ސެންޓްރަލް ޒޯން: އުޒްބެކިސްތާނުން ފަހަތުން އަރައި ގައުމީ ފިރިހެން ވޮލީ ޓީމު އަތުން މޮޅުވެއްޖެ

Dec 25, 2021, 2:28 PM
ސެންޓްރަލް ޒޯން: އުޒްބެކިސްތާނުން ފަހަތުން އަރައި ގައުމީ ފިރިހެން ވޮލީ ޓީމު އަތުން މޮޅުވެއްޖެ

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ސެޓެއް ހޯދާފައިވަނިކޮށް، ފަހަތުން އަރައި އުޒްބެކިސްތާނުން ތިން ސެޓު ގެންގޮސްގެން މެޗުން މޮޅުވެއްޖެ އެވެ.

ރާއްޖޭން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ. އުޒްބެކިސްތާނުން ދެން ކުޅުނު ތިން ސެޓު ގެންދިޔައީ 23-25، 18-25 އަދި 18-25 އިންނެވެ.

އިއްޔެ ބަންގްލަދޭޝް އަތުން ތިން ސެޓުން ބަލިވި މެޗުގައި ރާއްޖޭން ކުޅުނީ ލިބަރޯ އެއް ނުލަ އެވެ. ސެންޓްރަލް ޒޯނަށް ސްކޮޑު ފައިނަލްކުރިއިރު، ޓީމުގައި ހިމެނުނު ހަމައެކަނި ލިބަރޯ މުހައްމަދު ނައީމް (ނައިންޓެ) ކޮވިޑާ ހެދި މުބާރާތް ގެއްލުމުން ދެން ޓީމަށް ލިބަރޯ އަކަށް ގެނައި ޖަވާމް އަލީ އަށް އިއްޔެގެ މެޗު ފެށެން ވާއިރަށް ސްޓޭޑިއަމަށް ނާދެވުނެވެ. މިއަދު، އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ޖަވާމްގެ މަސައްކަތް ޖުމްލަ ގޮތެއްގައި ރަނގަޅެވެ.

ބަންގްލަދޭޝް މެޗުގައި ރާއްޖޭން ކުޅުނީ ހަ ވަރަކަށް ދުވަސް ވަންދެން ޕްރެކްޓިހެއް ވެސް ނެތި އެވެ. އެ މެޗުގެ ސެޓަކަށް ފަހު ސެޓެއް ރާއްޖޭގެ ކުޅުން ރަނގަޅުވިއިރު، މިއަދު އުޒްބެކިސްތާނާ އެކު ފެށީ ވެސް ވަރުގަދަ ރޫހެއްގަ އެވެ. ރާއްޖެ ޓީމުގެ އަލީ ހުޒާމް (ހުޒަންޓެ) އާއި ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ހަމަލާތައް ވަރުގަދަކޮށް ފެނުނުއިރު، އާދަމް ފައިރޫޒް ވެސް ވަނީ ރަނގަޅު ބްލޮކްތަކެއް ކޮށްފަ އެވެ. ރާއްޖޭން ފުރަތަމަ ސެޓުގައި ދެއްކި ރަނގަޅު ކުޅުމާ އެކު، 25-22 އިން ސެޓު ގެންދިޔަ އެވެ.

ފުރަތަމަ ސެޓުގައި އުޒްބެކިސްތާނަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ދެ ވަނަ ސެޓުން ފެށިގެން އެ ޓީމުން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ރާއްޖޭގެ ގޭމަށް ބަަލައިގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެ ވަނަ ސެޓުގެ އެންމެ މުހިއްމު ހިސާބުގައި ދިވެހި ކުޅުންތެރިންނާއި އުޒްބެކިސްތާން ކުޅުންތެރިންގެ ވެސް ގިނަ ސާވިސްތަކެއް ގޯސްވި އެވެ. އެކަމަކު، ސެޓުގެ މުހިއްމު ހިސާބެއްގައި ރާއްޖެއާ ދެކޮޅަށް ރެފްރީގެ ބައެއް ނިންމުންތައް ގޮސް، އެންމެ ފަހުން އުޒްބެކިސްތާނަށް 23-25 އިން ސެޓު ލިބުނީ އެވެ.

ދެ ޓީމު އެއް ސެޓު އެއް ސެޓުން އެއްވަރުވެ، ތިން ވަނަ ސެޓަށް ނުކުތް ގޮތަށް ދެ ޓީމު ވެސް އަމާޒުހިފީ މި ސެޓު ނަގައި މެޗުގައި ކުރިއަށްދާން ލީޑެއް ހޯދުމަށެވެ. ތިން ވަނަ ސެޓުގައި ދެ ޓީމަށް ވެސް ލީޑު ލިބިފައި، އަތުން ދޫވެގެންދިޔައިރު، ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ހުޒަންޓެ އެރި ބޯޅައެއްގައި އޭނާ ގައިގައި ޖެހިފައި ބޭރުވި ކަމަށް ބޯޅައެއް ނިންމައި، ރެފްރީ އުޒްބެކިސްތާނަށް ޕޮއިންޓް ދިނެވެ. އެކަމަކު، ބޯޅަ ހުޒަންޓޭގައި ޖެހުމުގެ ކުރިން އެންމެ ފުރަތަމަ ބޭރުވީ އުޒްބެކިސްތާން ކުޅުންތެރިޔާ ގައިގައި ޖެހި، އެންޓަނާގައި ޖެހިފަ އެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ރާއްޖޭގެ ކެޕްޓަން ކުޑަކާއްޓެ، އާއި ބެންޗުގައި ތިބި އޮފިޝަލުން އެޕީލްކުރި ނަމަވެސް ރެފްރީ ނިންމުން ބަދަލެއް ނުކުރި އެވެ. އެ ހިސާބުން ރާއްޖޭގެ ކުޅުންތެރިންގެ ކޮންފިޑެންސަށް އަސަރުކުރި އެވެ.

ތިިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު، އުޒްބެކިސްތާނުން ކުޅެމުން ދިޔައީ ބޮޑު ލީޑެއް ދަމަހައްޓައިގެންނެވެ. އެ ދެ ސެޓު ދިޔައީ 18-25، 18-25 އިންނެވެ.

މި މެޗުގައި ރާއްޖޭގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) ފަހު ދެ ސެޓު ކުޅުނީ ބޯޅައިން ޖެހިގެން ލޮލަށް ލިބިފައިވާ އަނިޔާއަކާ އެކު އެވެ. ޓީމުގެ ސްކޮޑު ފައިނަލް ކުރިއިރު، ޝާޑުގެ އިތުރުން ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ވެސް ހިމެނެ އެވެ. އެކަމަކު، ކޮވިޑާ ހެދި ބުޅިކެ އަށް ސެންޓްރަލް ޒޯން ކުޅެން ޓީމާ އެކު ނާދެވުނެވެ.

ރާއްޖެ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނީ ކޮންމެ ގޮތެއް ވިޔަސް ނައިންޓެ ލިބަރޯ އަކަށް ލައިގެން ގިނަ މެޗުތަކެއް ކުޅެފައި ކުއްލިއަކަށް ޖަވާމް ލައިގެން މުޅި މެޗު އެއްކޮށް ކުޅެން އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އަދި ސެންޓްރަލް ޒޯނަށް ސްކޮޑު ފައިނަލް ކުރި ފަހުން ޖަވާމް ޕްރެކްޓިހެއް ނުކޮށް އިއްޔެ، ބަންގްލަދޭޝަށް އައިސް މި ގޮތަށް ފުރަތަމަ މެޗަށް ނުކުމެ ކުޅެން ޖެހުމުން ޓީމާ އެކު ރަނގަޅަށް ކުޅެން އުނދަގޫވިކަމަށާއި އެހެން ނަމަވެސް ޖުމްލަކޮށް މުޅި ޓީމު ވެސް ރަނގަޅުކަން ކާއްޓޭ ފާހަގަކުރި އެވެ.

ރާއްޖެ އަށް ފުރަތަމަ ސެޓު ލިބިފައި މި މެޗު މި ގޮތަށް ގެއްލުނު ގޮތާ ބެހޭގޮތުން ސުވާލުކުުރުމުޔން ކާއްޓޭ ބުނީ މުހިއްމު ވަގުތުތަކުގައި ރެފްރީގެ ނިންމުންތައް ދިޔައީ ރާއްޖެ ޓީމާ ދެކޮޅަށް ކަމަށެެވެ. އަދި ސެޓެއްގެ އެންމެ މުހިއްމު ހިސާބުން ރެފްރީގެ ގޯސް ނިންމުންތަކެއް އައިސްފިނަމަ އޭގެ އަސަރު މެޗުގެ ބާކީ ބައިގައި މުޅި ޓީމަށް ކުރާނެ ކަން ކާއްޓޭ ފާހަގަކުރި އެވެ.

މުބާރާތުގައި މާދަމާ ރާއްޖެ ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ އަށް ފަހު އޮންނާނީ ލީގު ބުރުގެ ފަހު މެޗުގައި ސްރީ ލަންކާއާ ބައްދަލުކުރާ މެޗެވެ. ނޭޕާލުން އިއްޔެ ވަނީ އުޒްބެކިސްތާން ބަލިކޮށްފަ އެވެ. ނޭޕާލުން މިރޭ ކުޅޭނީ ލަންކާއާ އެވެ.

ރާއްޖޭން މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މާދަމާ ނޭޕާލް އަތުން މޮޅުވާން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox