ޗެލްސީ މެޗަށް ތައްޔާރުވަނިކޮށް ޖެރާޑް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Dec 26, 2021, 3:13 AM
ޗެލްސީ މެޗަށް ތައްޔާރުވަނިކޮށް ޖެރާޑް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބާމިންހަމް (ޑިސެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް އެސްޓަން ވިލާ އިން ތައްޔާރުވަމުން އަންނަނިކޮށް އެ ޓީމުގެ ކޯޗު ސްޓީވެން ޖެރާޑް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ ދާދި ފަހުން އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވި ޖެރާޑަށް ކޮވިޑް-19ގެ ސަބަބުން މެޗުތަކެއް ގެއްލޭ ދެ ވަނަ ފަހަރެވެ. އެ ގޮތުން މި ސީޒަނުގައި ޖެރާޑް، ސްކޮޓްލެންޑްގެ ރޭންޖާސްގެ ކޯޗަކަށް ހުއްޓައި، ވަނީ އައިސޮލޭޝަނަކަށް ދާން ޖެހިފަ އެވެ.

ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތަކުގެ ކުރިން ކުރި ޓެސްޓްތަކުން ޖެރާޑް ޕޮޒިޓިވްވުމާ އެކު މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަންގާރަ ދުވަހު ލީޑްސް ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗު ވެސް ޖެރާޑަށް ގެއްލޭނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެސްޓަން ވިލާ އިން ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަހު ވަގުތު ފަސްކުރަން ޖެހިފަ އެވެ. އެއީ އެސްޓަން ވިލާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުންނެވެ.

ޖެރާޑް، އެސްޓަން ވިލާގެ ކޯޗަކަށް ގެނައީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ޓީމުން ޕްރިމިއާ ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. ބަލިވީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުންނާއި ރަށުންބޭރުގައި ޖެރާޑްގެ ކުރީގެ ކްލަބް، ލިވަޕޫލް އަތުންނެވެ.

ކޮވިޑް-19ގެ ސަބަބުން މި ހަފްތާގައި ލިވަޕޫލުން ލީޑްސް ޔުނައިޓޭޑާ ކުޅެން އޮތް މެޗާއި ވުލްވްސް އާއި ވަޓްފޯޑް މެޗު އަދި އެވަޓަނާއި ބާންލީ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. މި މެޗުތަކާ އެއްކޮށް ކޮވިޑާ ހެދި ފަސް ކުރަން ޖެހުނު މެޗުތަކުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox