ދަރަނި ދެއްކުމުގެ ހަރަދު މިއަހަރު ނިމޭ އިރު ހަތް ބިލިޔަނަށް އަރާނެ ކަމަށް އޮޑިޓުން ދައްކައިފި

ފައިނޭންސް މިނިސްޓްރީ: އޮޑިޓުން ދައްކާ ގޮތުގައި ދަރަންޏަށް ހަރަދު ކުރަންޖެހޭ ފައިސާ ގިނަވީ ޔޫރޯބޮންޑް މެޗުއާވުމުން -- ފޮޓޯ: އަދަދު ފައިލް

ފައިނޭންސް މިނިސްޓްރީ: އޮޑިޓުން ދައްކާ ގޮތުގައި ދަރަންޏަށް ހަރަދު ކުރަންޖެހޭ ފައިސާ ގިނަވީ ޔޫރޯބޮންޑް މެޗުއާވުމުން -- ފޮޓޯ: އަދަދު ފައިލް

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ހަރަދުކުރަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު މިއަހަރު ނިމޭ އިރު 7.1 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނީ ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގައި ހުރި މައިގަނޑު ރިސްކުތަކަކީ ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާގެ އަަދަދު މަތިވުމުގެ ރިސްކާއި އިންޓަރެސްޓް ރޭޓަށް އަތުވެދާނެ ބަދަލެއްގެ ރިސްކާއި ބޭރު ފައިސާގެ [ދަތިކަމުގެ] ރިސްކު ކަމަށެވެ.

އެ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ދަރަނި އަދާކުރަން ހަރަދު ކުރަން ޖެހޭ ފައިސާގެ އަދަދު މިއަހަރު ނިމޭ އިރު ހުންނާނީ 7.1 ބިލިޔަން ރުފިޔާގަ އެވެ. ދަރަނި އަދާކުރުމަށްޓަކައި ކުރަން ޖެހޭ ހަރަދު މިދިޔަ އަހަރު ނިމުނު އިރު ހުރީ 2.6 ބިލިޔަން ރުފިޔާގަ އެވެ.

ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާ އެހާ ގިނަވުމުގެ އެންމެ ބޮޑު އެއް ސަބަަބަކީ ޔޫރޯބޮންޑްގެ 76.6 ޕަސެންޓަށްވާ 192 މިލިޔަން ޑޮލަރު ދައްކަން ޖެހުމެވެ. އަންނަ އަހަރު މޭޗާ ވާ ޔޫރޯބޮންޑްގެ ޖުމްލައަކީ 250 މިލިޔަން ޑޮލަރެވެ.

ދަރަނި އަދާކުރަން ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވި އަނެއް ސަބަބީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޖީ-20 ގައުމުތަކުން ދިން ލުއިގެ މުއްދަތު މިއަހަރު ނިމޭއިރު އުވިގެން ދިއުމެވެ. ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާ ދެއްކުން، ޖީ-20ގެ ގައުމުތަކުން ފަސްކޮށްދިން ފަސްކޮށްދިނުން ދެމި އޮންނާނީ މި ޑިސެމްބަރުގެ ނިޔަލަށެވެ.

ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާގެ އަދަދު ކުރު މުއްދަތުގައި މަދުކުރުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތުން، ޔޫރޯ ބޮންޑްގެ ތެރެއިން 100 މިލިޔަން ޑޮލަރު ދެއްކުން ތިން އަހަރަށް ފަސްކުރުމުގެ ފުރުސަތު ސަރުކާރުން ހޯދާފައިވާ ކަމަށާއި އެކަމަކު އެއީ ކުރު މުއްދަތުގެ ހައްލެއް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެ 100 މިލިޔަން ޑޮލަރަކީ 2023 ވަނަ އަހަރު މޭޗާވާ ބޮންްޑްތަކެކެވެ.

ބޭރު ފައިސާއާ ގުޅޭ ރިސްކް

ދަރަނީގެ ޕޯޓްފޯލިއާގައިވާ އަނެއް ރިސްކަކީ ކަރަންސީއާ ގުޅޭ ރިސްކު ކަމަށް އޮޑިޓް ރިޕޯޓުގައިވާ ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ސަބަބކީ ދައުލަތުގެ ދަރަނީގެ ބޮޑު ބަޔަކީ ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަނި ކަމަށްވުމެވެ. ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގެ 61 ޕަސެންޓަކީ ބޭރުފައިސާއިން އަދާކުރަން ޖެހޭ ދަރަންޏެވެ. އަދި ދަރަނި އަދާކުރަން ދައްކަން ޖެހޭ ފައިސާގެ 47 ޕަސެންޓަކީ އެމެރިކާ ޑޮލަރެވެ.

ބޭރު ފައިސާގެ ދަތިކަން ރިސްކަކަށް ވަނީ އޮޑިޓްރިޕޯޓްގައިވާ ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީއަށް ކޮށްފައިވާ އަސަރުގެ ސަބަބުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ވަނީ ވަރަށް ބޮޑަަށް ދަށަށް ގޮސްފަ އެވެ.

ސަރުކާރުން ކުރި މަސައްކަތުން ޓޫރިޒަމް އިންޑަސްޓްރީ އަލުން ހިނގައިގަނެފައިވީ ނަމަވެސް، ބޭރު ފައިސާގެ ރިޒާވަށް ކުރިން ކޮށްފައިވާ އަސަރުގެ ބޮޑުކަމުން، އެ މައްސަލަ އަދިވެސް އޮންނާނީ ރިސްކެއްގެ ގޮތުގައި ކަމަށް ރިޕޯޓުގައި ލަފާ ކުރެ އެވެ.

އެއީ ދައުލަތުގެ ދަރަނީގެ 61 ޕަސެންޓަށް ވުރެ ވެސް ބޮޑު ބަޔަކީ ބޭރުފައިސާއިން އަދާކުރަން ޖެހޭ ދަރަނިކަމަށް ވާތީ އެވެ. އޭގެ ސަބަަބަކީ ބޭރުން ހޯދާފައިވާ ފައިސާ (އެކްސްޓާނަލް ޑެޓް) ގެ ނިސްބަތް މަތިވުމެވެ. ކުރިއަށް އޮތް 2022 ވަނަ އަހަރު ވެސް އެ ނިސްބަތް ހުންނާނީ މަތިކޮށް ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގައިވާ ރިސްކްތަކަށް އެޑްރެސްކުރުމަށްޓަކައި ދަރަނި އަދާކުރުމުގެ ހަރަދު ކުޑަވާނެ ގޮތްތަކާއި ދެމެހެއްޓެނިވި މިންގަނޑެއްގައި ދަރަނި ހިފަހައްޓަން ފިނޭންސް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތް އަޅަން ޖެހޭ ކަމަށެވެ.

އަޅަން ލަފާދީފައިވާ އެއް ފިޔަވަޅަކީ ދަރަނި ރިސްޓްރަކްޗާ ކުރުމާއި ބޭރުގެ ދަރަނި ކުޑަކޮށް، އެތެރޭގެ މާކެޓުން ފައިސާ ހޯދަން މަސައްކަތް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox