އެންމެ ބޮޑު ޖައްވީ ޓެލެސްކޯޕް އޯބިޓަށް ފޮނުވައިފި

ޖޭމްސް ވެބް ޖައްވީ ޓެލެސްކޯޕް ދުނިޔޭގެ އޯބިޓުގައި. -- ފޮޓޯ: އޭއެފްޕީ/ ނާސާ

ޖޭމްސް ވެބް ޖައްވީ ޓެލެސްކޯޕް ދުނިޔޭގެ އޯބިޓުގައި. -- ފޮޓޯ: އޭއެފްޕީ/ ނާސާ

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޖައްވީ ޓެލެސްކޯޕް، ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް، އޯބިޓަށް ހިނގައްޖެ އެވެ.

އެ ޓެލެސްކޯޕް ދުނިޔެ އިން ބޭރަށް ދަތުރު ފެށީ ދެކުނު އެމެރިކާގެ އިރުއުތުރު އައްސޭރިފަށުގައި އޮންނަ ފްރެންޗް ގިޔާނާ އިން ހޮނިހިރު ދުވަހު އެވެ. ޓެލެސްކޯޕް ޖައްވަށް ގެންދިޔައީ ޔޫރޮޕިއަން އެރިއަނެ ރޮކެޓެއްގަ އެވެ.

ނުވަ ބިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ޓެލެސްކޯޕްގެ މަންޒިލަކީ 1.6 މިލިއަން ކިލޯމީޓަރު ދުރެވެ. ޓެލެސްކޯޕް އެ ހިސާބަށް ފޯރަން މަހެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

Advertisement

މަންޒިލަށް ދިޔުމަށް ފަހު ޓެލެސްކޯޕްގެ މަސައްކަތް ފަށައި، ވަށައިގެންވާ ޖައްވުގެ ދުރު ހިސާބުތައް ސްކޭން ކުރަން އިތުރު ފަސް މަސް ނަގާނެ އެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ރޮކެޓު ނައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ރޮކެޓު ނައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ހިފައިގެން ރޮކެޓު ނައްޓާލަނީ. -- ފޮޓޯ: އޭއެފްޕީ

އެގޮތުން މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޓެލެސްކޯޕްގައިވާ ބޮޑު ލޯގަނޑާއި "ސަންޝީލްޑް" ނިއުޅެން ޖެހެ އެވެ. އެ ތަކެތި މިހާރު ހުރީ ރޮކެޓުގެ ކަނެއްގެ ތެރޭގައި ފަތް ޖަހާފަ އެވެ.

ޓެލެސްކޯޕްގެ ޝޯޕީސްގެ ގޮތުގައި ހަދާފައި ވަނީ ރަން ކުލައިގެ 6.5 މީޓަރު ފުޅާ ލޯގަނޑެކެވެ. ޓެލެސްކޯޕް ރައްކާތެރި ކުރަން ފަސް ފަށަލައިގެ ސަންޝީލްޑެއް ވެ އެވެ.

ސަންޝީލްޑަކީ ލޯގަނޑާއި ހޫނު ދެނެގަންނަ އިންފްރެއާޑް ޑިޓެކްޓަރުތަކުގެ ފިނިހޫނުމިން މެނޭޖުކޮށް ސަބްޒީރޯގައި ހިފަހައްޓަން އެހީވެދޭ އެއްޗެވެ. އޭގެ ބޮޑު މިނަކީ ޓެނިސް ކޯޓެއްގެ ސައިޒެވެ.

ރާވާފައިވާ ގޮތަށް ހުރިހާ ކަމެއް ހިނގައްޖެ ނަމަ، ޓެލެސްކޯޕް ޖައްވަށް ގެންދާތާ ތިން ދުވަސް ތެރޭގައި ސަންޝީލްޑް ހުޅުވޭނެ އެވެ. ސަންޝީލްޑް ރަނގަޅަށް ހުޅުވި ހަމަޖެހެން ފަސް ދުވަސް ނަގާނެ އެވެ.

"ޓެލެސްކޯޕާ އެކު ޔުނިވާސް އާއި އޭގައި އަޅުގަނޑުމެންގެ ދައުރާ ބެހޭ އިތުރު މައުލޫމާތު ސާފުވާނެ،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.

މިހާތަނަށް ހެދި އެންމެ ބޮޑު ޓެލެސްކޯޕަށް ޖޭމްސް ވެބްގެ ނަން ދިނީ 1960 ގެ އަހަރުތަކުގައި ނާސާގެ އެޑްމިނިސްޓްރޭޓަރަކަށް ހުރި މީހާ އަށް ނިސްބަތްކޮށްގެންނެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިއީ މިހާރު ބޭނުން ކުރަމުންދާ ހަބްލް ސްޕޭސް ޓެލެސްކޯޕް ގެ އުމުރު ހަމަވާން ކައިރިވާތީ ނާސާ އިން ތައްޔާރު ކުރި ބިޔަ މަޝްރޫއުގައި ހިމެނޭ ޓެލެސްކޯޕެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯ ފަރުމާ ކުރަން ނާސާ އިން މަސައްކަތް ކުރީ ޔޫރޮޕާއި ކެނެޑާގެ ޖައްވީ އެޖެންސީތަކާ ގުޅިގެންނެވެ.

ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން 29 ގައުމެއްގެ އެތައް ހާސް ބަޔަކު ވަނީ ހަތް ޓަނުގެ އެ ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތުގައި އުޅެފަ އެވެ.

އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަށް ފަހު، އެންމެ ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލަތަކާ ހެދި ލޯންޗު ކުރުން ހަފުތާއަކަށް ފަސްކުރަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox