އާއިލާގެ ފިރިހެނަކާ އެކު ނޫނީ ބޭރުގައި އުޅުން އަފްގާން އަންހެނުންނަށް މަނާކޮށްފި

އަފްގާނިސްތާނުގެ އަންހެނުންތަކެއް. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އަންހެނުންތަކެއް. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޑިސެމްބަރު 26) - އާއިލާގެ ފިރިހެނަކާ އެކު ނޫނީ އަފްގާނިސްތާނުގެ އަންހެނުން ބޭރަށް ނުކުމެ ދުރު ތަނަކަށް ދިޔުން މަނާކޮށްފި އެވެ.

ތާލިބާނުން ބުނީ އަންހެނުންނަށް އެކަނި ބޭރުގައި އުޅެވޭނީ ހަމަ އެކަނި ކައިރި ތަނަކަށް ދާން ކަމަށެވެ. ދުރު ތަނަކަށް ދާން ނަމަ އާއިލާގެ ފިރިހެނަކު ކައިރީގައި ހުންނަން ވާނެ ކަމަށް ވަނީ އަންގާފަ އެވެ.

ރަނގަޅު ކަންކަން ކުރިއަރުވައި ނުބައި ކަންކަން މަނާކުރާ މިނިސްޓްރީން ނެރުނު އެންގުމުގައި އުޅަނދުތަކަށް ވެސް އަންގާފައި ވަނީ އެކަނި ތިބޭ އަންހެނުން ގޮވައިގެން ދަތުރު ނުކުރުމަށެވެ.

އޭގެ އިތުރުން އުޅަނދުތަކުގައި އުފުލަން ވާނީ ހަމައެކަނި ހިޖާބު އަޅައިގެން ތިބޭ އަންހެނުން ކަމަށް ވެސް އަންގާފައި ވެ އެވެ.

"ސާޅީސް ފަސް މޭލަށް ވުރެ ދުރު ހިސާބުގައިވާ ތަނަކަށް ދާ އަންހެނުން ބޭރުގައި އުޅެން ވާނީ އާއިލާގެ ފިރިހެނަކާ އެކު،" އެ މިނިސްޓްރީގެ ތަރުޖަމާނު ސާދިގް އާކިފް މުޖާހިރް ބުންޏެވެ.

މިނިސްޓްރީގެ އެންގުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވާއިރު، ޓީވީ ޗެނަލްތަކުން އަންހެނުން ނުދައްކަން ވެސް މީގެ ދުވަސްކޮޅެއް ކުރިން އެންގި އެވެ.

އޭގެ އިތުރުން އަންހެން ނޫސްވެރިން ޓީވީ ކުރިމައްޗަށް އަރަން ވާނީ ހިޖާބު ހެދުމުގައި ކަމަށް އެންގި އެވެ. ތާލިބާނުން ހިޖާބް މާނަކޮށްފައި އޮތީ ކޮން ގޮތަކަށްކަން ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަފްގާނިސްތާނުގެ ގިނަ އަންހެނުންނަކީ ހަށިގަނޑު ނިވާކޮށް، ބުރުގާ އަޅާ މީހުންނެވެ.

މީގެ ކުރިން ވެރިކަން ކުރި ގޮތާ ހިލާފަށް މި ފަހަރު އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ދޭނެ ކަމަށް ތާލިބާނުން ވައުދުވި ނަމަވެސް، އެ ވައުދު މިހާތަނަށް ފުއްދާފައެއް ނުވެ އެވެ.

ބައެއް ޕްރޮވިންސްތަކުގައި އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލުތައް ހުޅުވި ނަމަވެސް، އަދިވެސް ގިނަ ކުދިން ތިބީ ތައުލީމުން މަހްރޫމުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox