ޗުއްޓީގައި ތެރޭގައި ކޮވިޑްގެ ގަވާއިދުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބަޔަކު ދަތުރު ދާން އުޅަނދުފަހަރަށް އަރަނީ: ކުރިއަށްއޮތް ޗުއްޓީގައި ކޮވިޑްގެ ގައިޑްލައިންތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ -- ފޮޓޯ: ހުސެން ޝަޔާހް/އަދަދު

ބަޔަކު ދަތުރު ދާން އުޅަނދުފަހަރަށް އަރަނީ: ކުރިއަށްއޮތް ޗުއްޓީގައި ކޮވިޑްގެ ގައިޑްލައިންތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ -- ފޮޓޯ: ހުސެން ޝަޔާހް/އަދަދު

ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކުގައި ދަތުރުފަތުރުކޮށް އުޅޭއިރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.

ފަހަކަށް އައިސް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މަތިވާން ފަށައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ މި ބައްޔަށް 106 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެއިން 49 މީހުންނާއި ރަށްތަކާއި ރިސޯޓުތަކުން 71 މީހުންނެވެ.

މީގެ ކުރިންވެސް ޗުއްޓީ ދުވަސްތަކާއި ދިމާކޮށް ކޮވިޑްގެ ކޭސްތައް އިތުރުވެފައިވެ އެވެ. އެހެންކަމުން ކުރިއަށް މިއޮތް ޗުއްޓީގައި އެކަމަށް ހުރިހާ އެންމެން ވެސް ސަމާލުވެ، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތުން ބޭރަށް ނިކުމެ އުޅޭއިރާއި އާންމު ތަންތަނާއި ގިނަ މީހުން އެއްވާ ތަންތަނުގައި މާސްކު އަޅައި، ގައިދުރުކަން ބެހެއްޓުމަށާއި ބަލީގެ އަލާމާތް ފެންނަ ނަމަ ފްލޫ ކްލިނިކަށް ދެއްކުމަށާއި ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އެދެ އެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށް ބޫސްޓާ ޑޯޒް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއްގެ ހަށިގަނޑުން ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓު ވަނީ މިފަހުން ފެނިފަ އެވެ. ކޮވިޑްގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ ކަންބޮޑުވާންޖެހޭ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox