދައްކައިފަ އެވެ. ރާއްޖޭގެ ކްލަބްތަކަށް ވެސް ކުޅެފައިވާ މަން، އެންމެ ފަހުން 2019 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ނުކުޅެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގެ ފަހު ކޮޅުގައި ދެ ޓީމަށް ވެސް ލީޑު ލިިބި ހިފެހެއްޓޭ ގޮތެއްނުވި އެވެ. އެކަމަކު، ޕްރެޝަރު ވަގުތެއްގައި ރެފްރީގެ ނިންމުމެއް ރާއްޖެއާ ދެކޮޅަށް ގޮސް، އެ ފަހުން ރާއްޖޭގެ ކުޅުންތެރިންނަށް ރިކަވާނުވެ، ސެޓު ގެއްލުނީ އެވެ. ރާއްޖޭގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނޭޕާލާއި ރާއްޖޭން ވެސް ފުރަތަމަ ސެޓުގައި ޓީމު ހަމަޔަކަށް އަޅުވަން ޓައިމްއައުޓްތަކެއް ނަގަމުންދިޔަ އެވެ. އެކަމަކު، ނޭޕާލުން ވަނީ 27-25 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ދެ ޓީމުން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ލީޑުނަގަމުންނެވެ. އެކަމަކު، މެޗުގެ ފަހު ކޮޅުގައި ނޭޕާލުން ލީޑު ބޮޑުކޮށް، މި ސެޓު ވެސް ގެންދިޔައީ އެވެ. ތިން ވަނަ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ ފަހުކޮޅުގައި ވެސް ދިވެހި ޓީމާ ދެކޮޅަށް ރެފްރީގެ ނިންމުމެއް ދިއުމާ އެކު ދެން އެ ހިސާބުން ރާއްޖެ އަށް މައްސަލަ ދިމާވެ، ކުރިން ދައްކަމުން އައި ރަނގަޅު ކުޅުން ނުދެމެހެއްޓުނެވެ. ނޭޕާލުން ފަހު ދެ ސެޓު ގެންދިޔައީ 25-19 އާއި 25-23 އިންނެވެ.

މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ހަގީގަތުގައި ކޮންމެ ސެޓެއްގައި ވެސް ވަރަށް ރަނގަޅަށް ކުޅެފައި ހެދޭ ކުދިކުދި ގޯސްތަކާއި ސެޓުގެ ފަހު ކޮޅުގައި ރެފްރީގެ ގޯސް ނިންމުމަކާ ހެދި ދިވެހި ޓީމަށް މައްސަލަތައް ދިމާވަނީ ކަމަށެވެ. އެކަމަކު، މުބާރާތަށް އެކުލަވާލި ޓީމު ނުގެނެވުނުއިރު، އެންމެ ފަހު ވަގުތު ޓީމަށް ބަދަލުތަކެއް ގެނެސްގެން މުބާރާތަށް އައިސް ކުއްލިއަކަށް ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އެކި ކަހަލަ މައްސަލަތައް ދިމާވަމުން އަންނަކަން ކާއްޓޭ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox